ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިނގިރޭސިވިލާތުގައިއިޝްތިހާރު ކުރުމާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރު އަލީ ވާހީދު، ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައިވާ ސަފީރު، ޑރ. ފަރަހަނާޒް ފައިސަލް އާއި މަޝްވަރާކޮށްފިއެވެ.

ޑރ. ފަރަހަނާޒް އާއި ބައްދަލުކުރައްވައި މިކަމާއި ގުޅޭގޮތުން މިނިސްޓަރ މަޝްވަރާ ކުރައްވާފައި ވަނީ މިހާރު ކުރިއަށްދާ ވޯލްޑް ޓްރެވަލް މާކެޓަށް ކުރެއްވި ދަތުރުފުޅުގައި އިނގިރޭސިވިލާތުގައި ހުންނަ ދިވެހި އެމްބަސީގައެވެ.

މިނިސްޓަރ ކުރެއްވި މި ބައްދަލުވުމުގައި ވަނީ ރާއްޖެގެ ފަތުރުވެރިިކަން އިތުރަށް އިޝްތިހާރު ކުރެވިދާނެ މަސައްކަތްތަކާބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ. އަދި ޔޫރަޕްގެ ބައެއް އެއަރލައިންތަކުން ރާއްޖެއަށް ދަތުރުތައް ފެށުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާފައިވެއެވެ.

މީގެ އިތުރުންވެސް މި ދެބޭފުޅުން ވަނީ ދިވެހިނަނަށް އިނގިރޭސިވިލާތުން އެކިއެކި ފުރުސަތުތައް ހޯދައިދިނުމާއި ބެހޭގޮތުންވެސް ވަނީ މަޝްވަރާކުރެވިފައެވެ. މިބައްދަލުވުމުގައި ފަރަހަނާޒް ވަނީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގެ ގޮތުން މިދިޔަ މަހުގެ ތެރޭގައި ވަނީ އިނގިރޭސި ނޫސްވެރިންގެ ޓީމެއްވެސް ރާއްޖެ އައިސްފައެވެ. މިބޭފުޅުން ވަނީ ރާއްޖޭގެ ގުދުރަތީ ރީތި ކަމާއި، ދިވެހިރާއްޖޭގެ ރިސޯޓުތަކުން ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއަރުވަން ކުރާ މަސައްކަތްތަކާއި، ދިވެހި ސަޤާފަތް ބޭރުގެ މީޑިއާތަކުގައި ދައްކުވައިދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. 19 ނަވާރަ

  މީ ބޮއިކަޓް ކުރަން ގޮވި މީހުންގެ ހާލު އެހެންވީމާ އެއްބަޔަކުވެސް އަނެއްބަޔަކަށް ޖެއްސުން ކުރަންވެސް މިފަދަ ކަންތަށް ނުކުރުން އެދެން

 2. މަފާޒް

  އަމައްޔާއި ތިޔައި އަލައް ކުރާކަމެއް ނޫނޭ އަމްދަކުން ސުރުހީ އަޅާކައް. މީނަ އުޅެނީ މީނަ ހުރިހާ ކަމެއް އަލައް ކުރާކަމައް ވެގަނެގެން. ބޮޑު ދެއްކުން ތެރިއެއް. 3އޭ ގެ ގޮޑި ކޮއްކޮ.

 3. އިހަވަންދޫ ރައްޔިތެއް

  ތި ބޭފުޅާއަކީ ދިވެހިނަށް ހެޔޮއެދޭ މީހެއްނޫން. އެހެންވީމަތާ ގައުމުދޫކޮއްފަ ގޮސް ހުންނާނީ. މޮޅަކަސް ގައުމަށް ބޭނުމެއްނޫން ތިޔަފަދަ މީހުންނެއް. މާރިޔާދައްތަގެ ފަހަރި ދޮގެއްތޯ

 4. ރައްޔިތުންގެ ފަރާތުން

  ބަލަ ތިޔަ ފަރަހަނާޒު ފައިސަލަކީ ސަރުކާރުތަކަށް ބަލަދުއަރައިފަ ހުރިމީހެއްތަ. ހަމަ ކޮންމެ ސަރުކާރެއް އަޔަސް މީނައަށް ކޮންމެވެސް މަގާމެއްދީފަ ލަންޑަނުގަ އެބަބަހައްޓައެ. މީދެން ކިހާ ބޮޑުވެއްޖެ ކަމެއްތަ. ދިވެހި ދައުލަތުގެ ހަރަދުގަ މުޅިއުމުރަށް ލަންޑަނުގަ ބަހައްޓަން ޖެހޭ މީހެއް ނުހުންނާނެ. ގާބިލު ކޮންމެ ދިވެހިރައްޔިތަކަށްވެސް އެފުރުސަތުދޭންވާނެ.

 5. ރިސޯޓުމީހާ

  ރަޔިޔުތުން ގެ ޓެކްސް ފައިސާއިން ހަރަދު ކޮށްގެން . މީގެން ފައިދާވާނީ ބޭރުމީހުންނަ. ސަބަބަކީ ރިސޯޓް ތަކުގެ މުސާރައިގެ 90 ޕަސެން ދަނީ ގައުމުން ބޭރަށް. ހުރިހާ މަތީ ވަޒީފާގަ ބޭރުމީހުން. ނުވިތާކަށް ދަށު ވަޒީފާ ރަކުގަ 60 ޕަސެންޓް ބޭރުމީހުން. ވީމާ ރަޔިތުމީހާގެ ޓެސް ފައިސާއިން ކުރި ހަރަދު ވެސް ރާއްޖެ އަށް ނުލިބޭ. ދިވެހިން ނާވީ ގެއްލުން މިކަމުން. ފެން އަތްޖަހާ