މާލެ އާއި ހުޅުމާލޭގައި ކުރިއަރަމުން އަންނަ އިލެކްޓްރޯނިކްސް ކުންފުނި ކަމަށްވާ ސްލްޒޯން އިން އައިފޯން 11 އަދި އައިފޯން 11 ޕްރޯ މެކްސްގެ އާ ސްޓޮކެތެއް އެތެރެކޮށް ވިއްކަން ފަށައިފިއެވެ.

ރީޓެއިލް ވިޔަފާރީގެ އިތުރުން ގިނަ ފިހާރަތަކަކަށް ހޯލްސޭލް ވެސް ކޮށްދެމުން އަންނަ ރާއްޖޭގެ މަގްބޫލުކަން ހޯދާފައިވާ އިލެކްޓްރޯނިކް އެއްޗެހި ވިއްކަމުން އަންނަ ސެލްޒޯންގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް ހަމީދު ވިދާޅުވީ، އައިފޯން 11 ސީރީސްގެ އާ ސްޓޮކެއް ގެންނަން ޖެހުނީ ޑިމާންޑް ވަރަށް ބޮޑަށް އިތުރުވުމުން ކަމަށެވެ. އަދި މިހާރު ޕްރީ އޯޑަރު ކޮށްފައި ތިބި ކަސްޓަމަރުންގެ އިތުރުން ވަގުތުން ފޯން ގަންނަން ބޭނުންވާ ކަަސްޓަމަރުންނަށް މި މޮޑެލްގެ ފޯންތައް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވިއްކާނީ ހަމައެކަނި އައިފޯނެއް ނޫން. ސެމްސަންގ، ރެޑްމީ، ނެއްފޯސް، ވަން ޕްލަސް އަދި ފޯނުތަކާއި ހުރިހާ ބްރޭންޑެއްގެ އެކްސެސަރީސް އަދި ޓީވީވެސް އެތެރެކޮށް ވިއްކަން".ހަމީދު ވިދާޅުވިއެވެ.

ސެލްޒޯން އިން ވިއްކާ އިތުރު ޕްރޮޑަކްޓްތަކާއި ގުޅޭގޮތުން މައުލޫމާތުދެމުން ހަމީދު ވިދާޅުވީ، އެ ކުންފުނިން ޕްލޭސްޓޭޝަނާއި، އެކި ވައްތަރުގެ ސްޕީކަރު އަދި ހެޑްސެޓްތަކާއި ކަރޯކޭ ސިސްޓަމްތައް ފަދަ އެއްޗެހި ވިއްކަމުން އަންނަ ކަމަށެވެ.

ސެލްޒޯން އިން އެމްއެފްއެލްސީ، އެމްއައިބީ އަދި ބީއެމްއެލްގެ ސްކީމްތައް މެދުވެރިކޮށް އެ ފިހާރައިން މުދާ ނެގޭނެއެވެ. އަދި އެ ކުންފުނީގެ ފިހާރަތަކުން މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ހިދުމަތްވެސް ދެމުންގެންދެއެވެ.

ކުންފުނީގެ ފިހާރަތަކުން އިލެކްޓްރޯނިކް ސާމާނުގެ އިތުރުން، ފޯންތަކާއި ޓެބްލެޓް މަރާމާތް ކުރުމުގެ ހިދުމަތްވެސް ދެމުން ގެންދެއެވެ. އަދި ފޯންތަކާއި ޓެބްލެޓްތަކުގެ ޑިސްޕްލޭ ބަދަލު ކުރުމާއި، ބެޓަރީ ބަދަލު ކުރުމާއި، ކެމެރާ އަދި ހޯމް ބަޓަން ބަދަލުކޮށް، މަރާމާތު ކޮށްދިނުމުގެ ހިދުމަތް ސެލްޒޯން އިން ލިބޭނެއެވެ.

ރާއްޖޭގެ އެންމެ އުހުގައި ފިޔަޖަހަމުން އަންނަ ވިޔަފާރި ކުންފުނި ސެލްޒޯންގެ އެމްޑީ ހަމީދު އިތުރަށް ވިދާޅުވީ، އެ ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ ހުރިހާ ބޭފުޅުންނަށްވެސް ބޭނުންވާ އެފޯޑް ކުރެވޭ އެކި ބްރޭންޑްތައް ގެނެސް ވިއްކުން ކަމަށެެވެ.

ސެލް ޒޯން އިން ތަފާތު ޕްރޮމޯޝަންތައްވެސް ކުރިއަށްގެންދާއިރު، މި މަހުވެސް ނެއްފޯސް ބްރޭންޑްގެ ސްމާޓްފޯނެއް 1000 ރުފިޔާއަށް ލިބޭ ޕްރޮމޯޝަނެއް ދަނީ ކުރިއަށެވެ.

ސެލްޒޯންގެ ފިހާރައެއް މާލޭގެ ޗާންދަނީ މަގުގައި އާއި ހުޅުމާލޭގެ ނިރޮޅު މަގުގައި ދަނީ ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު