ވައިގެމަގުން ދަތުރުކުރުމުގައި ބްޒްނަސް ކުލާހުން ދަތުރު ކުރާ މީހުންގެ އަތުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް) ގެ ގޮތުގައި 60 ޑޮލަރު އަދި ފަސްޓް ކުލާހުން ދަތުރު ކުރާ މީހުންގެ އަތުން އޭޑީއެފްގެ ގޮތުގައި 90 ޑޮލަރު ނެގުމަށް ބަޖެޓުގައި ހިމަނައިފިއެވެ.

އޭޑީއެފް ބޮޑުކުރުމަށް ހުށަހަޅާފައި ވަނީ ސަރުކާރުން އަންނަ އަހަރަށް ފާސްކުރުމަށް ހަމަޖެހިފައިވާ ބަޖެޓުގައެވެ. ބަޖެޓުގައި ހިމަނައިފައި ވަނީ ބިޒްނަސް ކުލާހުން ދަތުރު ކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 60 ޑޮލަރު ނެގުމަށާއި ފަސްޓް ކުލާހުގައި ދަތުރުކުރާ މީހުންގެ އަތުން 90 ޑޮލަރު ނެގުމަށެވެ.

މިހާރު ނަގަމުން ދަނީ ބިޒްނަސް ކުލާހުގައި ދަތުރުކުރާ ދިވެހިންގެ އަތުން 12 ޑޮލަރު އަދި ބިދޭސީންގެ އަތުން 25 ޑޮލަރެވެ.

ބަޖެޓުގައި އޭޑީއެފް ފީ ބޮޑު ކުރުމަށް ހުށަހަޅާފައި ވަނީ އަންނަ އަހަރަށް 159.6 މިލިއަން ރުފިޔާ އިތުރަށް ލިބޭނެ ކަމަށް ލަފާކޮށްފައެވެ. އެއީ މިއަހަރު އޭޑީއެފް ގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރި އަދަށްވުރެ 24 ގުނަ އިތުރު އަދަދެކެވެ.

ބަޖެޓުގައި ވާގޮތުން އެފީ ބޮޑުކުރުމަށް ނިންމާފައިވަނީ އެއާޕޯޓު ތަރައްގީ ކުރުމަށް ނަގާފައިވާ ލޯނު އަނބުރައި ދެއްކުމަށް ފައިސާ ހޯދުމަށްޓަކައެވެ. އެހެން ނަަމަވެސް ފޯރުންތެރިކަން އިތުރު ފަރާތްތަކުގެ އަތުން އިތުރަށް އޭޑީއެފްގެ ގޮތުގައި ފައިސާ ޗާޖު ކުރާނެ ކަމަށް ބަޖެޓުގައި ވެއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައި ވަނީ 37.5 ބިލިއަން ރުފިޔާ އެވެ. އަދި ޚަރަދުގެ ގޮތުގައި 35.6 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު، ދަރަނިތައް އަދާކުރުމަށް 1.9 ބިލިއަން ރުފިޔާ ހުށަހަޅާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ސަޓޯ

    ޕިސްޕިސް ޕިސް ހެޔޮވެސް ނުވާނެދޯ ؟؟ ދެން ތިއަގުނަގާފަ ފުރާ ކޮންމެ މީހަކަށް އެއާޕޯރޓުން ގޯއްޗެއް ދޭން ޖެހޭނ

    53
    1
  2. ތުނިޔަ

    ޢޯގާތެރި ސަރުކާރުން ރައްޔިތުން ފެލަނީ!

    74
    2
  3. ގޮރުނުދޯރު

    އަނެއްކާ ކުޅިގަނޑު ފެށެނީ! ދިޔަ ފެލާފަ ދިޔަ ބޯންދޭން އުޅެނި ކޮންމެފަހަރަކު އެކަމަކު އެކަމަކު އަނެކާ ވެރިކަމުގަ ހުންނަ އިރު އިތުރަށް އެއްމެ ލާރިއެއް ނެގިޔަސް އެވާހަކަ ގޮވާނެ ބޮޑުކޮށް ކޮށްގެން!

    59
  4. ެއެޑްވަޑް ބާމުންޑޭ.

    ކަމެއްކޮށްގެން ލާރިއެއް އެއްޗެއް ހޯދަން އެނގޭ ބައެއްނޫނޭތީ. ދެން ރައްޔިތުން ފެލަފެލާތިބޭ. އޯގާތެރި ސަރުކާރު.

    57
  5. ހިޖާމާ

    ލުބްނާނުގައި މިހާރު އެހިނގާ ކަންކަމާ މިކަމާ ވައްތަރުވާ ވަރު ހަމަ ނޭނގެނީތަ؟؟؟؟؟/

    36
  6. ދަތުރު

    12ޑޮލަރު ނަގަމުން އައީ އެޢާޕޯޓް ޓެކްސ ގޮތުގަ ..އިކޮނޮމީ ކްލާސް ގަ ދަތުރު ކުރާ މީހާ އަތުން ވެސް މިހާރުވެސް ނަގާ....ދަތުރުކުރާ ކުލާހަކުން ނެގީކި ނޫން.

    15
    4
  7. ސުޢޫދު

    މީހުންދިރިއުޅޭ ކޮއްމެގެއްގެ އެނދުން ވެސް ނަގަންވީ އޭރުން ތިލަފާކުރެވޭ އެއްޗައްވުރެ ރަގަޅު އެއްޗެއްލިބޭނެ އައްނައަހަރު ބޮޑުބަޖެޓެއް ފާސްކުރިއަސް ނެއްދިޔައެއް ފެލައެއްނުލެވޭނެ ފަސައަހަރުވިޔަސް.

    32
    1
  8. ހައިރޯ

    މިސަރުކާރު ގެނެވުނު މޮޔަ ހީވާތާ ދުވަސްގަނޑެއް ވެއްޖެއެވެ. އަދި މިއަދު އެކަން ކަށަވަރުވެސް ވެއްޖެއެވެ.

    42
    1
  9. ފަޒުނާ

    މިހާރު މިސަރުކާރު ވައްޓާލުން ހަލާލުވާނެ. ހާދަ ދުއްތުރާއަކާ ނުހޮރުއްޕާންބޮޑޭ

    38
    4
  10. ބިޖޫ

    ކަލޯގަޔާ ރޯމާދުވާލު ހަމަ އަތުކުރިއޮޅާލާފަ ތިބެގެން މިސަރުކާރުން ރައްޔިތުމީހާ ފޭރެނީ އިބުލަކަސް ކިނބުލަކަސް ތީދެން ބޮޑުވަރުދޯ އަވަސް ގޮތަކައް އިސްތިއުފާ ދީފަ ގެޔައް ކަނޑާލަބަ

    34
  11. Anonymous

    މީގެނާންއަކީ ބިޒްނަސް ކުލަހުން މީހުން ދަތުރުކުރަން ސަރުކާރުނ ބެނުން ނުވނީއޭތޯ؟ ދިސްކަރޭޖުކުރުމަށް އެޅި ފިޔަވަޅެއްތޯ؟

    17
  12. އެލް ބޯޑު ސަރުކާރު

    މި މީހުން ވެރިކަން ލިބުނީ ތަފާތު ނަންނަމުގަ ފީ ތައްނަގާނެ... ޖީ.އެމް.އާރު އަންނަނީބާ؟ ކަންނުވެގެން ނުތެޅި ނުވަންޏާ ބުނެބަލަ

    30
  13. ޙަބީބު

    ސިނގިރޭޓު ފޮ އްޓެ އް 300 ރުފިޔާ އައ އް ހަދާބަލަ އަދި ބިދޭސީ ލޭބަރުން އަހަރީ ފީގެގޮތުގަ 5000 ދަ އްކަންޖެހޭގޮތް ހަދާބަލަ މަހުފީ 500 ކޮންމެހެންޓިކެޓު އަގުބޮޑު ނުކޮ އް

    16
    3
  14. ހާމަ

    އޯގާތެރި ސަރުކާރުގެ އޯގާތެރިކަން ހަބޭސް. ސާބަސް ތިޔަ ދައްކަމުންދާ އޯގާތެރިކަމަށާ ވެދެއްވާ އެހީތެރިކަމަށް.

    28
  15. ބުރޯ

    މިއަހަރު މަޖިލީހަސް ހުށަހެޅި ބަޖެޓް ގެ ސަބަބުން މުދަލާ ހިދުމަތުގެ އަގު އިންތިހާ އަށް ބޮޑުވެގެންދާނެ

    15
    1
  16. ދޯކާ

    ތިއަށް ވުރެ މާރަނގަޅުވާނެ ހަމައެކަނި ފަތުރުވެރިންނާއި ބިދޭސީ މަސައްކަތްތެރިންގެ އަތުން ތިއަގުތައް ނެގިއްޔާ. ދިވެހިންގެ ބިމޭ މިކިޔަނީ ކީއްވެ؟ ދިވެހިންގެ އަތުން ކޮންމެހެން ނަގާކަށް ނުޖެހޭނެ. އެއާޕޯޓް ތަރައްގީޔޭ ކިޔާފަ އެމްޑީޕީގެ ސަރުކާރުތަކުގެ ތެރެއިން އެއްވެސް ސަރުކާރަކުން ކަންތައް ކުރާތަނެއް ނުފެނޭ! ސަރުކާރުން ދިވެހިން ފެލައި އެއްޗެހި އަގުބޮޑުކުރުމުގެ ބަދަލުގައި މާލޭގައި އުޅޭ ބަންގާޅީންގެ އަތުން ޓެކްސް ނަގަންވީ. އޭރުން ބިދޭސީންގެ މައްސަލަވެސް ހައްލުވާނެ.

    8
    1
  17. ބޯކިބާ

    ދެން އެއާޕޯޓަށް ފުރަންގޮސް އެތާތިބޭމީހުނަށް ފޯރުންތެރިކަން ދައްކަންތަ ޖެހެނީ. ފަތިހު ފުލައިޓެއްގަ ފުރަންނުޖެހިއްޖިއްޔާ ކިތަންމެހާވެސް ރަނގަޅު.

  18. އެލެކްސް

    މިގައުމުގެ ރައްޔަތުން ބޮޑު އަގުލަބިއްޔަތުން ވެރިކަމާއި މަޖިލިސް ދިނީ ތިކަންތައްތައް ކުރަން.

  19. ކެޕިޓަލިޒަމް

    ކެޕިޓަލިޒަމް ހައްދުފަހަނައެޅީ

  20. އިއްބެ

    ރައްޔިތުން ފެލާލަނީއެވެ.ދިވެހިންނާއި ބޭރުމީހުންވެސް އެއްވަރުކޮށް ފުރާމީހުންގެ އަތުން 60 ޑޮލަރ ނެގުމަކީ ދިވެހިރައްޔިތުން ފެލާލުމެވެ.ފޭރިގަތުމެވެ.ލާދީނީ ޝައިޠާނުންގެ ޙީލަތްތެރިރޭވުމެވެ.
    ރައްޔިތު މީހާގެ މަތިން ހަނދާންނެތިއްޖެއެވެ.ސަރުކާރުގެ ހުރިހާބާރެއް އެއްބާރަކަށް ހަދައިފިއެވެ.މިއީ އެމްޑީޕީގެ ޑިމޮކްރަސީއެވެ.