އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުޅުވުމަށް ތައްޔާރުވަމުން ގެންދާ މަސް ފެކްޓަރީއާއި އެކު 400 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތުތައް ހުޅުވިގެން ދާނޭ ކަމަށް އެކުންފުނިން ބުނެފިއެވެ.

މިގޮތުން ކ.ހުޅުމާލޭގައި ހުޅުވުމަށް ތައްޔާރުވެފައިވާ މިކާރުޙާނާގެ އެކިއެކި ވަޒީފާތަކަށް މުވައްޒަފުން ނެގުމުގެ ގޮތުން އަންނަ ހަފްތާގެ ހޮނިހިރު ދުވަހު "އޯޕަންޑޭ"ގެ ނަމުގައި ހަރަކާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ހަރަކާތް ކުރިއަށް ދާން ހަމަޖެހިފައި ވަނީ ހުޅުމާލޭ އިންޑަސްޓްރިއަލް ޒޯންގައި ހުންނަ އެންސިސި ކޭނިންގް ފެކްޓަރީގައި މިމަހުގެ 23 ވާ ހޮނިހިރު ދުވަހުގެ ހަވީރު 16:00 އިން ފެށިގެން އިރުއޮއްސި 18:00 އަށެވެ. އަދި ރޭގަނޑު 20:00 އިން 22:00 އަށް މި ހަރަކާތް ކުރިޔަށް ދާނެއެވެ.

ދުވާލެއްގެ މައްޗަށް 25 ޓަނުގެ ދަޅުގައިމަސް ބަންދުކުރެވޭ ގޮތަށް ތަރައްގީ ކޮށްފައިވާ މި ފެކްޓްރީއަކީ މިހާތަނަށް އެންސިސް ކުންފުނިން ކޮށްފައިވާ އެންމެ ބޮޑު އިންވެސްޓްމެންޓްއެވެ.

މި ޕްރޮޖެކްޓްއަށް މުޅިއަކު 25 މިލިއަން ޑޮލަރު ހަރަދުކޮށްފައި ވެއެެވެ. އަދި މި ފެކްޓަރީގައި މަސް ބަންދު ކުރުމުގެ އިތުރުން ފިނިކުރި މަސް ރައްކާކުރުމަށް 1200 ޓަނުގެ އައިސް ކޯލްޑް ސްޓޯރޭޖަކާއި އެކު ތަރައްގީ ކުރެވިފައި ވާ ތަނަކަށް ވާއިރު މަސްވެރިން ބާނާ މަސް ތާޒާކަންމަތީގައި ބެހެއްޓުމަށްޓަކައި 100 ތަނުގެ އައިސްޕްލާންޓެއްވެސް ހަދާއިފައިވެއެވެ. އަދި މަހުން އުކާލެވޭ ބައިތައް ބޭނުންކޮށްގެން ގަސްގަހަށް އަޅާ ކާނާ ބަންދުކުރެވޭނޭ ގޮތަށް ހަދާފައިވާ ފިޝްމީލް ޕްލާންތޭއްވެސް ފެކްޓްރީގައި ގާއިމްކޮށްފައި ވާނޭ ކަމަށް އެކުންފުނިން ބުނެފައިވެއެވެ.

މި ކުންފުނީގެ ސަބަބުން ދަޅުމަސް ބަންދުކުރެވޭ އަދަދު އިތުރުވުމާއި އެކު ދިވެހިން ބާނާ މަހުގެ އަގުތައް ރަނގަޅު ވެގެން ދާނެ ކަމަށް އެންސިސް އިން ވިދާޅުވިއެވެ. އަދި ރާއްޖެއިން އެކްސްޕޯޓްކުރެވޭ ރޯމަހުގެ އަދަދު މަދުވެ، ރާއްޖޭގެ އުފެއްދުންތައް ޔޫރަޕް އަދި އެމެރިކާފަދަ އެކްސްޕޯޓް މާކެޓްތަކަށް އިތުރުވެގެން ދާނެ ކަމަށް އެންސިސިން އިން މައުލޫމާތު ދެއެވެ.

އެންސިސް އިން ބުނާ ގޮތުގައި މި ފެކްޓްްރީގެ މަސައްކަތާއި އެކު ގިނައަދަދެއްގެ ދަޅުމަސް އެކަށީގެންވާ އަގެއްގައި ފަސޭހަކަމާއި އެކު އާމުންނަށް ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކަންނެލި

    ކިތަމެވަރަކައް ވަޒީފާއުފެދުނަސް ދިވެހިންނަކައް ވަޒީފާގަނޑެއް ދޭނިމީހަކުނުވާނެ !!

    20
    2
    • ކޮސް

      ދިވެހިން ހަނގުރާމައަށް ފޮނުވާނެ މީހުން ވެއެއްނު؟

      11
      14
  2. ގައުމު

    ބިދޭސިންނަށް ހަަމައެކަނި
    ސަބަބު ދިވެހިންނަކަށް 250 ޑޮލަރުން ދެކޮޅު ނުޖެއްސޭނެ.

  3. ާއަހުމަދުގ

    90% ބަންގާޅިންނަށް ތަންތަން ހުޅުވާއިރު ވަރަށް ވަޒީފާ ރިސޯޓުޙުޅުވާދުވަހު 1500ވަޒީފާ 6މަސް ފަހުން 80% ގިނައިން ބޭރުމީހުން ޅ ކުކުން ބަލާ

  4. ްއިސްލާހު

    ދަޅުމަހުގެ އަގު އަތް ފޯރާފަށަށް އްންނާނެ ކަމަށް އުންމީދު ކުރަމެވެ.