އަގުހުރި އިނާމުތަކާއި އެކު ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)ގެ އަހަރު ނިންމާ ސޭލް ފަށައިފިއެވެ.

އެސްޓީއޯ ހޯމް އިމްޕުރޫވްމެންޓުގައި މިކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައި އެސްޓީއޯގެ އަހަރު ނިންމާ ސޭލް ރަސްމީކޮށް އިފްތިތާހް ކޮށްދެއްވީ އެކުންފުނީގެ ރިސްކް މެނޭޖްމެންޑް ޖިޕާޓްމެންޓުގެ ޖެނެރަލް މެނޭޖަރ މުހައްމަދު މުރާދުއެވެ.

އެސްޓީއޯގެ ސްޕޯކްސް ޕާސަން އިބްރާހިމް މުހައްމަދު ވިދާޅުވީ އެސްޓީއޯގެ އަހަރު ނިމޭ ސޭލްގައި ބައިވެރިވެ އިނާމުތައް ހޯދުމުގެ ފުރުސަތު އެކުންފުނީގެ ކޮންމެ އައުޓްލެޓަކުން ވިޔަފާރި ކުރާ ފަރާތަކަށްވެސް އޮންނާނެ ކަމަށެވެ. އަދި ޕްރޮމޯޝަން ގައި ބައިވެރިވެ ވިޔަފާރި ކުރާ ފަރާތްތަކަށް ގަންނަ އެއްޗެއްގެ 50 އިންސައްތައާއި ހަމައަށް ޑިސްކައުންޓު ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ޕްރޮމޯޝަންގައި ތިން ވަނައެއް ހޮވައި އަގު ހުރި އިނާމްތަކެއް ދިނުމަށް ހަމަޖެހިފައި ވާކަމަށާއި، އޭގެ ތެރެއިން އެއްވަނައަށް ދާ ފަރާތަކަށް އިންޑިއާގެ ޗެންނާއީ ދެކޮޅު ޓިކެޓު، ދެވަނަ އަށް ދާ ފަރާތަކަށް އައިފޯން 11 އެއް އަދި ތިންވަނަ ފަރާތަކަށް ފުވައްމުލަކު ދެކޮޅު ޓިކެޓު ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

މި ޕްރޮމޯޝަންގެ ބައެއް އިނާމްތައް އެސްޓީއޯއިން ސްޕޮންސާތަކޮށްފައިވާއިރު، ޗެންނާއި ދެކޮޅު ޓިކެޓާއި، ފުވައްމުލަކު ދެކޮޅު ޓިކެޓް ސްޕޮންސާކޮށްފައި ވަނީ މޯލްޑިވިއަން އިންނެވެ.

އެސްޓީއޯ އިން މައުލޫމާތުދިން ގޮތުގައި ގުރުވަތު ނެގުން އޮންނާނީ ހުރިހާ އައުޓްލެޓެއްގެ ކޫޕަންތައް އެއްކޮށްލައިގެންނެވެ. މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން މިއަހަރުގެ ނިޔަލަށް ކަމަށް އެސްޓީއޯ އިން މައުލޫމާތު ދެއެވެ.

އެސްޓީއޯ އިން ބުނީ މިއީ އަހަރުގެ ތެރޭގައި އޮންނަ ދެވަނަ އަށް އެންމެ ބޮޑު ޕްރޮމޯޝަން ކަމަށާއި، ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މި ޕްރޮމޯޝަނަށް ކަސްޓަމަރުންގެ ވަރަށް ބޮޑު ތާއީދެއް ލިބެމުން ދާކަމަށެވެ.

މި ޕްރޮމޯޝަން ބާއްވަމުން އަންނަތާ މިހާރު 10 ވަރަކަށް އަހަރެވެ. އެސްޓީއޯގެ މި ޕްރޮމޯޝަންގައި ކޮންމެ އަހަރަކުވެސް އަގުހުރި ތަފާތު އިނާމްތަކެއް ކަސްޓަމަރުންނަށް ދޫކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު