ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ގިނަ ޚިދުމަތްތަކަށް ބުރޫ އެރުމުން ކަސްޓަމަރުންނަށް ދަތިތައް ކުރިމަތިވަމުން އެބަދެއެވެ.

ބީއެމްއެލްގެ ޕީއޯއެސް މެޝިންތަކާއި އޭޓީއެމް އަދި އިންޓަނެޓް ބޭންކިންގެ ޚިދުމަތް ވެސް ވަނީ މެދުކެނޑިފައެވެ. މިދަތިތައް ދިމާވެފައިވާތާ މިހާރު ގަޑިއެއްހާއިރު ވެއްޖެއެވެ.

އޭޓީއެމްތަކުގެ ޚިދުމަތްތައް މެދުކެނޑުމުން ގިނަ ބަޔަކު އޭޓީއެމްތައް ކައިރީގައި ފައިސާ ނުނެގި ކިއު ހަދައިގެން އެބަތިއްބެވެ.

ބީއެމްއެލް އިން ބުނީ ޓެކްނިކަލް މައްސަލައެއް ދިމާވެ ބީއެމްއެލްގެ ބައެއް ޚިދުމަތްތަކަށް ބުރޫއަރާފައިވާ ކަމަށާއި މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ކަސްޓަމަރުންނަށް ދިމާވަމުންދާ ދަތިތަކަށް ބީއެމްއެލް އިން ވަނީ މަޢާފަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު