ސިނގިރޭޓުން ނަގާ ޑިއުޓީ އަންނަ އަހަރު ބޮޑުކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދައުލަތުގެ ބަޖެޓްގައި ހިމަނައިފިއެވެ.

މިއަދު ހުށަހެޅި ބަޖެޓްގައި އަންނަ އަހަރުގެ ދައުލަތުގެ އާމްދަނީ އިތުރު ކުރަން ވަނީ އިމްޕޯޓު ޑިއުޓީ އާއި ކަސްޓަމްސް ފީ އަށް ބަދަލު ގެންނަން ވަނީ ހިމަނާފައެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވަނީ ރާއްޖެ އެތެރެކާ ކުރާ ކޮންމެ ސިގިރޭޓަކަށް މިހާރު ޑިއުޓީގެ ގޮތުގައި ނަގާ ދެ ރުފިޔާ ތިން ރުފިޔާ އަށް ބަދަލު ކުރާނެ ކަމަށް ބުނެފައެވެ. ނަމަވެސް މިބަދަލު ގެނެވޭނީ އިމްޕޯޓް އެކްސްޕޯޓްގެ ޤާނޫނަށް އަދި އިސްލާހެއް ގެނެސްގެންނެވެ.

އިމްޕޯޓު ޑިއުޓީ އަށް އަދި ކަސްޓަމްސް ޑިއުޓީ އަށް ގެންނަ ބަދަލުތަކާއެކު 558.2 މިލިއަން ރުފިޔާގެ އާމްދަނީ އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ނަމަވެސް އިމްޕޯޓު ޑިއުޓީ އަށް އަދި ކަސްޓަމްސް ޑިއުޓީ އަށް ގެންނަން ބަދަލުތަކުގެ ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.

ސިނގިރޭޓުން ނަގާ ޑިއުޓީ އެންމެ ފަހުން ބޮޑުކުރީ 2017 ވަނަ އަހަރު އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ވައިޑީ

    1 ރުފިޔާއެއް ނޫން ސިގިރެޓުން ނަގަންވީ ކޮންމެ ސިގެރެޓަކުން 10ރ ނަންގަވާދެއްވާ ތި ސިގިރެޓާހުރެ އެނުބޯމީހުންނަށް ވާ ދެއްލުމުގެ ބަދަލުވެސް އެފަރާތްތަކުން ނަގަންފެނޭ އަދިވެސް ބޮޑުކުރަންފެނޭ.

    170
    10
  2. އިސްތިއުފާ

    ވަރިހަމަ 100 ނެގިޔަސް ބޯނަމު. ފައިސާ ނަގައިގެން ރައްޔިތުންނަށް ކަލޭމެން އެއްވެސް ކަމެއް ކޮށް ނުދޭ. ކަލޭމެންގެ ޖީބު ފުރަން ރައްޔިތުން އެަތުން ފައިސާ ނެގުން ހުއްޓާލާ! ތީ ވައްކަން. ރައްޔިތުން ފެލަނީ ރައްޔިތުން ހަނާ ވަނީ. އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

    21
    51
  3. ޞަހަނަަ

    ލާރިއެއްނެގޭނެ ގޮތެއް އޮތިއްޔާ ނަގާ. ވެރިކަމަށް އަންނަ ކޮންމެބަޔަކު ބަނޑުއަޅާނެ ލާރިގަނޑެއް ހޯދޭތޯ ބަލާ. ޜައްޔިތުންނަށް އެއްކަމެއް ނުކޮށްދެވުނަސް

  4. ާައަހުމަދު

    މީ ކޮންތާކުން ހޯދި މިނިސްތަރެއްތޯ

  5. ޢަލިއާ

    ގައުމުގެ ބަޖެޓް އެއްކޮށް ސިގެރޭޓް ބޮ މީހުންގެ އަތުން ނަގާއިރު، ކޮބާ ހަމަހަމަކަން މަސްތުވާއެއްޗެހި ވިއްކާމީހުންނައި، ރަލާ އޫރުމަސް ވިއްކާ މިހުންނާއި، ފާޑު ފަޑުގެ މަސާޖު ޕާލާ ހިންގާމިހުންނާއި، މިއުޒިކު ކުޅޭ މީހުން އަތުން ހަމަ އެކައްޗެއްވެސް ނުނަގަނީތޯއެވެ. ޢަތުގަ މަދު ފާސާ ފޮތި އޮންނަމީހާވެސް ސިގެރެޓް ގަންނަަނީ ކޮއްމެވެސް ކަމެއް ވިމަ އެއްނޫން ތޯއެވެ. ސިގެރޭޓުން ފައިދާ ނެގުމަށްވުރެން، އެކަން އެއްކޮށް މަނާ ކުރަންވީ ނޫންބާ،