ރާއްޖޭގައި މިފަހަކުން ހިނގާދިޔަ އެންމެ ބޮޑު ހިޔާނާތުގެ މައްސަލަ ކަމަށްވާ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)މެދުވެރިކޮށް ހިނގާ ދިޔަ މުޢާމަލާތްތަކާ ގުޅޭ ގޮތުން ރާއްޖެއިން ބޭރުގެ މިނިވަން އިދާރާ އެއް މެދުވެރިކޮށް ތަހުގީގީ އޮޑިޓް އެއް ކުރިޔަށް ގެންދިއުމަށް އެ ބޭންކުން ނިންމައިފިއެވެ.

އެ ބޭންކުން މިއަދު ބުނީ، އެ މައްސަލާގައި ނުގަވައިދުުން އަދި ގާނޫނާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެކަމަށް ތަކުރާރުކޮށް މި ބޭންކުން ބުނަމުން އައި ކަމަށެވެ. އަދިި މިހާތަނަށް ކޮށްފައިވާ ތަފާތު އޮޑިޓް ތަކުންވެސް ބޭންކުގެ އިހުމާލެއް އޮތްކަމަށް ފާހަަގަކޮށްފައެެއް ނުވާކަމަށް ބީއެމްއެލް އން ބުންޏެވެ.

އަދި އެ މައްސަލައިގެ ތަހުގީގު މިހާރުވެސް ކުރިއަށްދާއިރު، ބޭންކާ އަދި ގުޅުންހުރި އެންމެހާ ފަރާތްތަކެއްގެ މަސްލަހަތަށް ބަލައި އެ ބޯޑުން އެމްއެމްޕީއާރްސީގެ މައްސަލާގައި ރާއްޖެއިން ބޭރުގެ ކޮންސަލްޓަންސީ ފަރމެއް ކަމަށްވާ ޑެލޮއިޓް ސިންގަޕޯރ އާ ގުޅިގެން ބޭންކުގެ ފޮޮރެންސިކް އޮޑިޓް އެއް ކުރުމަށް ނިންމާފައިވާކަަމަށް ބީއެމްއެލް އިން ބުންޏެވެ.

ޑެލޮއިޓް ސިންގަޕޯރ އަކީ އޮޓިޑް އަދި މާލީ ދާއިރާއިން 150 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯދާފައިވާ ކުންފުންޏެކެވެ.

ބީއެމްއެލް އިން ބުނީ، ޑެލޮއިޓް ސިންގަޕޯރ އިން އެމްއެމްޕީއާރްސީ އަދި އެސްއޯއެފް އާ ދެމުދު ހިނގާފައިވާ ހުރިހާ މުއާމަލާތްތަކާއި، ޓްރާންސެކްޝަންސް އަދި އެންޑޯރސް ކުރެވިގެން ދިޔަ ޗެކްތަކުގެެ އިތުރުން މި މުޢާމަލާތްތައް ކުރެވުނު މުއްދަތުގައި ބޭންކުގެ ރިޕޯޓިންގ އަދި ކޮންޓްރޯލް ޕްރޮސީޖަރ ބަލާނެ ކަމަށެވެ.

މީގެ އިތުރުން ބޭންކުގައި މިހާރު އަމަލު ކުރަމުންދާ ޕޮލިސީތަކާއި ޕްރޮސީޖަރތަކާ، ރިސްކް މެނޭޖް ކުރުމުގައި ގެންގުޅޭ އުސޫލުތަކާއި، ބޭންކުން އަމަލު ކުރަމުން އަންނަނީ ބައިނަލް އަގުވާމީ މިންގަޑުތަކާއި އެއްގޮަތަށްތޯ ބަަލައި މިނިވަން އޮޑިޓެއްކުރުމަށް ހަމަޖެހިފައިވާކަމަށް ބީއެމްއެލް އިން ބުންޏެވެ.

"ބޭންކުގެ މި ނިންމުމުން ދައްކުވައިދެނީ ދާދި ފަހުން އެކުލަވައިލެވިނު ބޭންކުގެ ބޯޑު އާއި އަލަށް އައްޔަން ކުރެވުނު ސީއީއޯގެ އަމާޒަކީ ބޭންކް އޮފް މޯލްޑިވްސް އަކީ އިތުބާރު ކުރެވޭ ނަޒާހަތްތެރިކަން އެންމެ ފުރިހަމަ ގޮތުގައި ދަމަހައްޓާނެ އިދާރާ އެއްކަން ޔަގީން ކޮށްދިނުމެވެ". ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ވެއެވެ.

އަދި މިއީ ބޭންކުގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށްޓަކާ ކުރާ މަސައްކަތުގެ ތެރެއިން ކުރެވިގެންދާ އޮޑިޓެއް ކަމަށާއި މީގެ ތެރޭގައި ބޭންކުގެ ރިސްކް އަދި ކޮންޕްލައަންސް ޕޮލިސީތައް ބެލުމަށް އާ ޗީފް ރިސްކް އޮފިސާ އެއްވެސް އައްޔަން ކުރެވިގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ނިކަމެތި މީހާ

  މީހޫނަށް 50،000 ދިންކަމަށް ހަދާފަ އެބަހުރި 40،000 ދީފަ.މީ ހަދާން ދައްކާ ވާހަކައެއް ނޫން ހަގީގައް.

  8
  2
  • ޢިބުރާހިމް

   ތީ ހަޔާތްކުޑަ މީހިން ދައްކާ ކަޑަ ދޮގު ވާހަކަ.

   4
   1