ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުވާސަލާތީ ހިދުމަތް ދެމުން އަންނަ ދިރާގުން ގޭގެއަށް ދޫކުރާ ފައިބަ ބްރޯޑްބޭންޑް އިންޓަނެޓް ހިލޭ ގުޅައިދީ، ރައުޓަރުވެސް ހިލޭ ދޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ދިރާގުން ވިދާޅުވީ، މި ޕްރޮމޯޝަން ކުރިއަށް ދާނީ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

ދިރާގުން ފޯރުކޮށްދެމުންދާ ފައިބަ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ޚިދުމަތެވެ. ދިރާގު ފައިބަ ބްރޯޑްބޭންޑް އަކީ ރާއްޖޭގައި އެންމެ ބޮޑު ފައިބަރ ނެޓްވޯކަށް ވެފައި ގޭބިސީގެ 75 އިންސައްތައަށް އެ ހިދުމަތް ދިރާގުން އަންނަނީ ފޯރުކޮށްދެމުންނެވެ.

ދިރާގުން ދޫކުރާ ފައިބަ އިންޓަނެޓް ރާއްޖޭގެ ގިނަ ގޭގޭގައި ބޭނުން ކުރަމުން އަންނަ އިރު އެކުންފުނިން ބޭނުން ކުރަމުން އަންނަނީ ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުން ކުރާ އެންމެ ފަހުގެ ޓެކްނޮލޮޖީއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މީހާ

    ދިރާގު ސަޅި! އުރީދޫއިން ބައެއްގެ އުންގަށް ވެއްޓިގެން، ފިޔަބިނދިފަ ތިއްބާ، އުތުރުން ދެކުނަށް ބަޔަކަށް ނެޓުވޯކްބަހާ، އެބަޔަކު އެތިބީ ހިންދަމާލައިގެން! މޮޔަ މެނޭޖްމަންޓެއް އޮތްތަނެއް އުރީދޫއަކީ!

    2
    5
  2. އާދަމްބެ

    ދިރާގުން މީމުއަތޮޅަށް ފައިބަރ ކޭބަލްނާޅާ މިއޮތީ ކީއްވެބާ؟ މީސްކޮޅު މަދީ ދޮތަ؟ މި މީހުނަށް ސްޕީޑް ރަނގަޅު އިންޓަނެޓް ބޭނުންނުވަނީ ބާ!