މިދިޔަ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހާއި އަޅާބަލާއި 9.3 އިންސައްތަ އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް އާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ސެޕްޓެމްބަރު މަހު ރާއްޖެއަށް 117,619 ފަތުރުވެރިން އައިސްފައިވެއެވެ. އެއީ މިދިޔަ އަހަރު ރާއްޖެ އައި 107,620 ފަތުރުވެރިންނާއި އަޅާބަލާއިރު 9.3 އިންސައްތައިގެ އިތުރު ވުމެކެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.2 މިލިއަން ފަތުރުވެރިން އައިސްފައިވެއެވެ. އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އައި އެއް މިލިއަން މީހުނާ އަޅާބަލާއިރު 15.8 އިންސައްތައިގެ އިތުރު ވުމެކެވެ.

މިދިޔަ މަހު ވެސް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ ގައުމަކީ ޗައިނާ އެވެ. އެ ގައުމުން 24,758 ފަތުރުވެރިން އައިސްފައިވެ އެވެ. ނަމަވެސް މިއީ މިދިޔަ އަހަރު އައި 27,997 މީހުންނާ އަޅާބަލާއިރު 11 އިންސައްތައިގެ ދަށްވުމެކެވެ.

ރާއްޖެއަށް މިހާރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އިންޑިއާއިން މިދިޔަ މަހު 11,265 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 5,244 ފަތުރުވެރިންނާއި އަޅާ ބަލާއިރު 114.8 އިންސައްތައިގެ އިތުރުވުމެކެވެ. މި އަހަރުގެ މިހާތަނަށް ޔޫރަޕުން އައި މީހުންގެ އަދަދު ވަނީ 15 އިންސައްތަ އިތުރުވެފަ އެވެ. ޔޫރަޕުން މިދިޔަ މަހުގެ ނިޔަލަށް 594,657 ފަތުރުވެރިން އައިސްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު އައިސްފައިވަނީ 516,496 ފަތުރުވެރިންނެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި މި އަހަރުގެ ނިޔަލަށް 1.5 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މޯދީ

    އިންޑިޔާގެ ރޯ ސިއްރު ޕްލޭން ގައި އޮތި މަލިކާ އެއްފެންވަރަށް ރާއްޖެ ބޭއްވުން އޭރުން އަބަދު އެމީހުންގެ އަތުން ސަލާން ޖަހައިގެން އެޅޭނީ ރާއްޖެ މުއްސަނދި ވެއްޖެ ނަމަ އެމީހުންގެ ފައިބުޑަށް ނުގޮސް އަމިއްލަ އަށް އުޅެން ފަށާނެތީ އެކަން ހުއްޓުވަން ލޯނު ދޭނަމޭ ކިޔާ އެމަޅީގައި ޖައްސައިގެ ރާއްޖެ ދަރުވާލަނީ

  2. މުޙައްމަދު

    މިދިވެހިރާއްޖޭގެ ޓުއަރިޒަމަކީ ދުނިޔެއަށް ހުޅުވާލެވިގެން އެއްއަހަރުން އަނެއްއަހަރަށް ކުރިއަރަމުން އަންނަ ސިނާޢަތެއް. މިހާރު މިރާއްޖޭގެ ވެރިކަމުގައި ތިބި އެއްވެސް ބަޔެއްގެ ތަޞައްވުރަކާއިގެން ކުރިއަރަމުން އައި ސިނާޢތެއްނޫން. ތިކަމުގެ ކްރެޑިޓް މިހާރު މިއޮތް ސަރުކާރަކަށް ނުނެގޭނެ. ތިއީ ޓުއަރިޒަމް ބޮއިކޮޓް ކުރިމީހުން.ރާއްޖެއަށް ގެސްޓުން ނައުމަށް ގޮވާލިމީހުން. ދުނިޔެއަށް ރާއްޖެ ބަދުނާމު ކުރިމީހުން. ރާއްޖެއަކީ ޓެރަރިޒަމްގެ ހަބެއްކަމަށް އިޝްތިހާރު ކުރިމީހުން. އެހެން ނަމަވެސް މާތް ﷲ ގެ އިރާދަ ފުޅުން އެކަމެއް އެގޮތަކަށް ނުހިނގ.މިސިނާޢަތު އެއްއަހަރުން އަނެއް އހަރަށް އަންނާނީ ކުރިއަރަމުން. ޢަލީ ޢަލީ ވަޙީދުއަކަށް 9 މަސްދުވަހުން ކުރިއެރުވޭނެ އަދި ބިނާކުރެވޭނެ ޓުއަރިޒަމް އިންޑަސްޓްރީ އެއްނޯންނާނެ. ތިޔައީ މިދިވެހިރާއްޖެ އިޤުތިޞާދީ ގޮތުން ކުރިއެރުވި މައުމޫނު ޢަބްދުލް ޤައްޔޫމާ ޔާމީން ޢަބްދުލް ޤައްޔޫމް ގެ މަސައްކަތް.އެމީހުން ޙިކްމަތް ތެރި ތަޞައްވުރު .މިދިވެހިރާއްޖޭގެ ރައްޔިތުން މިހާރު މިދެކޭ އިޤުތިޞާދުގެ ފޮނިމޭވޭ.

  3. އަޙްމަދު

    ޖ ޖީބަކަށްނޭންގޭ އެކަމެށް