އަހަރެމެން ކުޑައިރު، އެންމެ އުވާފާ ގަޑިއަކީ ކާޓޫން ބަލާ ގަޑި އެވެ. އަދި އެމީހަކު އެންމެ ޝައުގުވެރިވާ ކާޓޫން ނުވަތަ ފިލްމެއް އަންނަ ގަޑިއަށް ގޭގެ ހުރިހާ ކޮއްކޮމެން، ދައްތަމެން އަދި ބޭބެމެންނާއެކު ޓީވީ ބަލަން އެގަޑިއަކަށް އިންތިޒާރު ކުރެއެވެ.

ދިވެހިންގެ ތެރޭގައި އެގޮތަށް އެންމެ މަގުބޫލުކަން ލިބިފައިވާ ޗެނަލް ތަކުގެ ތެރޭގައި ޑިޒްނީގެ ޗެނަލް ތަކާއި ޑީޒްނީގެ ކާޓޫން އަދި ފިލްމުތައް ވަރަށް މަޝްހޫރެވެ. ޑިޒްނީގެ ފިލްމުތަކުގެ ހުންނަ ޝައުގުވެރި ވާހަކަތައް ގެނެސްދީފައިވާ ގޮތް ދުނިޔޭގެ އެންމެންގެ ސިކުނޑީގައި ވަނީ ހަރުލާފަ އެވެ. އޭގެ އެންމެ ބޮޑުހެއްކަކީ ޑިޒްނީގެ ޗެނަލް ތަކުގެ ފޭނުން މުޅި ދުނިޔޭގައި އިތުރުވެފައިވާ މިންވަރެވެ.

ޑިޒްނީން ގެނެސްދީފައިވާ ގިނަ ފިލްމު، ކާޓޫން އަދި ޝޯވތައް ދިވެހިންގެ ތެރޭގައި މަޝްހޫރެވެ. ކުޑައިރުން ފެނިގެން ޑިޒްނީގެ ކެރެކްޓާ ތަކާއި ފިލްމުތައް ހަނދާނުގައި ވަނީ ހަރުލާފަ އެވެ. ކުޑައިރު އުފަންދުވަހުގެ ޕާޓީގެ ތީމްތަކުން ސްކޫލްގެ ކޮންސެޓުން ފެށިގެން ޑިޒްނީގެ ކެރެކްޓާތައް ފެނުމަކީ މިކަމުގެ ހެއްކެކެވެ.

ޑިޒްނީގެ މަޝްހޫރު ކާޓޫންތަކުގެ ތެރޭގައި ހިމެނޭ ފްރޯޒަން، ލައަން ކިންގް، މިކީ މައުސް، ސްޕައިޑާ މޭން، ހަނާ މޮންޓާނާ ފަދަ ފިލްމުތަކަކީ މިހާރު ސިނަމާގައި އެޅުވިޔަސް ދިވެހިންގެ ތެރޭގައި ހައުސް ފުލްވާނެ ޝޯތަކެއް ކަން ޔަގީނެވެ. އަދި ޓީވީ ޗެނަލުން ކޮންމެ ދުވަހަކު ދެއްކިޔަސް އެބަލަން ފޫހިކަމެއް ނެތި ތިބެވޭނެ ޝޯވތަކެވެ.

ޑިޒްނީގެ އެންމެ ހާއްސަ ކަމަކީ މި ފިލްމްތައް އެމީހުންގެ އުފެއްދުންތައް ހުރިހާ އުމުރެއްގެ މީހުންވެސް ޝައުގުވެރިކަމާއި ފޫހިކަމެއް ނެތި ބަލާލެވޭ ކަމެވެ. ކުޑަކުދިންނަށް ބަލާލެވޭ ހުރިހާ ޗެނަލްތަކުގެ ތެރެއިން ވެސް ޑިޒްނީގެ ޗެނަލްތަކަށް ދިވެހިންގެ މެދުގައިވެސް ޑިމާންޑް މިހާ އިތުރުވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ މިއެވެ.

ޑިޒްނީގެ އަމާޒަކީ އެމީހުންގެ ކޮންޓެންޓް އާއިލާގެ ކޮންމެ މެމްބަރަކުވެސް ހިތްހަމަޖެހުމާއި އެކު ބަލާލެވޭނެ އެއްޗެއްގެ ގޮތުގައި ގެނެސްދިނުމެވެ.

ރާއްޖޭގައި ޑިޒްނީ ގެ ހުރިހާ ޗެނަލްތަކެއް މިހާރު ބަލާލެވެއެވެ. އެއީ ހަމައެކަނި ދިރާގު ޓީވީ މެދުވެރިކޮށެވެ. އެގޮތުން ދިރާގު ޓީވީން ޑިސްނީ ޗެނަލް އާއި މާވެލް އެޗްކިއު އާއި ޑިސްނީ ޖޫއާރް އާއި ޑިސްނީ އިންޓަނޭޝަނަލް އެޗްޑީ ލިބެއެވެ. އެހެން ކަމުން ދިރާގު ޓީވީން ގެނެސްދޭ ޑިސްނީ ޗެނަލްތައް މުޅި އާއިލާއާއި އެކު އެއްވެސް ފޫހިކަމެއް ނެތި ގިނަ ބަޔަކު ބަލަމުން އަންނަކަމީ މި ޗެނަލްއަށް ލިބެމުންދާ ތަރުހީބުގެ ހެއްކެކެވެ.

ކުޑަކުދިންގެ މެދުގައި މި ޗެނަލްގެ މަގުބޫލުކަމާއި އެކު ކޮންމެ ކުޑަކުއްޖަކު ވެސް ޗުއްޓީ ހޭދަކޮށްލަން ދާން އެންމެ ޑްރީމް ކުރާނީ ޑިސްނީ ލޭންޑް އަށެވެ. ޑިސްނީ ލޭންޑަށް އެ ކުދިން އާއިލާ އާއި އެކު ގެންދިއުމަށް ދިރާގުން މިހާރު ވަނީ ރަނުގެ ފުރުސަތެއް ހުޅުވާލާފަ އެވެ.
ދިރާގު ޓީވީގެ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ގެ ދަށުން ޑިޒްނީ ކެރެކްޓާސްތަކާ އާ އެކީގައި، އެތަން ތަޖުރިބާކޮށްލުމުގެ ފުރުސަތު މިހާރު މިއޮތީ ފަހިވެފަ އެވެ.

މި ޕޮރޮމޯޝަނުގައި ދިރާގު ޓީވީ މިހާރު ގެންގުޅުއްވާ ކަސްޓަމަރުންގެ އިތުރުން އަލަށް ދިރާގު ޓީވީ ކަނެކްޝަން ނަންގަވާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި ފަރާތަކަށް ހުރިހާ ހަރަދަކާ އެކު 5 ދުވަހަށް ޝެންހާއި ގައި ހުންނަ ޑިޒްނީ ލޭންޑަށް އާއިލާއާ އެއްކޮށް ދިޔުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއީ ރަނުގެ ފުރުސަތެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދުނިޔެ "ވަގުތީ"

    ހެއްވާލީ ކުޑަ ހިނދުކޮޅަކަށެވެ. އަބަދަށް ދެމި އޮންނަ ހަޔާތަށްޓަކައި ނިކަން ހެއްވާލަދީ އުފާކޮށްދީ ބަލާށެވެ.