ރާއްޖެ ފަދަ ހޫނު މާހައުލެއްގައި އުޅެމުންދާއިރު، ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް ފަރުވާތެރިވާން ޖެހެއެވެ. މިކަމަކީ ތިމާއަށް ލިބިފައިވާ ޒުވާން ސިފަ އާއި ރީތިކަން އެގޮތުގައި ދެމެހެއްޓުމަށް ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. ހަންގަނޑުގެ ރީތިކަމާއި ޗާލުކަމުގެ އެންމެ ބޮޑު އެއް ސިއްރަކީ ހަންގަނޑުގެ ދުޅަހެޔޮކަމާއި ތާޒާ ކަމެވެ. މިކަމަށް އެދޭނަމަ ހަންގަނޑަށް އެންމެ އެކަށީގެންވާ ފައިދާހުރި ބައިތައް އާދަކޮށް ލިބޭނެ ގޮތެއް ހޯދަން ޖެހެއެވެ.

ދިރާސާތަކުން އެނގޭގޮތުގައި، ސިއްޙަތާއި ހަށިގަނޑަށް އެންމެ ފައިދާ ކުރަނީ ގުދުރަތީ ވަސީލަތްތަކުން އުފައްދާފައިވާ އުފެއްދުންތަކެވެ. ޚާއްސަކޮށް ބާރުގަދަ ކެމިކަލްތަކާއި އެނޫންވެސް އެފަދަ މާއްދާތައް ހިމަނައިގެން އުފައްދާފައި ހުންނަ ތަކެއްޗަކީ ވަގުތީ އުފަލެއް ލިބޭ ގެއްލުންދެނިވި އެއްޗެކެވެ. އެހެންކަމުން ތިމާ އެންމެ އެދޭފަދަ ރީތި ހަންގަޑެއް ލިބުމަށް އެދޭނަމަވެސް ބާރުގަދަ ބައިތައް ހިމަނާފައި ނުވާ ގުދުރަތީ ބާވަތްތަކާއި ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާފައި ހުންނަ އުފެއްދުންތައް ބޭނުންކުރުން މުޙިންމެވެ.

ހަންގަނޑު އޮމާންކޮށް ވިދަވިދައި ތާޒާކަންމަތީ ބެހެއްޓުމަށް ބޭނުންވާ ފަރާތްތަކަށް މިއޮތީ އުފާވެރި ޚަބަރެކެވެ. ރާއްޖޭގައި އެތައް ބައެއްގެ އިތުބާރާއި ޔަޤީންކަން ހޯދާފައިވާ އޮންލައިން ވިޔަފާރި، "ލިބޭ" އިން މިހާރު ވިއްކަމުންދާ ދުނިޔޭގެ މަޝްހޫރު "ވަޓްސަންސް" ބްރޭންޑުގެ "އޮރެންޖް އެކްސްޓްރެކްޓް" އަކީ ހަންގަނޑު އޮމާންކޮށް ރީތިކުރުމަށް ޚާއްސަކޮށްގެން އުފައްދާފައިވާ 100 އިންސައްތަ ގުދުރަތީ މޮޅު އުފެއްދުމެކެވެ.

 

ހަމައެކަނި ފަތްޕިލާވެލި ބޭނުންކޮށްގެން އުފައްދާފައިވާ މި ބޮޑީ ވޮޝް އަކީ، ޢާންމުކޮށް ހުރިހައި ވައްތަރެއްގެ ހަންގަނޑަކާއިވެސް ގުޅޭގޮތަށް އުފައްދާފައިވާ ކެމިކަލް އާއި ގެއްލުންދެނިވި އެއްވެސް މާއްދާއެއް ނުހިމަނޭގޮތަށް އުފައްދާފައިވާ ބޮޑީވޮޝް އެކެވެ. ދެޖިންސުގެ ހުރިހާ ވައްތަރެއްގެ ހަންގަނޑަކާއިވެސް އެކަށީގެންވާ ގޮތަށް އުފައްދާފައިވާ މި ބޮޑީ ވޮޝްއަކީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ހަންގަނޑު އޮމާންކޮށް ދުޅަހެޔޮކަންމަތީ ތާޒާކޮށްދޭ ފައިދާކުރަނިވި މޮޅު އުފެއްދުމެކެވެ.

އެގޮތުން ހަށިގަނޑުގެ ހަންގަނޑު އޮމާންކޮށްދީ ހަންގަނޑު މަޑުކޮށްދީ ކުރަކިކަން އަވަހަށް ފިލުވާލުމަށް މި ބޮޑީވޮޝް ވެފައި ވަނީ އެންމެ ގިނަ ބަޔަކު އިތުބާރުކުރާ އެއް ޕްރޮޑަކްޓަށެވެ.

"ވަޓްސަންސް - އެކްސްފޮލިއޭޓިންގ ބޮޑީ ވޮޝް"ގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، މި ބޮޑީވޮޝް ބޭނުންކުރަން ފަށާތާ މާގިނަ ދުވަހެއް ނުވެ އޭގައި ހިމެނޭ ފައިދާކުރުވަނިވި މާއްދާތަކުގެ ހެޔޮ ބަދަލުތައް ހަށިގަނޑުން ފެންނާން ފެށުމެވެ. އެގޮތުން މި ބޮޑީ ވޮޝްގައި އެކުލެވިފައިވާ ވިޓަމިން އީ އާއި އެނޫންވެސް ހަންގަނޑަށް މުޙިންމު މާއްދާތަކުގެ ސަބަބުން ހަންގަނޑަށް ދިރުން ގެނެސްދީ ހަންގަނޑު ރީތިކުރުމަށް ބޭނުންވާ އެންމެހާ މާއްދާތައް ލިބިދެއެވެ.

މި ބޮޑީވޮޝްގައި ހިމެނޭ ވިޓަމިން އީ އަކީ އެންޓިއޮކްސިޑެންޓް (ދިރޭތަކެތީގައި ދައުރުވާ ނުރައްކާތެރި ބައިތައް ނައްތާލާ މާއްދާ) އެއްކަމުން، ނުރައްކާތެރި ހާލަތްތަކުން ހަންގަނޑު ސަލާމަތްކޮށްދީ ހަންގަނޑު މަޑުކޮށްދިނުމަށް ވަރަށް ބޮޑު އެހީއަކަށް ވެގެންދެއެވެ. ހަންގަނޑަށް ގެއްލުންދެނިވި މާއްދާތައް ނައްތާލައި ހަންގަނޑާއި ހަށިގަނޑަށް އުޖާލާކަން ގެނުވައިދިނުމުގައި މި ބޮޑީވޮޝް މުޙިންމު ދައުރެއް އަދާކުރެއެވެ.

އޮރެންޖް އެކްސްޓްރެކްޓް ބޭނުންކޮށްގެން އުފައްދާފައިވާ "ވަޓްސަންސް - އެކްސްފޮލިއޭޓިންގ ބޮޑީ ވޮޝް" އަކީ ގިނަ ވަގުތުވަންދެން ހަންގަނޑު ތާޒާކަންމަތީ ބަހައްޓައިދިނުމަށް އެހީއެކެވެ. މި ބޮޑީވޮޝް، ކޮންމެ ދުވަހެއްގައި މަދުވެގެން އެއްފަހަރު ބޭނުން ކުރުމަކީ ރަނގަޅު ގޮތެކެވެ. ބޭނުން ނަމަ އެއްފަހަރަށްވުރެ ގިނަ ފަހަރުވެސް ބޭނުން ކުރެވިދާނެއެވެ. އާދަކޮށް މި ބޮޑީވޮޝް ބޭނުންކުރަން ފެށުމުން، ހީވެސް ނުކުރާހައި އަވަހަށް އޭގެ ރަގަޅު ނަތީޖާ ފެނި ހަންގަނޑުގެ ރީތިކަން ދެގުނަވެގެންދާ ކަމަށް ތަޖުރިބާގެ އަލީގައި ގިނަ ބަޔަކު ބުނެއެވެ.

ގިނަ ބައެއްގެ މެދުގައި މަޤުބޫލު އަދި އެތައް ބައެއްގެ އިތުބާރު ހޯދާފައިވާ "ވަޓްސަންސް - އެކްސްފޮލިއޭޓިންގ ބޮޑީ ވޮޝް" ގެ އޮރެންގް އެކްސްޓްރެކްޓް ގެ 410 ގްރާމުގެ ފުޅި، ފޭސްބުކް ޕޭޖް "ލިބޭ" މެދުވެރިކޮށް މިހާރު ދަނީ ވިއްކަމުންނެވެ. "ލިބޭ" އިން މި ބޮޑީވޮޝް ވިއްކާ އަގަކީ 190 ރުފިޔާ އެވެ. މި ޕްރޮޑަކްޓު ބައްލަވައިގަތުމާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 7660630 ނަމްބަރު ފޯނަށް ގުޅުމަށް ނުވަތަ "ލިބޭ" ޕޭޖަށް މެސެޖު ކުރުމަށް އެފަރާތުން އެދެއެވެ. މި ޕްރޮޑަކްޓު މާލެއިން ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު އަގަކާއި ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް "ލިބޭ" އިން ފޯރުކޮށްދެއެވެ.



"ލިބޭ" އިން ވިއްކަމުންދާ އިތުރު ޕްރޮޑަކްޓުތަކުގެ ތެރޭގައި:

1. ހަށިގަނޑު ދޮންކޮށްދޭ، ވަޓްސަންސް ސްޓޯބެރީ އެކްސްޓްރެކްޓް (190 ރުފިޔާ)

 


2. ބަނޑު ހިންދާލުމަށް ޚާއްސަ ކޮފީ (200 ރުފިޔާ)

 


3. މޫނު އަލިކޮށް ތެޔޮކަން ވަގުތުން ފިލުވައިދޭ ޚާއްސަ ޓިޝޫ (150 ރުފިޔާ އަދި 200 ރުފިޔާ)

 


4. ދަތްތައް ހުދުކޮށް ހިނިތުންވުން ފުރިހަމަކޮށްދޭ "ސްޕާކަލް" (200 ރުފިޔާ)

"ލިބޭ" އިން ވިއްކާ ސްޕާކަލްގެ ވައްތަރުތައް:

ސްޕާކަލް ޓްރިޕަލް ވައިޓް

މިއީ ސްޕާކަލް ބްރޭންޑުގެ އެންމެ މަޤުބޫލު އުފެއްދުމެވެ. އާދަކޮށް ބޭނުންކުރާން ފަށާތާ ގިނަވެގެން ހަފްތާއެއްހައި ދުވަސް ތެރޭގައި އެންމެ ފުރިހަމަ ނަތީޖާ ފެންނާން ފަށާ މި ބޭހަކީ ސްޕާކަލް ބްރޭންޑުގެ އެންމެ ޚާއްސަ އުފެއްދުންވެސް މެއެވެ. ދަތްއުނގުޅާ އެހެން ބޭސްތަކަށްވުރެ ތިންގުނަ އަވަހަށް ދަތްތައް ހުދުކޮށްލާ މި ބޭސް ބޭނުންކޮށްގެން، ދަތްތަކުގެ ކުލަ ބަދަލުކޮށްލާ ބައިތައް ސާފުކޮށްލެވެއެވެ. އަދި ގިނަ ދުވަސްތައް ވަންދެން އަށަގެންފައި ހުންނަ ޖަރާސީމުތައް މަދު ވަގުތުކޮޅެއްގެ ތެރޭގައި ފިލުވާލުމަށް މިއީ އެންމެ އިތުބާރުހުރި އެއް ބޭހެވެ. ފްރާންސްގައި ހުންނަ ސްޕިން ކޮންޓްރޯލް އޭޝިއާގެ ލެބޯޓްރީގައި ޓެސްޓުކޮށްފައިވާ މި ބޭހަކީ، ސްޕެޝަލިސްޓުންގެ އިތުބާރުވެސް ހޯދާފައިވާ މޮޅު ބޭހެކެވެ.

ސްޕާކަލް ކޮފީ - ޓީ

މިއީ ގިނަ ދިވެހިންނާއިވެސް އެންމެ ގުޅޭނެ އެއް ބޭހެވެ. ސްޕާކަލް ބްރޭންޑުގެ މި ބޭހަކީ ކޮފީ އާއި ކަޅުސައި ބޯ މީހުންނަށް ޚާއްސަ ބޭހެވެ. ގިނައިން ކޮފީ އަދި ކަޅުސައި ބޯ މީހުންގެ ދަތްތަކުގެ ހުދުކަން ގެއްލިދާ ދިއުމަށް މި ބޭހުން ހައްލު ހޯދައިދޭއިރު، މި ބާވަތްތަކުން ދަތްތަކުގައި އަށަގަނެ ގިނަ ދުވަސްވެފައި ހުންނަ ޖަރާސީމު ސާފުކޮށްދެއެވެ. އަދި ދަތްތަކުގެ ދުޅަހެޔޮކަން ދަމަހައްޓައިދީ ވަރުގަދަކޮށްދެއެވެ. މި ބޭސް އާދަކޮށް ބޭނުން ކުރަން ފެށުމުން، ދަތްތަކުގެ ހުދުކަން ގެއްލުވާލާ މާއްދާތައް ދަތްތަކުގައި އަށަގަތުން ހުއްޓުވައެވެ. އަދި އަނގައި ނުބައިވަސް ދުވުންވެސް މި ބޭހުން ހުއްޓުވައެވެ.

ޑަބަލް ވައިޓް ލެމަން ސޮޑާ

ސްޕާކަލް ބްރޭންޑުގެ މި ބާވަތަކީވެސް ދަތްތައް ހުދުކޮށްދިނުމުގެ އިތުރުން ދަތްތަކަށް ގިނަ ފައިދާތަކެއް ލިއްބައިދޭ ބޭހެކެވެ. އެގޮތުން ދަތްތައް ދުޅަހެޔޮ ކުރުމަށް ބޭނުންވާ ވިޓަމިން ސީ އާއި ނިއުޓްރިއެންޓްސްގެ އިތުރުން އެނޫންވެސް މުޙިންމު އެތައް މާއްދާއެއް މި ބޭހުގައި އެކުލެވިގެން ވެއެވެ. ހަމަ އެހެންމެ ދަތްތަކައް ގެއްލުންކުރާ މާއްދާތަކުން ދަތްތައް ސަލާމަތްކޮށް ރައްކާތެރި ކުރުމަށް މި ބޭހުގައިވާ ބައިތައް ޚާއްސަ ދައުރެއް އަދާކުރާއިރު، އަނގައިގެ ތާޒާކަން އިތުރުކޮށްދިނުމަށް މި ބޭސް އެހީއަކަށް ވެއެވެ.

ސްޕާކަލް ވައިޓް

ސްޕާކަލް ބްރޭންޑުގެ މި ބޭހަކީ ދަތްތައް ހުދުކޮށްދިނުމުގެ އިތުރުން އަނގައިން ނުބައިވަސް ދުވާ މައްސަލައަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ބޭހެކެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި ނަތީޖާ ދައްކުވައިދޭ މި ބޭހުގައި އެކުލެވިފައިވަނީ އަނގައިގެ ތެރޭގައި އަށަގެންފައި ހުންނަ ޖަރާސީމާއި، ނުބައިވަސް ދުވުމަށް މެދުވެރިކުރާ އެނޫންވެސް އެފަދަ ބައިތައް ސާފުކޮށްލުމަށް އެހީތެރިވެދޭ އެތައް މާއްދާއެކެވެ.

ސްޕާކަލް - ނެތުރަލް ހިމާލިއަން ޕިންކް ސޯލްޓް

މި ބޭހަކީ ހިރުގަނޑު ހަލާކުވާ މައްސަލައަށް އަވަސް ފަރުވާއެކެވެ. އެގޮތުން ހިރުގަނޑާއި ދަތްތަކާއި ގުޅިފައިވާ ބައިތަކަށް ފައިދާކުރަނިވި އެތައް މާއްދާއެއް ހިމަނައިގެން އުފައްދާފައިވާ މި ބާވަތުން މަދު ދުވަސްކޮޅެއްގެ ތެރޭގައި ހިރުގަނޑު ފާރުވެފައި ހުންނަ ތަންތަނަށް ފަރުވާ ކުރެއެވެ. އަދި ހިރުގަނޑު ހަލާކުވުމަށް މެދުވެރިކުރާ ބައިތަކާއި ބެކްޓީރިއާ ސާފުކޮށްލުމަށް މި ބޭސް އެހީއަކަށް ވެއެވެ. މީގެ އިތުރުން އަނގައިން ނުބައިވަސް ދުވުމުގެ މައްސަލައަށްވެސް މި ބޭހުން ހައްލު ލިބިގެންދެއެވެ. ސްޕާކަލްގެ އެހެން ބޭސްތަކެކޭވެސް އެއްފަދައިން މި ބާވަތް ބޭނުންކުރަން ފެށުމުންވެސް މަދު ދުވަސްކޮޅެއްގެ ތެރޭގައި ދަތްތައް ރީތިކޮށްދީ ހުދުކޮށްލައެވެ.