ސެމްސަންގ އޭ އެސް ސީރީސްގެ ފޯންތައް ސުޕަރ މޯބައިލުން ވިއްކަން ފަށައިފިއެވެ.

ސުޕަރ މޯބައިލުން އޭ އެސް ސީރީސްގެ އޭ10އެސް އޭ20 އެސް އޭ30އެސް އޭ50އެސްގެ ފޯންތައް ދަނީ ވިއްކަމުންނެވެ.

ސެމްސަންގ މި ފޯންތަކަކީ އަގުހެޔޮ އެކަމަކު މޮޅު ފޯންތަކެވެ. މި ފޯންތައް ވަރަށް އަގުހެޔޮކޮށް ސުޕަރ މޯބައިލުން ލިބެން ހުންނާނެއެވެ.

އޭ10އެސްގެ ފޯނަކީ 13 މެގަޕިކްސަލް ފްރޮންޓް ކެމެއާއެއް އިންނަ 6.2 އިންޗީގެ ފޯނެކެވެ. މި ފޯނުގެ 4000 އެމްއޭއެޗްގެ ބެޓަރީއެއް އިންނައިރު، މި ބްރޭންޑްގެ ފޯންތަކުގައި ހުންނަނީ ދެ ޖީބީ ރެމެކެވެ.

އޭ20އެސްގެ ފޯނަކީ 13 މެގަޕިކްސަލް ފްރޮންޓް ކެމެއާއެއް އިންނަ 6.5 އިންޗީގެ ފޯނެކެވެ. މި ފޯނުގެ 4000 އެމްއޭއެޗްގެ ބެޓަރީއެއް އިންނައިރު، މި ބްރޭންޑްގެ 3 ޖީބީ އަދި 4 ޖީބީ ރެމެއް އިންނަ ފޯންތައް ހުރެއެވެ.

އޭ30އެސްގެ ފޯނަކީ 25 މެގަޕިކްސަލް ފްރޮންޓް ކެމެއާއެއް އިންނަ 6.4 އިންޗީގެ ފޯނެކެވެ. މި ފޯނުގެ 4000 އެމްއޭއެޗްގެ ބެޓަރީއެއް އިންނައިރު، މި ބްރޭންޑްގެ 3 ޖީބީ އަދި 4 ޖީބީ ރެމެއް އިންނަ ފޯންތައް ހުރެއެވެ.

އޭ50އެސްގެ ފޯނަކީ 48މެގަޕިކްސަލް ފްރޮންޓް ކެމެއާއެއް އިންނަ 5.4 އިންޗީގެ ފޯނެކެވެ. މި ފޯނުގެ 4000 އެމްއޭއެޗްގެ ބެޓަރީއެއް އިންނައިރު، މި ބްރޭންޑްގެ 4 ޖީބީ އަދި 6 ޖީބީ ރެމެއް އިންނަ ފޯންތައް ހުރެއެވެ.

މި ފޯންތަކުގެ އިތުރުން، ސެމްސަންގގެ އެންމެ ފަހުގެ ފޯންތައް ސުޕަރ މޯބައިލުން ލިބެން ހުންނާނެއެވެ. އެ ފިހާރައިން ވިއްކާ ފޯންތަކާއި ގުޅޭ ތަފްސީލް މި ވެބްސައިޓު މެދުވެރިކޮށް ލިބޭނެއެވެ.

ސުޕަރ މޯބައިލް ފިހާރަ ހުންނާނީ އަލިކަލޭގެފާނު މަގު، ބޮޑުރަސްގެފާނު މަގު ކަންމަތީގައެވެ. އެ ފިހާރައާއި ގުޅޭނެ ނަމްބަރަކީ 7519966 އަދި 9918006 އެެވެ. އެ ފިހާރައިން މާލެ ހުޅުމާލޭގެ އިތުރުން، ރިސޯޓްތަކަށާއި، ރަށްތަކަށް ފޯން ޑެލިވަރީ ހިދުމަތްދެމުން ގެންދެއެވެ.