އެސްޓީއޯގެ ފަރާތުން މަކިޓާ ހެއްޔާ ޕްރޮމޯޝަންއާއި ގުޅުވައިގެން ކުރިއަށް ގެންދިޔަ މުބާރާތުގެ އެއްވަނައަށް އަހުމަދު ސަލީމް(މާޒް ސަލީމް) ހޮވިއްޖެއެވެ.

މަކިޓާ ޕަވަޓޫލްސް ބޭނުން ކޮށްގެން ދިވެހިންގެ ފަންނުވެރިކަން ދައްކާލުމަށް ފުރުސަތު ލިބިގެން ދިޔަ މި މުބާރާތުގެ އެއްވަނައަށް ގޮސްފައިވާ ފަރާތަށް އިނާމު ހަވާލުކުރުމަށް ރޭ އެސްޓީއޯ ޓްރެއިންނިގް ރޫމްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މަސް ދުވަހަށް ކުރިއަށްގެންދިޔަ އެ މުބާރާތުގެ އެއްވަނަ ދިޔަ މާޒް ސަލީމަށް އިނާމުގެ ގޮތުގައި މަކިޓާގެ އެންމެ ފަހުގެ އުފެއްދުންތަކުގެ ތެރެއިން ބައިލައްކަ ރުފިޔާގެ ތަކެތި ދީފައިވާކަމަށް އެސްޓީއޯ އިން މައުލޫމާތު ދީފައި ވެއެވެ.

މަކިޓާ ހެއްޔާ މުބާރާތަށް ތައްޔަރު ކުރި ބައެއް އެއްޗެހި - ފޮޓޯ: އެސްޓީއޯ

 

 

 

 

 

މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިޔަށްގެންދިއަ މި މުބާރަތުގެ ވަނަ ހޮވާފައިވަނީ ޖަޖުންގެ 50 އިންސައްތަ އަދި އާމުންގެ ފޭސްބުކް ލައިކްއަށް ބެލުމަށްފަހު އާއްމުންގެ %50 ސައްތަ ލިބިގެންނެވެ.

މަކިޓާ ހެއްޔާ މުބާރާތަށް ތައްޔަރު ކުރި ބައެއް އެއްޗެހި - ފޮޓޯ: އެސްޓީއޯ

މި މުބާރާތުގެ ޖަޖުންގެ ގޮތުގައި މަސައްކަތްކުރައްވާފައިވަނީ މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ ކަލްޗަރަލް ހެރިޓޭޖް މެނޭޖަރ އަހުމަދު ހާޝިމްއާއި ލަކުޑި ވަޑާމުގެ ފަންނުވެރިއެއްކަމަށްވާ އަހުމަދު ޝަފީއު މަހުމޫދުއެވެ.

މަކިޓާ ހެއްޔާ މުބާރާތަށް ތައްޔަރު ކުރި ބައެއް އެއްޗެހި - ފޮޓޯ: އެސްޓީއޯ

އެސްޓީއޯ އިން ބުނީ، އިތުރު އިނާމު ތަކާއެކު އަންނަ އަހަރުވެސް މި މުބާރާތް ބޭއްވުމަށް ނިންމާފައިވާކަމަށް އެސްޓީއޯއިން ބުނެއެވެ.

މި މުބާރާތާއެކު ކުރިޔަށް ގެންދިޔަ މަކިޓާ ހެއްޔާ ޕްރޮމޯޝަންގައި 25 އިންސައްތައާ ހަމައަށް ކަސްޓަމަރުންނަސް ޑިސްކައުންޓް ދީފައިވެއެވެ.