ގައުމީ ދުވަހުގެ މުނާސަބަތުގައި މާދަމާ އެސްޓީއޯ ސްޕަމާޓްގެ ވިޔަފާރި ބަންދުވާނެ ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.

އެސްޓީއޯ އިން ބުނީ ގައުމީ ދުވަހުގެ މުނާސަބަތުގައި އަންގާރަ ދުވަހު ސްޕަމާޓް ރީޓެއިލް އަދި ހޯލްސޭލް ވިޔަފާރި ބަންދުވާނެ ކަމަށެވެ.

ދެން އެސްޓީއޯ ސްޕަމާޓް ހުޅުވާނީ އޮކްޓޯބަރު 30 ވަނަ ދުވަހު ހެނދުނު 8:30 ގައެވެ. މާދަމާ ސްޕަމާޓް ބަންދުކުރުމުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިކަމަކަށްޓަކައި މަޢާފަށް އެދޭ ކަމަށްވެސް އެސްޓީއޯ އިން ވިދާޅުވިއެވެ.

އެސްޓީއޯ ސްޕަމާޓަކީ އެންމެ ގިނަ މުދާ އެއްތަނަކުން ލިބޭ ފިހާރައެވެ.

މާދަމާ އަކީ ގައުމީ ދުވަސް ކަމަށްވާތީ މާދަމާ އަކީ ސަރުކާރު ބަންދު ދުވަހެކެވެ.

 

ކިޔުންތެރިންގެ ހިޔާލު