މިދިޔަ އަހަރެކޭވެސް އެއްގޮތަށް، އަހަރުގެ ފަހުކޮޅަށް އަމާޒުކުރެވިގެން ރެޑްވޭވް އަހަރީ ބާޒާރުގެ ނަމުގައި ފެށި ހާއްސަ ޕްރޮމޯޝަނަށް ކަސްޓަމަރުންގެ ބޮޑު ތަރުޚީބެއް ލިބިގެންދާކަމުގައި ރެޑްވޭވުން ބުނެފިއެެވެ.

ރެޑްވޭވުން ބުނީ އެ ކުންފުނީގެ ފިހާރަތަކުގައި ކުރިއަށް ގެންދާ އަހަރީ ބާޒާރަށް ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނާތީ އަހަރީ ބާޒާރުގެ ފަހު ދެމަހު، ކަސްޓަމަރުން އިތުރު އިނާމްތަކެއް ހޯދުމުގެ ފުރުސަތު ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން މި އޮފަރ 10 ނޮވެމްބަރ 2019 އިން ފެށިގެން 15 ޖެނުއަރީ 2020ގެ ނިޔަލަށް ކުރިއަށް ދާނެއެވެ.

ރެޑްވޭވުން ބުނީ، އަންނަ އާދިއްތަ ދުވަހު މި ހާއްސަ އޮފަރގެ ތެރެއިން ކޮންމެ ހަފްތާއަކު، 200 ރުފިޔާ އިން މަތީގެ ކޮންމެ ބިލެއް ހައްދަވާ ކަސްޓަމަރަކަށް ނަސީބު އަގުވަޒަންކުރުމުގެ ފުރުސަތު ލިބޭނެއެވެ. އަދި ރެޑްވޭވްގެ "ހަފްތާސޭލް" ކުރިއަށްދިޔަ ފަދައިން، ކޮންމެ ހަފްތާއަކު ފައިސާގެ އިނާމް ހައްޤުވާ ތިންފަރާތެއް ހޮވާނެ އެވެ.

އެގޮތުން އެއް ވަނަ އަށް 5،000 ރުފިޔާ ދެ ވަނަ އަށް 3،000 ރުފިޔާ އަދި ތިން ވަނަ އަށް 2،000 ރުފިޔާ ދިނުމަށް ރެޑްވޭވުން ވަނ ނިންމާފައެވެ.


މީގެ އިތުރުންވެސް ރެޑްވޭވް އަހަރީ ބާޒާރުގެ ތެރެއިން ރެޑްވޭވް އިން ކުރާ ކޮންމެ 500ރ ގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެެވެ. އެގޮތުން ގުރުއަތުން ހޮވޭ 5 ފަރާތަކަށް 10،000ރުފިޔާ ގުރުއަތުން ލިބިގެންދާނެއެވެ. އަދި އިތުރު 10 ފަރާތަކަށް 10 އިނާމް ރެޑްވޭވަށް އިންޕޯޓުކުރަމުންދާ ފަރުނީޗަރ އަދި ބޮޑެތި އިލެކްޓްރޯނިކް އެޕްލައިންސް އިން ލިބޭނެއެވެ.

އަދި ރެޑްވޭވްފައި ވަނީ "ކްލިއަރެންސް ސޭލް" އަޅުވައި ވަރަށް ބޮޑަށް އަގު ހެޔޮކުރެވިފައެވެ.

ރެޑްވޭވުން ބުނީ، އަހަރީ ބާޒާރާއި ދިމާކަށް އެ ކުންފުނީގެ ފިހާރަތަކުގައި ގިނަ އަދަދެއްގެ ބްރޭންޑްތައް ތައާރަފްކޮށްފައިވާކަމަށެވެ. އެގޮތުން ގަލަންޒް ބްރޭންޑްގެ އެއަރކޯން، މޮލްފިކްސް ބްރޭންޑުގެ ނެޕީ އަދި ތަފާތު އެކިވައްތަރުގެ އިލެކްޓްރޯނިކްސް އަދި ފަރުނީޗަރ ރެޑްވޭވުންވަނީ ތައާރަފްކޮށްފައެވެ.

މީގެ އިތުރުންވެސް ރާއްޖޭގެ މާރކެޓުގައި ކަސްޓަމަރުންގެ އިތުބާރުލިބިފައިވާ ބްރޭންޑްތަކެއް ރާއްޖޭގެ މާރކެޓަށް، އަހަރީ ބާޒާރުގެ ތެރޭގައި ތައާރަފްކުރެވިގެންދާނެކަމުގައި ރެޑްވޭވުން މައުލޫމާތު ދެެއެވެ.