ރާއްޖޭގައި އެތައް ބައެއްގެ އިތުބާރާއި ޔަޤީންކަން ހޯދާފައިވާ ދުނިޔޭގެ މަޝްހޫރު "ވަޓްސަން" ބްރޭންޑުގެ ބޮޑީވޮޝް، މި ޕްރޮޑަކްޓު ރާއްޖެއަށް އެތެރެކުރާ އޮންލައިން ވިޔަފާރި، "ލިބޭ" އިން ވިއްކަން ފަށައިފިއެވެ.

މަދު ދުވަސްކޮޅެއްގެ ތެރޭގައި ހަންގަނޑު އަލިކޮށް، މުޅި ހަށިގަނޑު ދޮންކޮށްލުމާއި އެކު ހަންގަނޑު އޮމާންކޮށް ތާޒާކޮށް ދެމެހެއްޓުމަށް ބޭނުންވާ މީހުންނަށް ޚާއްސަ މި ބޮޑީވޮޝްއަކީ ދިވެހިންގެ މެދުގައި ވަރަށް މަޤޫބޫލު ބޮޑީވޮޝްއެކެވެ. ހަމައެކަނި ފަތްޕިލާވެލި ބޭނުންކޮށްގެން އުފައްދާފައިވާ މި ބޮޑީ ވޮޝް އަކީ، ޢާންމުކޮށް ހުރިހައި ވައްތަރެއްގެ ހަންގަނޑަކާއިވެސް ގުޅޭގޮތަށް އުފައްދާފައިވާ ކެމިކަލް އާއި ގެއްލުންދެނިވި އެއްވެސް މާއްދާއެއް ނުހިމަނޭގޮތަށް އުފައްދާފައިވާ 100 އިންސައްތަ ގުދުރަތީ އުފެއްދުމެކެވެ.

ޚާއްސަ ގޮތެއްގައި އަންހެނުންގެ ހަންގަނޑަށް އެންމެ އެކަށީގެންވާ ގޮތަށް އުފައްދާފައިވާ މި ބޮޑީ ވޮޝްއަކީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ހަންގަނޑުގެ ތާޒާކަން އިތުރުކޮށްދީ ދުޅަހެޔޮކޮށްދިނުމާއި އެކު ހަށިގަނޑުގެ ކުލަ އަލުކޮށްދޭ ފައިދާކުރުވަނިވި މޮޅު އުފެއްދުމެކެވެ. އެގޮތުން ހަށިގަނޑުގެ ހަންގަނޑު އޮމާންކޮށްދީ ހަންގަނޑު މަޑުކޮށްދީ ކުރަކިކަން އަވަހަށް ފިލުވާލުމަށް މި ބޮޑީވޮޝް އެހީއަކަށް ވެގެންދާނެއެވެ.

"ވަޓްސަން - އެކްސްފޮލިއޭޓިންގ ބޮޑީ ވޮޝް"ގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، މި ބޮޑީވޮޝް ބޭނުންކުރަން ފަށާތާ މާގިނަ ދުވަހެއް ނުވެ އޭގައި ހިމެނޭ ފައިދާކުރުވަނިވި މާއްދާތަކުގެ ހެޔޮ ބަދަލުތައް ހަށިގަނޑުން ފެންނާން ފެށުމެވެ. އެގޮތުން މި ބޮޑީ ވޮޝްގައި އެކުލެވިފައިވާ ވިޓަމިން އީ އާއި އެނޫންވެސް ހަންގަނޑަށް މުޙިންމު މާއްދާތަކުގެ ސަބަބުން މަރުވެފައިވާ ހަންތައް ހަށިގަނޑުން ފިލުވާލައި، ހަންގަނޑު ހަލާކުވެފައި ހުންނަ ތަންތަނަށް ފަރުވާ ލިބި ރަނގަޅުވެއެވެ.

ތާޒާ ސްޓްރޯބެރީ އެކްސްޓްރެކްޓް ބޭނުންކޮށްގެން އުފައްދާފައިވާ "ވަޓްސަން - އެކްސްފޮލިއޭޓިންގ ބޮޑީ ވޮޝް" އަކީ ގިނަ ވަގުތު ވަންދެން އޭގެ މީރުވަސް ހަށިގަނޑުގައި ހިފާފައި ހުންނަ ގޮތަށް އުފައްދާފައިވާ ބޮޑީވޮޝް އެކެވެ.

ކޮންމެ ދުވަހެއްގައި މަދުވެގެން އެއްފަހަރު މި ބޮޑީވޮޝް ބޭނުން ކުރުމަކީ ރަނގަޅު ގޮތެކެވެ. މިގޮތުގެ މަތިން އާދަކޮށް މި ބޮޑީވޮޝް ބޭނުންކުރަން ފެށުމުން، ހީވެސް ނުކުރާހައި އަވަހަށް އޭގެ ރަގަޅު ނަތީޖާ ފެނި ހަންގަނޑުގެ ކުލަ އަލިވެ ދޮންވުމަށް މަގުފަހިވާ ކަމަށް، ތަޖުރިބާގެ އަލީގައި ގިނަ ބަޔަކު ބުނެއެވެ.

ގިނަ ބައެއްގެ މެދުގައި މަޤުބޫލު އަދި އެތައް ބައެއްގެ އިތުބާރު ހޯދާފައިވާ "ވަޓްސަން - އެކްސްފޮލިއޭޓިންގ ބޮޑީ ވޮޝް"ގެ 410 ގްރާމުގެ ފުޅިއެއް "ލިބޭ" އިން ވިއްކަމުން ދަނީ 190 ރުފިޔާއަށެވެ. މި ޕްރޮޑަކްޓު ބައްލަވައިގަތުމާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 9946822 ނަމްބަރު ފޯނަށް ގުޅުމަށް ނުވަތަ "ލިބޭ" ޕޭޖަށް މެސެޖު ކުރުމަށް އެފަރާތުން އެދެއެވެ. މި ޕްރޮޑަކްޓު މާލެއިން ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު އަގަކާއި ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް "ލިބޭ" އިން ފޯރުކޮށްދެއެވެ.



ވަޓްސަން އެކްސްފޮލިއޭޓިންގ ބޮޑީވޮޝްގެ އިތުރު ބައެއް ވައްތަރުތައް:

  1. ވަޓްސަން ބޮޑީވޮޝް - އޮރެންޖް އެކްސްޓްރެކްޓް

2. ވަޓްސަން ބޮޑީވޮޝް - ޓަމަރިންޑް