ގއ ގެމަނަފުށީގައި ހިންގަމުންދާ ހުރިހާ ފިހާރަތަކަށް ދިވެހި ކޭޝިއަރުން ހަމަޖައްސާ މުޅި ރާއްޖެއަށް ނަމޫނާ ދައްކައިފިއެވެ.

އެރަށުގައި މިހާރުވެސް 18 ފިހާރަ ހިންގަމުން ދެއެވެ. އެ ފިހާރަތަކުގައި ކޭޝިއަރުންގެ ގޮތުގައި މިހާރު ތިބޭނީ ހުސް ދިވެހިންނެވެ. ރާއްޖޭގައި ހިންގާ ފިހާރަތަކާއި ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަނުގެ ކައުންޓަރުތަކުގައި ދިވެހިން ބޭތިއްބުމަށް ބާރު އެޅުމުގެ ގޮތުން މީގެ ކުރިން އިކޮނޮމިކް މިނިސްޓްރީން ޕްރޮގްރާމެއްވެސް ކުރިއަށް ގެންދިޔައެވެ.

އަދި ކޭޝިއަރުންގެ ގޮތުގައި ބިދޭސީން މަސައްކަތް ކުރުމަކީ މަނާ ކަމެއްގެ ގޮތުގައިވެސް ހަމަޖެއްސިއެވެ. ނަމަވެސް އެއަށް މާބޮޑު ތަރުހީބެއް ލިބިފައެއް ނުވެއެވެ. އެހެންވެ އަނެއްކާވެސް ބިދޭސީން ކޭށިއަރުން ލައިގެން ވިޔަފާރިތައް ހިންގަމުން ދިޔައީއެެވެ.

ނަމަވެސް އެކަން ބަދަލު ކުރުމުގެ މަސައްކަތް ފަށާފައި ވަނީ ގއ. ގެމަނަފުށިންނެވެ. އެރަށުގައި ހިންގާ ހުރިހާ ފިހާރައެއްގައި ކޭޝިއަރުންނަށް މިހާރު ތިބޭނީ ދިވެހިންނެވެ. އަދި އެރަށުގައި ހިންގާ ކެފޭތަކުގައިވެސް ދިވެހި ކޭޝިއަރުން ބޭތިއްބުމަށް މަސައްކަތްތައް ދަނީ ކުރަމުންނެވެ.

"ވަގުތު"އަށް މައުލޫމާތުދެމުން އެރަށު ކައުންސިލް ރައީސް އަބްދުﷲ ޝިޔާން ވިދާޅުވީ، ވަރަށް ކުރިން ފެށިގެން އެރަށުގެ އެކި ފިހާރަތަކުގައި ކޭޝިއަރުންގެ ގޮތުގައި ބިދޭސީން ހަރަކާތެރިވަމުންދާ ކަމަށާއި، އެކަން ހުއްޓުވުމަށް ފެށި މި ޕްރޮގްރާމަކީ މީގެ 15 ވަރަކަށް ދުވަހުގެ މަސައްކަތް ކަމަށެވެ.

"އަނެއްކާ އަޅުގަަނޑުމެންނަށް އެބަ ފާހަގަކުރެވޭ ބައެއް ފިހާރަތަކަކީ ބިދޭސީން އޮޕަރޭޓް ކުރާފިހާރަތައްކަން. އެ މީހުންގެ ފިހާރަތަކެއް ގޮތަށް އެ މީހުން އެތާގައި ތިބެގެން، އެ މީހުން ހިންގާ ވިޔަފާރިއެއް ގޮތަށް ހިންގާތަން. ދިވެހި މީހެއްގެ ނަންމަތީގައިތާ އޮންނާނީ ދެއްތޯ". ޝިޔާން ވިދާޅުވިއެވެ.

ޝިޔާން ވިދާޅުވީ، އެގޮތަށް ހުރި ފިހާރަތައްވެސް ރަނގަޅުކޮށް، އެ ތަންތަނަށްވެސް ދިވެހި ކޭޝިއަރުން ލާފައިވާ ކަމަށެވެ.

އަދި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ އެރަށު ވިޔަފާރިވެރިންނާއި، ވާހަކަދައްކައިގެން އެ މީހުންނަށް މުއްދަތެއް ދީގެން ކަމަށް ޝިޔާން ވިދާޅުވިއެވެ.

"މިއީ ރަށުގެ ޒުވާނުންނަށް ފަހިވެގެން ދިޔަ ފުރުސަތުތަކެއް، އަޅުގަަނޑުމެންނަށް މިހާރު އެބަ ފެނޭ ކުރިން ބިދޭސީ ކޭޝިއަރުން ތިބި ފިހާރަތަކުގައި ދިވެހި ޒުވާނުން ތިބިތަން". ޝިޔާން ވިދާޅުވިއެވެ.

މިއީ ރަށްރަށުގައި އާއްމުކޮށް ނުކުރާ ކަމެއްކަން ފާހަގަކުރަމުން ޝިޔާން ވިދާޅުވީ، މި މަސް ތެރޭގައި އެރަށުގައި ހިންގާ ކެފޭތަކުގައިވެސް ދިވެހި ކޭޝިއަރުން ލުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ.

"އެއިރަށް މުޅި ރަށް އެއްކޮށް ހުރިހާ ވިޔަފާރިތަކެއް އޮންނާނީ އެއްކޮށް ރަނގަޅުވެފައި". ޝިޔާން ވިދާޅުވިއެވެ.

ޝިޔާން ފާހަގަކުރެއްވިގޮތުގައި،މި މަސައްކަތް ކުރިއަށްގެންގޮސްފައި ވަނީ، އިކޮނޮމިކް މިނިސްޓްރީ އާއި ވާހަކަދައްކައިގެން މިނިސްޓްރީގެ ލަފަޔާއި އެކުގައިއެވެ.

ގެމަނަފުށިން މުޅި ރާއްޖެއަށް މިވަނީ ނަމޫނާ ދައްކާފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ރާއިން

    ސަޅި

    19
  2. ހުސޭނުބޭ

    ގެމަނަފުށީ ވިޔަފާރިވެރިންނަށް ސާބަސްދެން! ވަރަށް ރަގަޅު ތި ގޮތް!

    17
  3. މުހައްމަދު

    ތިއީ އާކަމެއްނޫން.މިރަށުގައިވެސް.

  4. ޢަލީ

    ގެމަނަފުށީގެ ބިދޭސީން ހިންގާ ދެފިހާރައެއްފިއެވައި ރަށުގެ އެއްވެސް ފިހާރައެއްގައި ދުވަހެއްގައިވެސް ބިދޭސީ ކޭޝިއަރ އަކު މަސައްކަތެއްނުކުރޭ ، ރަށުގެ ހިންގާ ހޮޓާކެފޭތަކުގެ ކޭޝިއަރުންފެށިގެން ހުރިހާ މަސައްކަތެއްކުރަނީ ބިދޭސީން ، އަދިވެސް އެކަން ބަދަލުނުވޭ ،

    6
    2
  5. ރަށުގެ

    ތުލުސްދޫގަވެސް ހިންގަމުންދާ ހުރިހާ ފިހާރަތަކަށް ދިވެހި ކޭޝިއަރުން ކުރިންވެސް މިހާރުވެސްތިބޭނީ!

    3
    1
  6. ޟ

    ކުޅުދުއްފުށީގަވެސް?

    1
    1
  7. އޯކޭ

    ރ.މީދޫގައިވެސް

  8. ޚ

    ނޮޅިވަރަމްގަވެސް

  9. އަހްމަދްފުޅު

    ތިކަމުގައި ގެމަނަފުށި ތިޔައީހަމަސުމެއް. އަހަރެމެން ރަށުގައި އެއްވެސް ފިހާރައެއްގާ ސޭޓަކަށްވެސް މަސައްކަތު މީހަކަށްވެސް ބޭރު މީހަކު ނުހުންނާނެ. އަދި ބޭރުމީހުން ބައިވެރިވެގެން ހިންގާ އެއްވެސް ފިހާރައެއް ވެސް ނުހުރޭ. ގަވާއިދެއްނެތި ބޮއްސުންލާފާއޮތް ރަށެއްގެ ކައުންސިލުން މާމޮޅުކަމެއް ކުރެވުނުކަމަށް ނޫސްތަކަށް އެރުވުމުން ބޭޒާރުވުން ނޫންކެމެއްނެތް.

    2
    1
    • ާވަހީދުބެއްޔަ

      ސުމެއް ނޫންކަން އެނގޭނެ މިރަށަށް ޒިޔާރަތް ކޮށްލަބަލަ. ދެކޮޅު ޓިކެޓާއި 2 ހަފްތާގެ ހުރުން ހިލޭ ހަމަޖައްސަދޭނީ
      މިރަށު ޒުވާނުން. ކައުންސިލް އިދާރައަށް ގުޅާލަބަލަ.

  10. މުގުރި

    ތީހަމަނަމޫނާރަށެއް. އަދި ވިސްނުންތޫނު އެހާމެހީވާގެވެސް ބަޔަކުއުޅޭރަށެއް. ސާބަސް. ތިގޮތޮތައި އަބަދަށް ތިބޭނެކަމަށްހީކުރަން. ވަރަށް ރީތިރަށެއްތީ......

  11. Anonymous

    އދ އޮމަދޫ ދުވަހަކުވެސް ބޭރުމީހުން ނުތިބޭ???