ރަމަޟާން މަހު އޮންނަ އުމުރާ ދަތުރުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގައި ތަޖުރިބާކާރުު އެންމެ ޒުވާން ހައްޖު އުމްރާ ގްރޫޕް ޓްރެވް ހައްޖު އުމްރާ ގްރޫޕުން ހުޅުވާލައިފިއެވެ.

ޓްރެވް ހައްޖު އުމްރާ ގްރޫޕަކީ ކޮންމެ އަހަރަކުވެސް އެތައް ބަޔަކު އުމްރާގެ މަތިވެރި އަޅުކަމަށް ގެންދަމުން އަންނަ ޒުވާން ޓީމެއް ހިމެނޭ ގްރޫޕެކެވެ. އެ ޒުވާން ޓީމުން ކޮންމެ އަހަރަކުވެސް ތިން އުމްރާ ދަތުރު ބާއްވާއިރު، ރަމަޟާން މަހު އޮންނަ ކުރު އުމްރާ ދަތުރަށް މިހާރު މި ވަނީ ހުޅުވާލާފައެވެ.

އެ ޓީމުން ބުނާގޮތުގައި، މިހާރުން ފަށައިގެން ރަޖިސްޓްރީ ވުމުގެ ފުރުސަތު އޮންނާނެއެވެ. 9997782، 7787792 ،7223939 އަށް ގުޅައިގެން މިހާރުން ފެށިގެން ރެޖިސްޓަރ ވާން ވީއެވެ. ރަޖިސްޓަރ ވުމަށް ފީއެއް ނެގޭނެއެެވެ. ރެޖިސްޓްރޭޝަން ފީއެއް ދެއްކުމުން ދަތުރުގެ ހުރިހާ ކަމެއް ހަމަޖެހެއެވެ. އޭގެ ފަހުން ކޮންމެ މަހެއްގައި ވަކި ވަރެއް ދައްކާ، އުމްރާއަށް ދާން ބޭނުންވާ ދުވަހުގެ އެއްމަސް ކުރިން އެއްކޮށް ފައިސާ ދައްކާ ނިންމޭނެއެވެ.

ޓްރެވް ހައްޖު އުމްރާ ގްރޫޕުން ބުނީ، ނޮވެމްބަރު 30 ވަނަ ދުވަހުގެ ކުރިން ރެޖިސްޓަރ ވެ އެޑްވާންސްކޮށް ފައިސާ ދައްކާ ފަރާތްތަކަށް ހާއްސަ އަގުތަކެއް ލިބޭނެ ކަމަށެވެ.

އެ ގްރޫޕްގެ ހަވާލުގައި ރޯދަ މަހު އުމްރާއަށް ދާ ފަރާތްތަކުން ފުރާނީ ރޯދަ މަހުގެ ފަހު 15 ގައެވެ. ރޯދަ މަހު ފަހު 15 ގައި މައްކާގައި ތިބުމަށްފަހު އެނބުރި ރާއްޖެ އަންނާނީ ޝައްވާލު މަހުގެ ހަ ރޯދަ ވެސް ހިފުމަށް ފަހުއެވެ. އެއިރުން އެކޮޅުގައި ހޭދަވާނީ 22-24 ދުވަހެވެ.

ތަޖުރިބާކާރު ޒުވާން މި ޓީމާއެކު އުމްރާ ދަތުރު ފުރިހަމަކޮށްލަން 9997782، 7787792 ،7223939 އަށް ގުޅާލާށެވެ.