އެސްޓީއޯއާއެކު ވިޔަފާރި ކުރަން ފެށި ފަރާތްތަކުން ބަހައްޓާފައިވާ ސެކިއުރިޓީ ޑިޕޮސިޓް ނަގަން އެ ކުންފުނިން ފުރުސަތެއް ދީފިއެވެ.

އެސްޓީއޯ އިން ބުނީ، އެ ކުންފުނިން އެކި ފަރާތްތަކާ އެކު ހަދާފައިވާ ކްރެޑިޓް ފެސިލިޓީ އަދި ރެންޓް އެގްރީމެންޓްގެ ދަށުން އެ ކުންފުންޏަށް ދައްކާފައިވާ އެޑްވާންސް ޑިޕޮސިޓް ފައިސާއާ ބައެއް ފަރާތްތަކުން ހަވާލުނުވެ ހުރި ކަމަށެވެ.

އަދި މިގޮތަށް ދައްކާފައިވާ ފަރާތްތަކުގެ ތެރެއިން ފައިސާ ހަވާލު ނުވެވި ފަރާތެއް ވާނަމަ އަންނަ މަހުގެ 25 ގެ ކުރިން ރަސްމީކޮށް ސިޓީ އަކުން އެ ކުންފުންޏަށް އެންގުން އެދޭ ކަމަށް އެސްޓީއޯ އިން ބުުންޏެވެ.

އެސްޓީއޯ އިން އާއްމު ގޮތެއްގައި ސެކިއުރިޓީ ޑިޕޮސިޓް ނަގަނީ ކާޑު ފަދަ ބާވަތްތައް ވިއްކަން ފެށުމުގެ ގޮތުންނެވެ. ނަމަވެސް ތަފާތު ސަބަބުތަކާ ހުރެ އެ ވިޔަފާރި ކުރާ ފަރާތް ތަކުން ވިޔަފާރި ހުއްޓާލުން ނުވަތަ އެހެން ވިޔަފާރިއެއް ކުރަން ފެށުމާއެކު ފަހުން ޑިޕޮސިޓް ގޮތުގައި ބެހެއްޓި ފައިސާ ނުނަގައި ހުރެއެވެ.

އެެ ކުންފުންޏަކީ ރާއްޖެ އަށް އެންމެ ގިނައިން ތެލާއި ކާޑު އެތެރެކުރާ ކުންފުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ާއަހުމަދުގ

    ގޭހުގެ ޑިޕޮޒިޓު ލާރިކޮބާ