ރާއްޖޭގެ އެންމެ ފުރަތަމަ އަދި އެންމެ ގިނަބަޔަކު ގަންނަ އަތަރު ބްރޭންޑަކީ އޫދް އަލް ސަބާޔާ އެވެ. އެ ބްރޭންޑްގެ އަތަރާއި ޕާފިއުމް، ލޯޝަނާއި، އެއާ ފްރެޝްނާ އަކީ ރާއްޖޭގައި ބޮޑު މަގުބޫލުކަމެއް ލިބިފައިވާ އެއްޗެެއްސެވެ. މިކަމާއި ދެބަސް ވާނެ ބަޔަކުވެސް ނުވާނެއެވެ.

އޫދް އަލް ސަަބާޔާއިން އަމިއްލަ ބްރޭންޑްތަކުގެ އަތަރާއި ސެންޓުގެ އިތުރުން، ދުނިޔޭގެ މަޝްހޫރުކަން ހޯދާފައިވާ ބްރޭންޑްތަކުގެ އަތަރާއި ސެންޓް ވިއްކަމުން ދެއެވެ.

މިއަދު މިއީ އޫދް އަލް ސަބާޔާގެ ވިޔަފާރިއަށް ހަތަރު އަހަރުވީ ދުވަހެއެވެ.

އޫދް އަލް ސަބާޔާ މިއީ ކޮން ބައެއް؟

އޫދު އަލް ސަބާޔާއަަކީ "އަލް ސިންހޫތް" ގެ ނަމުގައި ހިންގަން ފެށި އޮންލައިން ވިޔަފާރިއެއްގެ ފެށުމެވެ. މި މަސައްކަތް ފަށައިގަތީ އައްޑޫ ސިޓީ ހިތަދުއަށް އުފަން ޒުވާނެއް ކަމަށްވާ ހުސެން ޝަބީން އެވެ. އޭނާ ފެށި މި ވިޔަފާރި ފުޅާވެ އެ ބްރޭންޑްގެ ތިން ފިހާރަ މިހާރު ހިންގަމުން ދެއެވެ. އެއީ މާލޭގެ މިރިޔަސް މަގުގައި ފިހާރަ އަކާއި، އައްޑޫ ސިޓީ ހިތަދޫގައި ފިހާރައެއްގެ އިތުރުން، ހުޅުމާލެ ބޮޑު މަގުގައިވެސް ފިހާރައެއް ހިންގަމުން ދެއެވެ.

ދިވެހިންގެ ތެރެއަށް އަތަރުގެ އަމިއްލަ ބްރޭންޑްތަކާއި، ދުނިޔޭގެ ވަސްމީރު ބްރޭންޑްތަކުގެ އަތަރު ވަސްތައް ގެނެސް ދިނީ އޫދް އަލް ސަބާޔާއިންނެވެ. މި ވިޔަފާރީގެ ފެށުމަކީ މަދު އަތަރާއި ފާފިއުމް އައި އަބާޔާ ނިޖާބްއާއި އެކު ފެށި ވިޔަފާރިއެއް ނަމަވެސް މާތްﷲގެ ރަހުމަތުން މިއަދު މި ވިޔަފާރި ފުޅާވެ ދިވެހިންގެ ތެރޭގައި ގުގުމާލައިފިއެވެ.

2015 ވަނަ އަހަރު ނޮވެމްބަރު ހަތް ވަނަ ދުވަހު އޮންލައިން ޕޭޖަކުން ވިޔަފާރި ފަށައިގަތީ މަދު އެތިކޮޅަކުން ނަމަވެސް، 2016 ވަނަ އަހަރު އޫދް އަލް ސަބާޔާ ބްރޭންޑާއެކު، އެ ބްރޭންޑް އެތައް ވައްތަރެއްގެ އަތަރަކާއި، ޕާފިއުމްއެއް، ލޯޝަނާއި، އެެއާ ފްރެޝްނަރ ދިވެހިންގެ މެދުގައި މަގުބޫލުވެއްޖެއެވެ. މީގެ އިތުރުން އަބާޔާ އާއި ނިގާބް އެ ބްރޭންޑްގެ ފިހާތަކުގައި އެބަހުއްޓެވެ.

އޫދް އަލް ސަބާޔާއިން ވިއްކާ އަތަރު

އަދި މީގެ އިތުރުން ދާދި ފަހުން އެ ގްލާންޒް ބައި އޯއޭއެސްގެ ނަމުގައި އެ ބްރޭންޑުން ހުޅުވި ހުޅުމާލެ ފިހާރައިން، އިތުރު އެކި ވައްތަރުގެ ކޮސްމެޓިކްސް އެއްޗެސް ލިބެން ހުންނާނެއެވެ.

ޔޫއޭއީން ދިމާވި އަތަރު ހަދާ މީހެއްގެ އެހީގައި، އަތަރު ހަދަން ދަސްކޮށް، ދިވެހިންނާއި ހަމައަށް މީރުވަސް ދުވާ އަމިއްލަ ވައްތަރުތަކުގެ އެކި އަތަރުތަކާއި ސެންޓްތައް ގެނެސް ދިނީ ސަބީންނެވެ. އޭނާގެ ވިސްނުމެވެ.

އޫދް އަލް ސަބާޔާ އިން ވިއްކާ އަތަރާއި ލޯޝަން

ޝަބީންގެ ވިސްނުމުގެ ދަށުން މިހާރު އޫދް އަލް ސަބާޔާ ބްރޭންޑްގެ 12 ވައްތަރުގެ އަތަރާއި، 16 ވައްތަރުގެ ޕާފިއުމް އާއި ހަ ވައްތަރެއްގެ ލޯޝަންގެ އިތުރުން، ދެ ވައްތަރެއްގެ އެއާ ފްރެޝްނާ ވިއްކަމުން ދެއެވެ.

އޫދު އަލް ސަބާޔާއިން ތައާރަފް ކުރި އަތަރު ލޯޝަން

މީގެ އިތުރުން، ދުނިޔޭގެ މަޝްހޫރު ހަ ބްރޭންޑެއްެ އަތަރު އޫދް އަލް ސަބާޔާގެ ފިހާރަކުން ވިއްކަމުން ދެއެވެ.

އޫދް އަލް ސަބާޔާގެ އަމިއްލަ އެއަރ ފްރެޝްނާ

އޫދް އަލް ސަބާޔާއަށް ހަތަރު އަހަރު ފުރުމުން ކަސްޓަމަރުންނަށް ހަދިޔާއެއް!

ދިވެހިންގެ ތެރޭގައި މަޝްހޫރު މި އަތަރު ބްރޭންޑަށް ހަތަރު އަހަރުވުމާއި ގުޅިގެން، އެ ބްރޭންޑުގެ ފިހާރަތަކުން ކަސްޓަމަރުންނަށް ދޭނީ ހަދިޔާއެކެވެ. އެގޮތުން މާދަމާ ހަވީރު 4:30އިން ހުކުރު ދުވަހުގެ ރޭގަނޑު 11:00 އަށް އެ ބްރޭންޑްގެ އައުޓްލެޓްތަކުން ވިޔަފާރި ކުރާ ފަރާތްތަކަށް ހަދިޔާއެއް ދޭނެއެވެ.

އޫދް އަލް ސަބާޔާގެ ހުޅުމާލެ ފިހާރަ

އޫދް އަލް ސަބާޔާގެ ވިސްނުން ހުރީވެސް ދިވެހިންނަށް އަދިވެސް އަމިއްލަ ބްރޭންޑްތަކުގެ އެކި ޕްރޮޑަކްޓްތައް ނެރުމެވެ. މީގެ އިތުރުން އަމިއްލަ ވައްތަރުތަކުގެ އިތުރު އަތަރާއި، ޕާފިއުމްގެ އިތުރުން، އެއާ ފްރެޝްނަރ އާއި ލޯޝަންވެސް ތައްޔާރުކޮށް، ނެރުމުގެ ވިސްނުން އޫދް އަލް ސަބާޔާގެ އެބަ ހުއްޓެވެ.

އޫދް އަލް ސަބާޔާއާ ގުޅޭނެ ނަމްބަރަކީ 9495757 އެެވެ.