ޑިނަޔަލް އޮފް ސާވިސް އެޓޭކް (ޑީޑޮސް) އެޓޭކެއް ދިމާވުމުގެ ސަބަބުން ބީއެމްއެލްގެ ހިދުމަތްތަކަށް ބުރޫ އަރައިފިއެވެ.

ބީއެމްއެލް އިން ބުނީ، އެފަރާތުން ދޭ ގިނަ ހިދުމަތްތަކަށް ދިމާވި ޑީޑޮސް އެޓޭކެއްގެ ސަބަބުން ރައްޔިތުންނަށް ދަތިތަކާއި ކުރިމަތިވެދާނެ ކަމަށެވެ. ބީއެމްއެލްއިން ބުނީ، ބީއެމްއެލްގެ ވެބްސައިޓާއި ޑޮލަރު ޕޯޓަލް އާއި މޯބައިލް ބޭންކިން އާއި އިންޓަނެޓް ބޭންކިންގެ ހިދުމަތަތް ބުރުއަރާފައިވާ ކަމަށެވެ.

ބީއެމްއެލްއިން ވަނީ މި ހިދުމަތްތައް ލިބުމުގައި ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް މާފަށް އެދޭކަމަށެވެ. މިދިޔަ ހުކުރު ދުވަހުގެ ރޭ ވެސް ބީއެމްއެލްގެ ބައެއް ހިދުމަތްތަކަށް ވަނި ބުރޫ އަރައިފައެވެ.

ބީއެމްއެލްއިން އަންނަނީ މިހާރު މި މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ޑީޑޮސް އަކީ ގިނަ އަދަދެއްގެ ޑިވައިސްތައް ބޭނުންކޮށްގެން ނެޓްވޯކް ފްލަޑް ކުރުމަށް ދޭ އެޓޭކެކެވެ. މިފަދަ އެޓެކެއްގެ ސަބަބުން ހިދުމަތް ހޯދާ ފަރާތްތަކާއި ދޭ ފަރާތްތަކަށް ދަތިތައް ދިމާވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު