ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން ހިންގަމުން އަންނަ އައިލެންޑް އޭވިއޭޝަންއަށް މި އަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ ދަށްވި ސަބަބު މިއަދު ހާމަކޮށްފިއެވެ.
އައިލެންޑް އޭވިއޭޝަންއަށް މި އަހަރުގެ ދެ ވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ ވަނީ 15 އިންސައްތަ ދަށްވެފައެވެ. ޕީސީބީން، އެސްއޯއީތަކުގެ މާލީ ހާލަތު ދިރާސާކުރުމަށް ފަހު ނެރެފައިވާ މިއަހަރުގެ ދެވަނަ ކުއާޓާ ރިވިއު ރިޕޯޓްގައިވާ ގޮތުން ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު، ދެވަނަ ކުއާޓަރުގައި އެކުންފުންޏަށް ލިބުނު އާމްދަނީ ދަށެވެ.
މިރިޕޯޓުން ދައްކާގޮތުން މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި އައިލެންޑް އޭވިއޭޝަނަށް 68.05 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައި ވެއެވެ ނަމަވެސް މިއަހަރު އެ މުއްދަތުގައި 10.75 މިލިއަން ރުފިޔާގެ ގެއްލުމަކާއި ކުރިމަތިލާން ޖެހިފައި ވެއެވެ.
އައިލެންޑް އޭވިއާޝަންއަށް ދެވަނަ ކުއާޓަރުގައި ލިބިފައިވަނީ ހަތަރު ސަތޭކަ ފަންސާސް ހަތް މިލިއަން ރުފިޔާއެވެ.
ދެވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ ދަށްވެ ހަރަދުތައް ބޮޑުވީ...
މޯލްޑިވިއަންއަށް މި އަހަރު ދެވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ ދަށްވި ސަބަބު މިއަދު އެ ކުންފުނިން ވަރަށް ތަފްސީލުކޮށް ވަނީ ހާމަކޮށްފައެވެ. އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވައުދާއި އެއްގޮތަށް ޓިކެޓްގެ އަގުތައް 30 ޕަސެންޓާއި ދެމެދު ހެޔޮ ކޮށްފައެވެ.
"ކޭޝް ޑިސްކައުންޓެއްގެ ގޮތުގައި ގާތްގަނޑަކަށް 100 މިލިއަން ރުފިޔާ އަހަރުން މި ދޫކޮށްލީ. އަގުހެޔޮ ކުރަންވެގެން،" އައިލެންޑް އޭވިއޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެނޭޖިންގެ ޑިރެކްޓަރ މުހައްމަދު ރިޒްވީ ވިދާޅުވި އެވެ.
ރިޒްވީ ވިދާޅުވީ މޯލްޑިވިއަންގެ ޑޮމެސްޓިކް ދަތުރުތަކަށް ޑިސްކައުންޓުގެ ގޮތުގައި މިއަދާ ހަމައަށް، ރައްޔިތުންނަށް 73 މިލިއަން ރުފިޔާ ދެވިފައިވާކަމަށެވެ.
އަދި މިއަހަރުގެ ދެވަނަ ކުއާޓާގައި ކުންފުންޏަށް ގެއްލުން ވެފައިވަނީ ރަމަޟާން މަހާ ދިމާވުމުން ކަމަށެވެ. އެގޮތުން ރަމަޟާން މަހަކީ އަބަދުވެސް އައިލޭންޑް އެވިއޭޝަނަށް ގެއްލުން ވަމުން އަންނަ މަހެއް ކަމަށާއި، ދެވަނަ ކުއާޓަރުގައި ޗައިނީސް މާކެޓް ދަށްވެގެން އައުމަކީވެސް ދިމާވި މައްސަލައެއްކަމަށް ރިޒްވީ ވިދާޅުވިއެވެ.
ކުންފުނީގެ ހަރަދުތައް ބޮޑުވުމާއި ގުޅޭގޮތުން ރިޒްވީ ވިދާޅުވީ، މާކެޓް ތެރެއަށް އިތުރު ކޮމްޕެޓިޓާސް ވަދެގެން އައުމުންވެސް މުވައްޒަފުންގެ މުސާރާ ބޮޑުކޮށްފައިވާނެ ކަމަށެވެ. މީގެ ތެރެއިން ޕައިލެޓުންނާއި، އިންޖީނިއަރުންގެ މުސާރަ ބޮޑުކޮށްފައިވާކަން ފާހަގަކޮށްފައި ވެއެވެ.
"އެކަން ބަޖެޓުން ވަރަށް ރަނގަޅަށް ފެނިގެން ދާނެ". ރިޒްވީ ވިދާޅުވިއެވެ.
ކުންފުނީގެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރ އައިޝަތު ޖެނިފާ ވިދާޅުވީ، އެ ކުންފުނީގެ ހަރަދުތައް އިތުރުވި، އިތުރު ބައެއް ސަބަބުތަކަށް ބަލާއިރު، ކުންފުނީގެ މުވައްޒަފުންނަށާއި، ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތައް ރަނގަޅު ކުރުމުގެ ގޮތުން އާ އިމާރާތަކަށް ބަދަލު ވުމާއި، އާ ޓިކެޓް އޮފީސް ހުޅުުވުން ހިމެނެއެވެ.
"އެއީ އަޅުގަނޑުމެންގެ ސްޓާފުންގެ ހިތްހަމަޖައްސާދޭން ކުރިކަމެއް، އަދި ހަމައެހެންމެ އަޅުގަނޑުމެން ރައްޔިތުންނަށް ދޭ ހިދުމަތް މިއަށްވުރެ ރަނގަޅުކޮށްދޭން ވެގެން ކުރިކަމެއް، އެހެންވީމަ އެ ހަރަދުތައްވެސް ހުންނާނެ ސެކަންޑް ކުއާޓާގައި ކޮށްފައި". ޖެނިފާ ވިދާޅުވިއެވެ.
މީގެ އިތުރުން، ކޯލް ސެންޓަރ އެންހޭސްކޮށް، އެ ތަނަށް މުވައްޒަފުން ނަގާ ރޭގަނޑު 12:00 ޖަހަންދެން އޮޕަރޭޓް ކުރާ ގޮތަށް ހެދުމަކީވެސް މި މުއްދަތު ތެރޭގައި އިތުރުވެގެން ކަމަށް ރިޒްވީ ފާހަގަކުރެއްވިއެވެ.
ރިޕޯޓުގައި ސައްހަ ނޫން މައުލޫމާތު
ރިޒްވީ ވިދާޅުވީ، ޕީސީބީ ބޯޑުން އާންމުކޮށްފައި ރިޕޯޓުގައި މިދިޔަ އަހަރުގެ ތަފާސް ހިސާބުތަކުގެ ގޮތުގައި ހިމަނާފައިވާ މައުލޫމާތު ސައްހަ ނޫން ކަމަށާއި، އެކަން މިހާރު ފިނޭންސް މިނިސްޓްރީއާ ވެސް ހިއްސާ ކޮށްފައިވާނެ ކަމަށެވެ.
އަދި އައިލެންޑް އޭވިއޭޝަނުން ރީކޮންސައިލް ރިޕޯޓެއް ހުށަހަޅާފައިވާ އިރު އޭގައި ހުރި މައުލޫމާތުން ވެސް މިދިޔަ އަހަރު ވެސް ދެވަނަ ކުއާޓާގައި ގެއްލުންވިކަން އެނގޭ ކަމަށް ރިޒްވީ ވިދާޅުވިއެވެ.
ރިޒްވީ ވަނީ މިދިޔަ އަހަރު ވެސް ދެވަނަ ކުއާޓާގައި ފަސް މިލިއަން ރުފިޔާގެ ގެއްލުންވެފައިވާކަމަށް ވިދާޅުވެފައެވެ.
ކުންފުންޏަށް ދަނީ ޕްރޮފިޓް ވަމުން
އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު މުހައްމަދު ޝާހީން ވިދާޅުވީ، އަހަރު ނިމޭއިރު، ކުންފުނި އޮތީ މާލީ ގެއްލުމުގައި ތޯ ނުވަތަ ނޫންތޯ ބަލާ ކަމުގައި ވަނީނަމަ، މިހާރުވެސް ކުންފުންޏަށް ދަނީ ޕްރޮފިޓް ވަމުން ކަމަށެވެ.
"މި އަދާއި ހިސާބަށް މި ކުއާޓަރުގައި ގެއްލުންވާނެ ކަމަކަށް އަޅުގަނޑުމެން ފޯކާސްޓްކޮށްފައި އޮތީ، އަހަރު ނިމޭއިރު، ކުންފުނި އޮތީ މާލީ ގެއްލުމުގައި ތޯ ނުވަތަ ނޫންތޯ ބަލާ ކަމުގައި ވަނީނަމަ މިހާރުވެސް ޕްރޮފިޓް ވަމުން މި ދަނީ". ޝާހީން ވިދާޅުވިއެވެ.
ރިޒްވީ ވިދާޅުވީ، ޓިކެޓް އަގުހެޔޮކޮށްފައި 2018 ވަނައަހަރުގެ ފުރަތަމަ ނުވަ މަހާއި، 2019 ވަނަ އަހަރުގެ ފުރަތަަމަ ނުވަ މަހާއި އަޅާބަލާއިރު، އެ ކުންފުނި އޮތީ ހަތް ވަރަކަށް މިލިއަން ރުފިޔާގެ ޕްރޮފިޓެއްގައި ކަމަށެވެ.
"ދެން އަޅުގަނޑު މީގައި ފާހަގަކޮށްލަން ބޭނުން ކޭޝް ޑިސްކައުންޓް އޮފާ ކުރިއިރު، 73 މިލިއަން އަޅުގަނޑުމެންނަށް ދެވިފައި އެބަ ހުރި ސެޕްޓެމްބަރުގެ ނިޔަލަށް. އޭގައިވެސް ސަރުކާރުން ވައުދުވެގެން އަޅުގަނޑުމެންނަށް ލިބިފައި ވަނީ 29 މިލިއަން ވަރު ރުފިޔާ، އަދި އަޅުގަނޑުމެންނަށް 45 މިލިއަން ރުފިޔާ އެބަ ލިބެން ޖެހޭ". ރިޒްވީ ވިދާޅުވިއެވެ.
ރިޒްވީ ވިދާޅުވީ، ކުރިއަށް އޮތް ތިން މަހަށް ބަލާއިރު، އެއީ ޓްރެލް ސީޒަންކަމުން، މިދިޔަ އަހަރަށްވުރެ ރަނގަޅަށް މި އަހަރު ނިންމާލެވޭނެ ކަމަށެވެ.
އަދި ކުންފުނީގެ މުސްތަގްބަލް ވަރަށް ރަނގަޅުކަމަށް ޝަހީން ފާހަގަކުރެއްވިއެވެ. އަދި 2018 އާއި އަޅާބަލާއިރަށް ރަނގަޅު ޕްރޮފިޓެއްގައި މި އަހަރު ނިމެނޭކަމުގެ ޔަގީންކަން އައިލެންޑް އޭވިއޭޝަނުން ވަނީ ވިދާޅުވެފައެވެ.
ކުންފުނި އަޑި ނާޅާނެ
ރިޒްވީ ކުންފުނި އަޑިއަޅަން ފަށާފައިވާކަމަށްބުނެ ދެކެވެމުން ދަނީ އެންމެ ކުއާޓެއްގެ ވާހަކަ ކަމަށާއި، އެއާ މޯލްޑިވްސްއަށްވި ގޮތާ ކައިރިއަށްވެސް މޯލްޑިވިއަންގެ ހާލަތު ނުދާނެ ކަމަށެވެ.
ޖެނިފާ ވިދާޅުވީ، އެއާ މޯލްޑިވްސްއަށް ވީހެން މޯލްޑިވިއަންއަށް ވެދާނެ ކަމަށް ވާހަކަދައްކަމުން ދަނީ ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފައްދަންވެގެން ކަމަށެވެ.
"އަޅުގަނޑުމެން މިތަނުގައި ހިސާބު ޖަހައިގެން ހިސާބުން ހުރިހާ ކަމެއް މި ކުރަނީ، އަޅުގަނޑުމެންނަކަށް ތި މަންޒަރެއް ނުފެނޭ. އެހެންވީމަ ދުރުގައި ތިބޭ މީހުން ތިކަހަަލަ ވާހަކައެއް ދެއްކީމަ ރައްޔިތުންގެ ހިތްތަކަށް ނުތަނަވަސްކަން އަންނާނީ. އެކަހަލަ ކަމެއް ވިޔަކަ އަޅުުގަނޑުމެންގެ މެނޭޖްމެންޓުގައި ވިޔަކަ ނުދޭނަން". ޖެނިފާ ވިދާޅުވިއެވެ.
ޖެނިފާ ވިދާޅުވީ، އެ ކުންފުނީގެ މެނޭޖްމެންޓުގައި ތިބީ މި ކަން އަލަށް ކުރާ ބައެއް ނޫން ކަމަށެވެ.
ފުރިހަމަ ލިއުމެއް. ޢެވަރުންވެސް އެވޯޑު ނުދޭތީ ކަޑައީ ?
ކުންފުންޏެއްގެ ގޮތުގާ ހިންގަންވާނީ ފައިދާކުރެވޭގޮތުގާ ، ވައިގެ މަގުނަ ދަތުރު ކުރަންވާނީ ސަބްސިޑީ ކައިގެނެއްނޫން ، ވައިގެ މަގުން ދަތުރު ކުރަންވާނީ ފައިސާހަމަކޮށްގެން ޓިކެޓް ގަނެގެން ، ވައިގެ ދަތުރުފަތުރަކީ ދިވެހިރާއްޖޭގެ މުއްސަނދިންގެ ދަތުރުފަތުރު ފަގީރުންގެ ދަތުރު ފަތުރަކީ ކަނޑުދަތުރު ފެރީދަތުރު ގައިމުވެސް އެގޭކަމަކީ ކުންފުންޏެއް ހިންގާ ދެމެހެއެްޓޭނީ އަދި ކުންފުނި ދެމި ހުންނާނީ އަކަށީގެންވާ ފައިދާއެއް ލިބޭނަމަ ނޫންނަމަ ދުވަސްކޮޅަކުން ކުންފުނި އުވި ދަތުރު ކުރަން ހުރި ބޯޓްތައްވެސް ނެތިގެންދާނެ. އައިލޭންޑް އޭވިއޭ ސަންގެ ކުރީގެ ފައިދާއަކީ ގާތްގަނޑަކަށް 30% ހާ މިންވަރު އެ މިންވަރު އަގުހެޔޮކުރީމަ ވާނީ ގެއްލުން އައިލޭން އޭވިއޭސަންގެ މިސްރާބު މިހާރު މިދާގޮތުން ދިވެހި މޭސްތެރި ވަޑާންގެ އަށް ވީހެން ވެދާނެ އަވަހަށް ހަމަ އަގަށް ރުޖޫއުވެލައްވާ.
ބު ރޯ އަށް ބުނެލަން އޮތީ، ރައްޔިތުންނަށް އެ ވައުދު ވީ މިހާ ރުގެ ރައީސް މީހާއޭ. އެމަނިކުފާނަށް އެވަ ރު ނޭނގުނީ އޭތަ ތިބުނަނީ؟
އެއްވެސް ހިސާބެއް ކިތާބެއް ހަދާފައެއް ނޫން ވައުދު ގޮވީކީ
ކަލޯގެޔާ ހުރިހާތަނެއް ދަވާލައިފި އެންމެފަހުންގޮސް އެތައްގުނަ ފައިދާވަމުން އައި އައިލެންޑްއޭވިއޭސަން ވެސް ދަވާލީ
ކުންފުނީގެ މުވައްޒަފުންނަށާއި، ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތައް ރަނގަޅު ކުރުމުގެ ގޮތުން އާ އިމާރާތަކަށް ބަދަލު ވުމާއި، އާ ޓިކެޓް އޮފީސް ހުޅުުވުން ހިމެނޭ ކަމަށް ބުނާއިރު އިމާރާތްވެސް ހުރީ ކުރީ ސަރުކާރުން އަޅާނިންމާފައި ދެން އޮފީހެއް ހުޅުވަން 10 މިލިއަންވީމާ ސުވާލު ؟ އުފެދޭނެދޯ ދެން އޮތީ އަގު ކުޑަކޮށްގެން ލިބެނީ ގެއްލުމޭ އެހެންކަމަށް ވާނަމަ ތިޔަ ވިދާލުވެވެނީ ރައީސް ސޯލިހުއަކީ ވެވޭ ވައުދަކުން ލިބޭ ގެއްލުމަކަށް ބެލުމެއްނެތި ވައުދު ވަމުންދާ މީހެކޭތޯ
ތީންދަ ފެންނުވަރާ ޖެނިފާ އަށްވެސް 80000ރފޔ ދިނީމަ ކުންފުނި ބަނގުރޫޓުވާނެދޯ
މިރާއްޖޭގެ އެތެރޭގެ ދުއްވުން ތަކުން މާބޮޑު ފައިދާއެއްވަނެ ކަމަކަށް ހިއެއް ނުކުރެވޭ. އަބަދުވެސް މިހުން އުޅެ ނީ އަގު ތިރި ނުވެގެން . ދެން އިރު އިރު ކޮޅުން އަގު ދަށް ކޮގެން މިހުން ފުރާލިއަކަށް އެވަރުގެ މާކެޓެއް ނެތް ވީމާ ބޮޑެތި އެއަރލައިންތަށް ހިންގާފަރާތް ތަކަށް ތިކަން ހަވާލު ކުރުން މާރަނގަޅު ވާނެ. އެބަޔެއް ގެ ނެތް ހިއްވަރެއް ދައްކަން އުޅުމުގެ ބޭނުމެއް ނެތް.
އިބްރާހީމް މުޙައްމަދުގެ ސަރުކާރަކީ ކުރީގެ ސަރުކާރުތަކަށް ޖެއްސުން ކުރުމަށާ ރައްޔިތުން އޮޅުވައިލެގެން ވާވައްދަން އާސަރުކާރެއް. ކުރީގެ ސަރުކާރުތަކުން ކަންވާން އޮންނައިރު އެކަމެއްކޮށްނުދޭން އުޅޭކަން ރައްޔިތުންނަށް ދައްކަން ވެގެން އައި ސަރުކާރެއް. ޔާމީން ސަރުކާރުންވެސް އަދި އެހެން ސްަރުކާރަކުންވެސް ރައްޔިތުންނަށް ގެއްލުންވާގޮތަށް އެއްވެސް ކަމެއް ނުކުރާނެ. ކަންތައް ނުކުރަނީ ކުރަންނޭގެިގެންނޫންކަން މިހާރު ރައްޔިތުންނަށް އެނގިހާމަ ވާނެ.ސަރުކާރަށް ލިބޭފައިސާ ވަށައިޖެހޭގޮތަށް ކުރަންނޭނގި އައިސަރުކާރެއް. ލަދުގަންނަންޖެގހޭ.
ޕާޓީގެ މުޒާހަރާތަކުގައި ފިރިވެ ފޮޅޭ ދޮންދޫނިތަކަށް ފުރުސަތު ދިނުމަށް ތަނުގެ މަތީމަގާމުތަށް ހަވާލުކުރީމާ ވާނެ ހާއެއްޗެއް މިވަނީ. %30 ދިނީ ކާކަށްބާ ހަމަގައިމުވެސް އެއްވެސް އާދައިގެ ރައްޔިތަކަށް ދީފައެއްނެތް އަދި ކުރިއެކޭވެސް އެއްއަގެއްގައި މިނަގަނީ ޓިކެޓްވެސް. ތިވާނީ ލާދީނީ ކުދިންކޮޅަށް ދެވުނީކަމަށް.
ކަންކަމަށް ނާގާބިލް މީހުންލީމާވާގޮތް ދީނަށް އެއްވެސް ހުރުމަތެއް ނެތް ބަޔަކު ގައުމަށް ކޮންހުރުމަތެއް ހުންނާނީ. މީ އަސްލިގައިވެސް ލާދީނީ ބައިގަނޑެއް.