އެންމެ ފަހުން އެޕަލްއިން ނެރުނު، އައިފޯން 11 ޕްރޯ އަދި ޕްރޯ މެކްސް ހޯދަން ސުޕަރ މޯބައިލްއަށް މިހާރު ވެސް ދާން ވީއެވެ. އެ ފިހާރައިން އައިފޯން 11 ޕްރޯ އަދި ޕްރޯ މެކްސް ފޯނުގެ އާ ސްޓޮކެއް ގެނެސްފިއެވެ.

ސުޕަރ މޯބައިލުން މައުލޫމާތުދިންގޮތުގައި، އެ ފިހާރައިން އައިފޯން 11 ޕްރޯ އަދި ޕްރޯ މެކްސްގެ ހުރިހާ ކުލައެއް ލިބޭނެއެވެ. ސުޕަރ މޯބައިލުން ބުނީ، އެ ފިހާރައިން 11 ޕްރޯގެ 64 ޖީބީ އާއި 256 ޖީބީ އަދި 11 ޕްރޯ މެކްސްގެ 64 ޖީބީ އާއި 256 ޖީބީ ލިބެން ހުންނާނެއެވެ.

އެޕަލްގެ އެންމެ ފަހުގެ ފޯން އެޕަލް 11 ޕްރޯ އަދި ޕްރޯ މެކްސް ފުރަތަމަ ދައްކާލާފައި ވަނީ، ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ. މިއީ މިހާރު ކޮންމެ ދިވެއްސަކުވެސް ގަނެލަން އެންމެ ރަނގަޅު އެއް ފޯނެވެ. ފޮޓޯ ނަގަންވެސް މިއީ ވަރުގަދަ ފޯނެކެވެ. އެގޮތުުން 11 ޕްރޯ އަދި ޕްރޯ މެކްސްގައި ތިން ކެމެރާ އެކުލެވިގެންވެއެވެ. އަދި މި ދެ ފޯނަކީވެސް އެހެން އައިފޯންތަކާއި ހިލާފަށް ބެޓަރީ ލައިފް ދިގު ފޯނުތަކެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

މި ފިހާރައިން އެއްކޮށް ފައިސާ ދައްކައިގެންނާއި، މަސް މަހަށް ބަހާލާއިގެން ފައިސާ ދައްކާ ގޮތަށް ފޯނު ގަނެވޭނެ ފުރުސަތު ލިބޭނެއެވެ.

އަދި ރަށްރަށުގައި ތިބި ފަރާތްތަަކަށާއި، ރިސޯޓުތަކުގައި ތިބި ފަރާތްތައް މި ފިހާރައިގެ ފޯން ނަމްބަރު 7371515 އަދި 9918006 އަށް ގުޅައިގެން ނުވަތަ ވައިބާ ނޫނީ ވަޓްސް އެޕްކޮށްގެން ފޯނު ގަތުމުގެ ފުރުސަތު ލިބޭނެއެވެ. މި ފިހާރައިން ޑެލިވަރީ ހިދުމަތްވެސް ދެމުން ގެންދާނެއެވެ.

ސުޕަރ މޯބައިލް ފިހާރަ ހުންނާނީ އަލިކަލޭގެފާނު މަހު، ބޮޑުރަސްގެފާނު މަގު ކަންމަތީގައެވެ.