ދުނިޔޭގެ މަޝްހޫރު ލަގްޒަރީ ބްރޭންޑެއްކަމަށްވާ ލުއިޒް ވިޓާންގެ ޕާފިއުމް އޮއިލް ރާއްޖޭގެ ނަމްބަރ ވަން އަތަރު ބްރޭންޑް އޫދް އަލް ސަބާޔާގެ ފިހާރަތަކުން މިރޭ ވިއްކަން ފަށަން ތައްޔާރުވެއްޖެއެވެ.

އޫދް އަލް ސަބާޔާގެ އައުޓްލެޓްތަކުން މިރޭ 8:00 އިން ފެށިގެން ލިބެން ހުންނާނެއެވެ.

ލުއިޒް ވިޓާންއަކީ ދިވެހިންނަށް އާ ބްރޭންޑަކަށް ނުވާނެއެވެ. އެ ބްރޭންޑްގެ ޕްރޮޑަކްޓްތައް ދިވެހިންގެ ތެރޭގައި ވަރަށް މަޝްހޫރެވެ. އެގޮތުން މި ބްރޭންޑްގެ ބޫޓާއި ގަޑި އަދި އަތް ދަބަހަކީ ދިވެހިންގެ ތެރޭގައި އަބަދުވެސް މަޝްހޫރު ޕްރޮޑަކްޓުތަކެކެވެ.

ދުނިޔޭގެ އެންމެ ވެލިއުބަލް ލަގްޒަރީ ބްރޭންޑްތަކުގެ ލިސްޓުގެވެސް އެންމެ ކުރިން ޖާގަ ހޯދާފައިވާ ލުއިޒް ވިޓާންގެ ޕާފިއުމް އަތަރު ރާއްޖެއަށް އެންމެ ފުރަތަމަ ތައާރަފް ކުރަނީވެސް އޫދް އަލް ސަބާޔާ އިންނެވެ. މި ޕާފިއުމް އޮއިލްއަކީ ދެ ޖިންސަށްވެސް ހާއްސަ ގިނައިރު ވަސް ހުންނަ މީރު ވަސް ދުވާ ބްރޭންޑެކެވެ.

އޫދް އަލް ސަބާޔާއިން އަބަދުވެސް އަންނަނީ އެންމެ ފަހުންގެ ބްރޭންޑްތަކުގެ އަތަރާއި ސެންޓް އަދި ޕާފިއުމް އޮއިލްގެ އިތުރުން، އަމިއްލަ ބްރޭންޑްތަކުގެ އަތަރާއި، ލޯޝަން އަދި އެއާ ފްރެޝްނާ ވިއްކަމުންނެވެ.

އޫދް އަލް ސަބާޔާއިން މާލޭގެ މިރިޔަސް މަގުގައި ފިހާރައެއް ހިންގަމުން އަންނައިރު، އެ ބްރޭންޑްގެ ފިހާރައެއް އައްޑޫގެ އިތުރުން، ގްލާންޒް ބައި އޯއޭއެސްގެ ނަމުގައި އާ ފިހާރައެއް ހުޅުމާލޭގައިވެސް ދާދި ފަހަކުން ވަނީ ހުޅުވާފައެވެ.

އޫދް އަލް ސަބާޔާއާ ގުޅޭނެ ފޯން ނަމްބަރަކީ 9495757 އެވެ.