ދިރާގާއި ސްޕާކްހަބް ގުޅިގެން ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް "ސްޓާޓަޕް ވީކެންޑް 2019" 15 ނޮވެމްބަރ އިން 17 ނޮވެމްބަރ ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ދިރާގުން ބުނެފިއެވެ.

ޓެކްސްޓާސް ސްޓަރޓަޕް ވީކެންޑަކީ ޒުވާނުންނަށް ވިޔަފާރީގެ ދާއިރާގައި ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތްކުރާ ބައިނަލް އަޤަވާމީ ހަރަކާތެކެވެ. މި މޮޑެލް މިހާރު ދުނިޔޭގެ 150 ގައުމުގައި ވަރަށް ކާމިޔާބު ކަމާއެކު ވަނީ ކުރިޔަށް ގެންގޮސްފައެވެ.

54 ގަޑިއިރަށް ކުރިއަށްގެންދާ މި ހަރަކާތުގައި ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކާއި، ޑިވެލޮޕަރުންނާއި ޑިޒައިނަރުންގެ އިތުރުން އަލަށް ފަށާފައިވާ ވިޔަފާރިތަކުގެ ބޭފުޅުން ބައިވެރިވެ ވިޔަފާރީގެ ދާއިރާގައި ހުރި ވިސްނުންތައް ހަގީގަތަކަށް ގެންނާނެ ގޮތާ ބެހޭގޮތުން މަޝްވަރާކޮށް ބިޒްނަސް މޮޑެލް ތައްޔާރުކޮށް ހުށަހަޅައިދޭނެ ކަމަށް ދިރާގުން ބުނެއެވެ.

މި ހަރަކާތް ބޭއްވުމުގެ އެންމެ ބޮޑު އަމާޒަކީ ޒުވާނުންގެ މެދުގައި ސްޓަރޓްޕް ކަލްޗަރ އެއް ބިނާ ކޮށް، އެ މީހުންގެ ފުރިހަމަ ހުނަރު ދަސްކުރުމާއި، އުފެއްދުމާއި އަމަލުން ދެއްކުމުގެ މަގުފަހި ކޮށްދިނުން ކަމަށް ވެސް ދިރާގުން ބުނެއެވެ.

"ސްޓާޓަޕް ވީކެންޑަކީ ޒުވާން ވިޔަފާރިވެރިންނަށް ވިޔަފާރީގެ ދާއިރާގައި ކުރިއަރާ ދިއުމަށް ބޭނުންވާ މުހިންމު މައުލޫމާތު ތަކެއް ލިބިދޭނެ ވިޔަފާރީގެ ހުނަރު ތަރައްގީ ކޮށްދެވިގެންދާނެ ހަރަކާތެކެވެ. އެގޮތުން ބައިވެރިންނަށް ވިޔަފާރީގެ ދާއިރާގައި ނަމޫނާ ފަރާތްތަކާއި ބިޒްނަސް ކޯޗުންނާއި އަދި ދިރާގު އަދި އިންޑަސްޓްރީގެ ތަޖުރިބާކާރު މެންޓަރުންނާ ބައްދަލުކޮށް އެ ފަދަ މީހުންގެ އިރުޝާދުގެ ލިބިގެންދާނެއެވެ. އަދ ހިއްސާކުރެވޭ ހިޔާލުތަށް ވިޔަފާރީގެ އަމަލީ މައިދާނުގައި ބޭނުންކުރާނެ ގޮތްވެސް ބައިވެރިންނަށް ކިޔާ ދެވިގެންދާނެއެވެ." ދިރާގުން ބުންޏެވެ.

ދިރާގާއި ސްޕަރކްހަބް ގުޅިގެން ޒުވާނުންގެ މެދުގައި ސްޓަރޓްޕް ކަލްޗަރ ބިނާ ކުރުމަށް މުހިންމު މަސައްކަތްކެއް ކުރިއަށްގެންދެއެވެ. އެގޮތުން ރާއްޖޭގައި އަލަށް ލީން ސްޓާޓްއަޕް މެޝިން ތަޢާރަފުކޮށްފައިއެވެ. އަދި ރާއްޖޭގެ ފުރަތަމަ އިންޓަނޭޝަނަލް ހެކަތޯންކަމަށްވާ "އޭންޖަލް ހެކް" އާއި ސްޓާޓް އަޕް ގްރައިންޑުގެ އެކްސް ސީރީސް ވެސް ވަނީ ބާއްވާފަ އެވެ.

މި އިވެންޓާ ބެހޭ އިތުރު މައުލާމާތު ހޯދުމަށް ފޭސްބުކް އަދި ޓްވިޓާ އިން ވެސް ލިބޭނެއެވެ.