މެދުއިރުމަތީ ސަރަޙައްދުގައި ބާއްވާ އެންމެ ބޮޑު ޓްރެވަލް ފެއަރ ކަމުގައިވާ އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) 2018 ދާން ބޭނުންވާ ފަރާތްތަކަށް ހާއްސަ އަގުތަކެއް އިނާ މޯލްޑިވްސް ހޮލިޑޭސްގެ ފަރާތުން ހަމަޖައްސައިފިއެވެ.

އިނާ މޯލްޑިވްސް އިން ބުނީ، އޭޓީއެމްއަށް ދާން ބޭނުންވާ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކަށް ހާއްސަ އަގެއްގައި ދެކޮޅު ޓިކެޓުގެ އިތުރުން، ހުންނާނެ ތަންވެސް ހަމަޖައްސައިދޭނެ ކަމަށެވެ.

އެގޮތުން ދެކޮޅު ޓިކެޓާއި، ހޮޓަލުގެ ހުރުން، އަދި ދުބާއި ވިސާ އިނާ މޯލްޑިވްސްގެ ފަރާތުން ހަމަޖައްސައިދޭނޭއެވެ.

ދެކޮޅު ޓިކެޓާއި ހޮޓަލެއްގައި ހަ ދުވަހުގެ ހުރުމުގެ ފެށޭ އަގަކީ 651 ޑޮލަރެވެ.

މި ދަތުރު ހާއްސަކޮށްފައި ވަނީ ސްރީލަންކަން އެއާލައިންސްއެވެ.

މިދިޔަ އަހަރަށް ވުރެ މި އަހަރު ގެސްޓްހައުސްތަކުން، މިއަހަރު އަމިއްލަ ގޮތުން މިފަދަ ފެއާތަކުގައި ބައިވެރިވާ ފަރާތްތަކުން ގިނަކަން ފާހަގަކޮށްލަން ޖެހެއެވެ.