އައްޑޫގައި ސިޓީ ހޮޓަލާއި ގެސްޓް ހައުސް ތަރައްޤީ ކުރުމަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިން ތަކަށް ޝައުގުވެރިކަން ފާޅު ކުރުމުގެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން ހުޅުވައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ވިދާޅުވެފައި ވަނީ ޓްއަރިޒަމް ޒޯންތަކުން ދޫކުރާ ބިންތަކަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު އަންނަ މަހުގެ 28 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ބިޑް ޑޮކިއުމެންޓެއް ވިއްކާ އަގަކީ ދިވެއްސެއް ނަމަ 2،000 ރުފިޔާ އަދި ބޭރު މީހެއް ނަމަ 300 އެމެރިކާ ޑޮލަރަށެވެ.

އެންމެ ގިނަ ބިން ދޫކުރުމަށް ހަމަޖެހިފައި ވަނީ ހިތަދޫންނެވެ. ހިތަދޫން 30 ބިމެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ފޭދޫ އިން 24 ބިމެއް، މަރަދޫ އިން އެއް ބިން، ހުޅުދޫ އިން 25 ބިން އަދި މީދޫ އިން 16 ބިން ދޫކުރުމަށް ހަމަޖެހިފައި ވެއެވެ.

ބިޑް ހުށަހެޅުން އޮންނާނީ ޑިސެމްބަރ މަހު އެވެ. ޑިސެމްބަރ މަހުގެ 22 ވަނަ ދުވަހު ހިތަދޫގެ ބިންތަކަށް ބިޑް ހުށަހަޅަން ޖެހޭނެއެވެ. 23 ވަނަ ދުވަހު ފޭދޫ، އާއި މަރަދޫގެ ބިންތަކަށް ބިޑް ހުށަހަޅަން ޖެހޭއިރު ހުޅުދޫ އާއި މީދޫގެ ބިންތަކަށް ބިޑް ހުށަހަޅަން ޖެހޭނީ 24 ވަނަ ދުވަހު އެވެ.

އިއުލާނާއި ގުޅޭ އިތުރު މައުލޫމާތު އައްޑޫ ސިޓީ ކައުންސިލްގެ ނަމްބަރު 6885003 ފޯނުން ނުވަތަ ކައުންސިލްގެ އީމެއިލް [email protected] އަށް މެއިލް ކުރުމުން ލިބޭނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަޙްމަދު

    އައްޑޫ ޓޫރިޒަމް ކުރިއަރުވަން ބޭނުންނަމަ އެތެރޭގެ އުދުހުމުގެ އަގު ހެޔޮކުރަންޖެހޭ. ދެކޮޅު ޓިކެޓް 235 ޑޮލަރު މީތަންކޮޅެއް ބޮޑުވަރު! މާލޭ އިންޑިޔާށް މިއަށްވުރެ އަގު ހެޔޮކޮށް ދެވޭ. 7 ކައުންސިލް 7 މަޖްލީސް މެންބަރު ކުރަނީ ކޮންކަމެއްތ؟. މިވާހަކަތަށް މަޖްލީހުގައި ނުދެއްކެނީ ކީއްވެތޯ؟ އައްޑޫން ޓޫރިޒަމަށް ބިން ދޫކުރަން ހުޅުވާލުމަކީ ބޮޑު ޖޯކެއް. މީހައްތާވެސް އައްޑޫމީހުން ޖަހާޖޯކް!!!

    4
    1
  2. ޢަހުމަދު އަލީ

    ހިލޭބިން ދޫކުރުންނިމުމަކަށްގެނެސް ރާއްޖޭގެކޮންމެހިސާބަކުންވެސް ބިންވިއްކާނެއަގުތަކެއް ކަޑައަޅައި ބިންވިއްކަންވީ. ޙިލޭބިންދިނިމުން ބިންބޭނުންނުވާމީހާވެސް ބިންހޯދައި މިކުދިރަށްތައް މާ އަވަހަށް ބިންހުސްވެގެންދަނީ

    2
    1