ރެއިންބޯއަށް 29 އަހަރު ފުރިގެން ބޭއްވި އަހަރީ ސޭލްގެ ނަސީބުވެރިން ހޮވައިފިއެވެ.

މިރޭ ރެއިންބޯ ބިލްޑްވެއާގައި ކުރިއަށްދިޔަ ހަފްލާގައި ނަސީބުވެރިންގެ ނަންތައް ނަގާފައިވަނީ ރެއިންބޯ ބިލްޑްވެއާ ޝޯރޫމްގެ މެނޭޖަރ ޖަވާދު މުހައްމަދެވެ.

މިފަހަރުގެ އަހަރީ ސޭލްގައި ގުރުއަތުން ހޮވާފައިވަނީ 3 ބޭފުޅެކެވެ. މިފަހަރުގެ ސޭލްގެ ނަސީބުވެރި 3 ފަރާތަކީ ޖައުފަރު (ކޫޕަން ނަންބަރ: 26726)، ޝާފިއު (ކޫޕަން ނަންބަރ: 26464) އަދި މުހައްމަދު ނައީމް (ކޫޕަން ނަންބަރ: 29875) އެވެ.

މިރޭ ގުރުއަތުން ހޮވާފައިވާ ނަސީބުވެރިންނަށް ރެއިންބޯއިން، އެބޭފުޅުން ކުރެއްވި ވިޔަފާރީގެ އަގު އަންނަ ހަފްތާގައި ހަވާލު ކުރެވޭނެ ކަމަށް ރެއިންބޯއިން ވަނީ ބުނެފައެވެ.

ރެއިންބޯ އެނިވާސަރީ ސޭލް 2019 އަކީ ރެއިންބޯ އެންޓަޕްރައިސަސްގެ ފަރާތުން ހިންގާ ރެއިންބޯ ލިވިންގް މޯލް، ރެއިންބޯ ބިލްޑްވެއަރ، ރެއިންބޯ ޝޮޕް، ރެއިންބޯ ތިނަދޫ، ރެއިންބޯ އޮފީސް ސިސްޓަމް އަދި ރެއިންބޯ އޮންލައިން ސްޓޯރގައި 1 އޮކްޓޯބަރުން ފެށިގެން 31 އޮކްޓޯބަރގެ ނިޔަލަށް ކުރިއަށް ގެންދިޔަ ސޭލްއެކެވެ. ރެއިންބޯގެ ފިހާރަތަކުން 500 ރުފިޔާއިން ފެށިގެން ވިޔަފާރި ކުރެއްވި ކޮންމެ ކަސްޓަމަރަކަށް ވަނީ މި ސޭލްގައި ބައިވެރިވެފައެވެ.

މިފަހަރުގެ ސޭލްގައި ތަފާތު ކަމަކަށް ފެނިގެން ދިޔައީ އޮންލައިންކޮށް ވިޔަފާރި ކުރެއްވި ފަރާތްތަކަށްވެސް ބައިވެރިވުމެވެ. މިއީ ރެއިންބޯ އިން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ސޭލް އެކެވެ.