ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ވާޑޭ ޖޫސް ޕެކެޓްގެ އަގު ހާއްސަ ޕްރޮމޯޝަނެއްގެ ދަށުން އެޗްއެސްސީ ޔޫރޯ އަންލިމިޓެޑުން ހެޔޮކޮށްފިއެވެ.

އެޗްއެސްސީން ބުނީ، ނޮވެމްބަރު އެއް ވަނަ ދުވަހު ފެށި މި ޕްރޮމޯޝަނަށް ގިނަ ބައެއްގެ ތަރުހީބު ލިބެމުން އަންނަ ކަމަށާއި، މި ޕްރޮމޯޝަން އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށެވެ.

ވާޑޭ ޖޫސް ޕެކެޓްގެ އަގު ހެޔޮވެފައި ވަނީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ހާއްސަ ޕްރޮމޯޝަނެއްގެ ދަށުން ކަން ފާހަގަކޮށްލަން ޖެހެއެވެ.

އެޗްއެސްސީން ބުނީ، މި ހާއްސަ ޕްރޮމޯޝަންގެ ދަށުން އެއް ލީޓަރުގެ ވާޑޭ ޖޫސް ޕެކެޓެއްގެ ރީޓެއިލް އަގަކީ 19 ރުފިޔާ ކަމަށެވެ. އަދި ހޯލް ސޭލްކޮށް ވާޑޭ ޖޫސް ގަންނަން ބޭނުންވާ ކަސްޓަމަރުންނަށާއި، ރިސޯޓްތަކަށްވެސް ހާއްސަ އޮފާރއެއްވެސް ހަމަޖެހިފައިވާކަމަށް އެޗްއެސްސީން ބުނެއެވެ.

ވާޑޭ ޖޫސްގެ ހަތަރު ވައްތަރެއް މިހާރު އެޗްއެސްސީން ވިއްކަމުން ދެއެވެ. އެއީ އޮރެންޖް، އެޕަލް، ޕީޗް އެންޑް އެޕަލް، އަދި މަލްލިފްރުޓެވެ. އަދި މިއީ 100 ޕަސެންޓް ތާޒާ މޭވާއިން ތައްޔާރުކޮށްފައިވާ ޖޫސްތަކެކެވެ.

އަދި މީގެ އިތުރުން، މި ބްރޭންޑްގެ ޕީޗް، ބެރީ، ޗެރީ، ޕައިނެޕަލް އަދި ޓޮމާޓޯ ޖޫސްވެސް އެޗްއެސްސީ ޔޫރޯ އަންލިމިޓެޑުން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކަމުންނެވެ.

ވާޑޭ ޖޫހަކީ ސާބިއާގެ އުފެއްދުމެކެވެ. ވާޑޭ ބްރޭންޑްގެ ޖޫސް ރާއްޖެއަށް އެތެރެކޮށް ވިއްކަމުން ދަނީ އެޗްއެސްސީންނެވެ.