ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް މިއަހަރު އައި ކުރިއެރުމާއި އެކު 1.5 މިލިއަން ވަނަ ފަތުރުވެރިޔާ މިމަހުގެ ތެރޭގައި ރާއްޖެއަށް ޒިޔާރާތް ކުރާނޭކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) އިން ވިދާޅުވެއްޖެއެވެ.

1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނެއުމަށްތަކައި އެކި ގޮތްގޮތުން އެމްއެމްޕީއާރްސީއިން މަސައްކަތް ކުރައްވަމުން ގެންދާއިރު މި އަދަދަށް ފަތުރުވެރިން ގެނައުމަކި މި ސަރުކާރުގެ އަމާޒެކެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފަތުރުވެރިންގެ ލޯތައް ރާއްޖެއަށް އަމާޒު ކުރުވުމަށްޓަކައި 33 ސިޓީއެއްގައި ޖާނީ ޓޫ ދަ ސަނީ ސައިޑްގެ ނަމުގައިރޯޑް ޝޯތައް ކުރިޔަށް ގެންގޮސްފައި ވާއިރު، 23 ފެއާއެއްގައި ރާއްޖެ އިޝްތިހާރުކޮށްފައިވެއެވެ. އަދި ބައެއް ގައުމުތަކުގެ މީޑިއާގައި މަސައްކަތް ކުރާ ނޫސްވެރިންގެ ޓީމުތަކާއި މީޑިޔާގައި ނުފޫޒު ގަދަ ބޭފުޅުން ވަނީ ރާއްޖެ ގެނެސްގެންފައެވެ.

މި ރޯޑްޝޯތަކުގެ ސަބަބުންނާއި ނޫސްވެރިން ހިއްސާކޮށްފައިވާ ނޫސް މަޖައްތަކުގެ ސަބަބުން ފާއިތުވި 3 މަހު ރާއްޖެއަށް ޒިޔާރާތް ކޮށްފައިވާ ފަތުރުވެރިންގެ އަދަދު ނިސްބަތުން އިތުރުވެގެން ދިޔައެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ މިއަހަރު ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް ސަރުކާރުން ކަނޑައެޅި އަމާޒަށް މިހިނގާ ނޮވެމްބަރު މަހުގެ ފަހު ހަފްތާތެރޭ ވާސިލްވާނެ ކަމަށް ބެލެވޭ ކަމަށް ވާއިރު، މިކާމިޔާބީ ފާހަގަކުރައްވާނޭ ކަމަށެވެ.

އަދި ފ ރާއްޖެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް މިއަހަރުގެ ކުރިއަށް އޮތް ދުވަސްތަކުގައިވެސް ތަފާތު އެކި ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް އެމްއެމްޕީއާރްސީން ނިންމާފައިވާ ކަމަށްވެސް މައުލޫމާތުދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލުއުލުއު

    ނަޞީބުތާ ތިޔަ އެޔަރޕޯޓުގަނޑު އިންޑިޔާގެ އަތުން ޔާމީން ގަނެދީފަ އޮތްކަން. ދެން ނަޞީބުތާ ފަތުރުވެރިން ޒިޔާރަތްކުރުމަށް 75 ރިސޯޓް ފައްޓަވާ 25 ނިންމެވިކަން.