އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓަކީ 37.5 ބިލިއަން ރުފިޔާ ކަމަށް ވިދާޅުވެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރ އަމީރު ވިދާޅުވީ 2020 ވަނަ އަހަރު ވާނީ މިސަރުކާރުގެ ވައުދުތައް ފުއްދުމަށް އެންމެ ގިނަ އަމަލީ މަސައްކަތް ފެށޭނެ އަހަރަށް ކަމަށެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ގޮތުގައި 37.5 ބިލިއަން ރުފިޔާ ހުށަހަޅާފައި ވާއިރު ޚަރަދުގެ ގޮތުގައި 35.6 ބިލިއަން ރުފިޔާ ހިމަނާފައި ވެއެވެ. ދަރަނިތައް އަދާކުރުމަށް 1.9 ބިލިއަން ރުފިޔާ ހުށަހަޅާފައިވެއެވެ.

އަންނަ އަހަރު ޖުމްލަ އާމްދަނީ އާއި ހިލޭގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 29.9 ބިލިއަން ރުފިޔާއެވެ. އެހެންކަމުން އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓް 5.7 ބިލިއަން ރުފިޔާ އިން ޑެފިސިޓް ވާނެއެވެ.

މި ބަޖެޓު ވެގެންދާނީ ދިވެހި އެންމެހާ ރައްޔިތުންނަށް ގަދަރުވެރި ދިރިއުޅުމެއް ހޯދައިދިނުމަށް މަގުފަހިކޮށްދޭ، ރައްޔިތުންނަށް ބުރަބޮޑުނުވާނެ ފަދަ އުސޫލުތަކެއްގެ މަތިން، ޖަޒީރާ ދިރިއުޅުމަކަށް މަގުކޮށައިދޭ ބަޖެޓަކަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަންނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީ ބަހާލައިފައި ވަނީ މައިގަނޑު ފަސް ދާއިރާއަކަށެވެ. އަންނަ އަހަރު ވެސް އެންމެ ބޮޑު އަދަދެއް ލިބެނީ ޓެކްސްގެ ގޮތުގަ އެވެ. އެއީ އާމްދަނީގެ 48 އިންސައްތަ ނުވަތަ 17.8 ބިލިއަން ރުފިޔާ އެވެ. ޓެކްސް ނޫން އެހެން ގޮތްގޮތުން ލިބޭ 6.8 ބިލިއަން ރުފިޔާ އާއި ހިލޭ އެހީ އާއި އެހެނިހެން ގޮތްގޮތުން ލިބޭ 5.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފަކޮށްފައިވެއެވެ.

ދައުލަތުގެ ބަޖެޓުންް އަންނަ އަހަރު ވެސް އެންމެ ބޮޑު ހަރަދެއް ކުރާނީ ރިކަރެންޓް ހަރަދުތަކަށެވެ. އެއީ 22.2 ބިލިއަން ރުފިޔާ ނުވަތަ ޖުމްލަ ޚަރަދުގެ 59 އިންސައްތައެވެ. މީގެ އިތުރުން ޕީއެސްއައިޕީ އަށް 10 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ އިރު އެހެނިހެން ކެޕިޓަލް ހަރަދުތަކަށް 5 ބިލިއަން ރުފިޔާ ކަނޑައަޅާފައި ވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޢަދުރޭ

    މި ބަޖެޓު ވެގެންދާނީ ދިވެހި އެންމެހާ ރައްޔިތުންނަށް ގަދަރުވެރި ދިރިއުޅުމެއް ހޯދައިދިނުމަށް މަގުފަހިކޮށްދޭ، ރައްޔިތުންނަށް ބުރަބޮޑުނުވާނެ ފަދަ އުސޫލުތަކެއްގެ މަތިން، ޖަޒީރާ ދިރިއުޅުމަކަށް މަގުކޮށައިދޭ ބަޖެޓަކަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ އެހެން ވީމަ ޖަޒީރާ ދިރިއުޅުމަކަށް ފުލެޓް ނަރުދަމާއެއް އިންޖީނުގެއެއް ބޭނުމެނުވާނެ ވަޅުޖަހާނެ ދަގަދެއް ހޯދީމަވީ އެޖެންޑާ19 އޯކޭވާނެ.....

    26
    1
  2. އަލީީ

    ދުރުވިސްނޭ މީހުން އެބަފެނޭ. ޖަޒީރާ ރާއްޖެއަށް ރާއްޖެ ބަދަލުވެގެންދާތަން ވަރަށް އަވަހަށް ފެންނާނެ. މީހުންތަށް ފަގީރުވެ ފަންޖިފުޑީގައި އުޅެން ޖެހޭ ހިސާބަށް ގޮސްފާނެ. މިކަން މިކުރަނީ ދިވެހިންނަށް އަންގައިގެން އެއްވެސް ދޮގެއްހެދުމެއްނެތި ކުރީގެ ދިވެހި ޖަޒީރާރާއްޖެ ރައްޔިތުންނަށް ގެނަސްދޭނެކަށްބުނެ. މިއަށް އަތްޖަހާ ކުދިންކޮޅަށް ވާނުވާނެންގި ތިއްބާ މިކަން ވެގެންދާނެކަމަށް އެބަފެނޭ. ބޮލަށް ޗިޕްޖަހަން މިވަރުގެ ބައެއްނުދެކެން. ދިވެހިންގެ ވިސްނުން މިހާ ދަށުދަރަޖައަށް ހިނގައިދާނެކަމަށް ގަބޫލުކުރަންވެސްދަތި. ބަލަންތިބޭތި.

    25
  3. ހުސޭނުބޭ

    މިހާރު ސަރުކާރަށް ބަލަދުއަރާ މީހުންތައް ނާށިގަނޑު ހިފައިގެން ރައީސް އޮފީސް ކައިރީގައި ތިބޭނެ! އެމީހުނަށް އެނގޭވިއްޔާ ބޮޑު ބަޖެޓެއް ހުޅައެޅީ އެމީހުނަށް ކާންދޭންކަން! މި އަހަރުވެސް 32 ބިލިއަން ދިރުވާލައިގެން ކޮށްދިންކަމެއް ހަމަ ޙަރާން!

    11
  4. ޒީ

    ތީ ދަރިދަރިން ގޮސް މުނިކާފަ މުނިމާމަދަރިން ބޮލުގަ އަޅުވާ ބުރައެއް!
    ކުރިއެރުމަށް އެދޭނަމަ އަމިއްލަ ފުދުންތެރިކަން އިތުރު ކޮއްގެން ކުރިއެރުން ގެނެސްދިނުމަށް މަސައްކަތް ކޮއްދިނީސް!

    11
  5. ބެއްޔާ

    ތީ އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ބަޖެޓް. އެހެންވީމާ މިއަދަދު ދެގުނަ ވެގެންދާނެ. ކޮންގްރީޓް ތަރައްގީ ބޭނުންނުވަބަޔަކަށް ހާދަ ބޮޑު ބަޖެޓެކޭ. ފަން ލިބޭނެ ވަރަށް އަގުހެޔޮކޮށް. ފާޚާނާ ކުރަށް އަތިރިޔަށް. އެކަމުންވެސް އަގުހެޔޮ ވާނެ. ކަރަންޓެއް ބޭނުންނުވާނެ. ގެއަކަށް ފުޅި ބައްތިއެއް ދިނީމަ ތި ބަޖެޓުން ފުދޭނެ. ދާނިން ވުޟޫ ކުރަން އެނގޭތީ ވެރިކަމަށް ގެނައިމަ ހުންނާނެ ރާކަނި މަސް ކެވިފަ.

  6. ބާބޫޖީ

    ބަޖެޓް ގައި އަދަދުތަކެއް ޖެހީމަފުދޭނެ! ޖަޒީރާގައި ތިބެގެން ބާރަށް އަތްޖަހާ!ތިޔަދާނީ ބައިކުދީންގެ ޖީބަށް! ލާދީނިއްޔަތު ކުރިއަރުވަން! ބޭރުބަލާ ދަތުރުތަކަށް! ޜައްޔިތުމީހާ މިހުރީ ތަރައްގީވެ ރޮކެޓެއްހެން ފަޒާއަށްދާން!

  7. ހަސަނު

    ދެޓް ބަޖެޓް ޓޫ ވިލް ޑިސަޕިއަރ އިން ތިން އެއަރ ފޮރ ޝުއަރ !

  8. ސިދާތް

    މި ބަޖެޓު ވެގެންދާނީ ދިވެހި އެންމެހާ ރައްޔިތުންނަށް ރައްޔިތުންނަށް ބުރަބޮޑުނުވާނެ ފަދަ އުސޫލުތަކެއްގެ މަތިން، ޖަޒީރާ ދިރިއުޅުމަކަށް މަގުކޮށައިދޭ ބަޖެޓަކަށް އެހެންވީމަ ފުލެޓް ނަރުދަމާއެއް އިންޖީނުގެއެއް ބޭނުމެ ނުވާނެ ވަޅުޖަހާނެ ދަގަޑެއް ހޯދީމަވީ ދުރުވިސްނޭ މީހުންއެބަފެނޭ ރާއްޖެބަދަލުވެ ގެންދާތަންއަވަހަށް ފެންނާނެ މީހުންތަށް ފަގީރުވެ ފަންޖިފުޑީގައި އުޅެން ޖެހިދާނެ މިކަން މިކުރަނީ ދޮގެއްހެދުމެއްނެތި ވެރިކަމުގެ އަސްލު ސިފަ މިފެންނަނީ

  9. އިންމަބެ

    މޮޅެތި ކުރެހުމާއި އިބާރާތްތަކުން އަންދުން.. ވަރަށް ސަޅި

  10. މޫސާ

    ތިޔަ ލާރިން ތައްޔަތުންނަށް ކަމެއް ކޮށްދީފިއްޔާ ކިތއްމެހާވެސް ރަނގަޅު