ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ދައުރުގައި ލޯކަލް ޓުއަރިޒަމަށް ހުރަސްއެޅޭ ގޮތަށް ދޫކޮށްފައިވާ ފަޅުތައް ގާނޫނާއި ގަވައިދުގެ ތެރެއިން އަތުުލާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އެއްވެސް ހަމައެއް ލަމައެއް ނެތް ގޮތަށް މިދިޔަ ސަރުކާރުން އެތައް ފަޅެއްދޫކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައިި ލޯކަލް ޓުއަރިޒަމަށް ހުރަސްއެޅޭ ގޮތައް ދޫކޮށްފައިވާ ފަޅުތައްވެސް އެބަހުރި ކަމަށެވެ. އަދި އެފަދަ ތަންތަން ބަންޑާރަ ނައިބުގެ ލަފައާއި އެކު އަތުލަން ނިންމާފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ލޯކްލް ޓުއަރިޒަމަށް ހުރަސްއެޅޭ ގޮތަށް މިދިޔަ ސަރުކާރުން އެބަހުރި ވަރަށް ބައިވަރު ފަޅު ދޫކޮށްފައި. އެހެން ކަމަށް ވަނީނަމަ އެފަޅުތައް އިތުރަށް ރިސޯޓު ގޮތުގައި ތަރައްގީ ކުރެވިއްޖެ ނަމަ ލޯކަލް ޓުއަރިޒަމުގެ މުސްތަގުބަލެއް އެއަތޮޅުތަކުގައި ނޯންނާނެ. އެހެން ދިމާވާ ތަންތަނާ މެދު ގާނޫނާއި ގަވައިދުގެ ތެރެއިން ބަންޑާރަ ނައިބުގެ ލަފަޔާއި އެކު އަތޮޅުތަކުގެ މުސްތަގުބަލާއި ރައްޔިތުންނަށް ހެވާ ލާބައަށްޓަކާ އެނަގަން ޖެހޭ ޑިސިޝަންސް ތަކެއް އަޅުަނޑުމެން ނަގާނަން" މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ދާދި ފަހުން ފެންްމަތިވި ފުށިދިއްގާގެ މައްސަލަ ފަހު މިހާރު ފަތުރުވެރިކަން ކުރާ ގިނަ ތަންތަން ބަލައި ފާސްކުރެވިފައި ވާކަމަށާއި އެހެން ކަމުން ސިޔާސީ ގޮތުން "ގޯނާ ކުރުމެއް" ނެތި އެއްވެސް ސަރުކާރަކުން އެއްވެސް ހުރަހެއް ނާޅައި ދެކޮޅުން ކޮންޓްރެކްޓް ނުހަދާ ހުރި ތަންތަން "އަތުލަން" ޖެހިއްޖެނަމަ ގާނޫނާއި ގަވައިދުގެ ތެރެއިން އެކަން ކުރާނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ގާނޫނާ ހިލާފަށް ޓުއަރިޒަމްގެ އެކި ވިޔަފާރިތައް ކުރަމުންދާކަމީ ހިތާމަ ކުރާ ކަމެއް ކަމަށާއި، އަދި އެފަދަ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް މިނިސްޓްރީ އާއި ކަމާބެހޭ އެހެނިހެން އިދާރާތަކުން ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އަލަށް ޓުއަރިޒަމަށް ނެރޭ ރަށްރަށުގެ ލިސްޓު ރައީސުލްޖުމްހޫރިއްޔާ މިހާރު ވަނީ ދިރާސާކުރުމަށް ފަހު އެމިނިސްޓްރީ އަށް ފޮނުވާކައި ކަމަށް އަލީ ވަހީދު ވިދާޅުވިއެެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޢައްލާ

    ޅޯކަލް ޓްވަރިޒަމް އަކީ ކޮބައިތަ، ރާއްޖެ މީހުން ރާއްޖޭގެ ތަންތަނަށް ޗުއްޓީ ހޭދަކޮއްލަން ދިއުންތަ

  2. ބޯހަލާކު

    ބޫންބޫން..؟!!

  3. Anonymous

    ކަރާ ބަނޑު ރިޝްވަތު ވަގު ތިޔަ އުޅެނީ ބަދަލު ކުޅި ކުޅެން. ތީ ނިމިފަ އޮތް ކަމެއް ރައްޔިތުން ގަޅި ހައްދަން މޮޅުވާހަކައެއް ދެއްކީ. މަމެން މީ ކިއްލި ތަޅާ މީހުން ވިއްޔާ

  4. ޖާޒީރާ ބޯއީ

    ކަލޭ މަންމަ ކިއްލިތަޅައިގެން ހޯދި ފައިސާއިން ދޫކުރި ރައްތަކެއްނޫން، ތިޔައުޅެނީ އަތް ފިހެން.

  5. މުރިންގު

    މާގިނަ ބަހަނާ ނުދައްކާ އޮފީސް މަންޖެ ގޮވައިގެން ތިޔަދާން އުޅޭ ޔޫރަޕަށް އަވަހަށް ދެވޭތޯބަލާ.

  6. ސައްދާމް

    ތިޔަ އުޅެނީ ކޮންމެވެސް ގާތްމީހެއްގެ ނުހެދި ފައިއޮތް ރަށަކަށް ބަދަލުދޭން. ތިޔަގޮތަށް އޮތް 5 ރަށެއް އެބައޮތް ބޯގަންވިލާ ކުދިންގެ އަތުގައި.

  7. ހުދުހުދު

    ސަރުކާރު ވެއްޓެންވާއިރަށް ގައުމު ދޫކޮށް ފިލައިގެން އަވަހަށް ދެވޭވަރަށް ޖީބުތަކަށް ފައިސާ ބަރުކުރަން ހިންގާހާ ޕްރޮޕެގެންޑާ. ބޫންބޫންނނނނ