ދިރިއުޅުމުގެ މަސައްކަތުގައި ރެޔާއި ދުވާލު އުޅުމަށްފަހު، އަމިއްލަ ނަފްސަށް ވަގުތު ދެވެނީ މަދު ފަހަރަކު އެވެ. އެފަހަރު ތަކުގައި ބޭނުންވަނީ މާލޭގެ ކޮންކްރީޓް ޖަންގަލީގެ ހަފޮޅުން ބޭރު ވެލާށެވެ. ރާއްޖޭގެ ރީތިކަން ތަޖުރިބާ ކޮށްލާށެވެ. ބޭނުމަކީ ޗުއްޓީ ހޭދަކޮށްލާ، ބޯ ހަމަޖައްސާލުމެވެ. ނަމަވެސް، އަހަރެންނަށް ރާއްޖޭން ބޭރުގައި، އަހަރެން ބޭނުންވާ އުފަލެއް ނުލިބެއެވެ. އަހަރެން ބޭނުންވަނީ ސާފު ވަޔެވެ. މޫދަށް އެރިލުމެވެ. މީހުންނާއި ދުރުގާ، އަމިއްލަ ވަންތަކަމެއްގައި އުޅެލުމެވެ. ބައެއް ގަޑިތަކުގައި އެކަހެރިވެލުމެވެ. މިނިވަންކަމާއެކު މީހެއްގެ އުނދަގުލެއް ނެތި ވަގުތު ކޮޅެއް ހޭދަކޮށްލުމެވެ.

ފޭސްބުކް ހާވާލައިފީމެވެ. ލޮލުގައި އަޅައިގަތީ ގިނަ ބަޔަކު ބަޔަކު ރެކަމަންޑް ކޮށްފައި އޮތް ގެސްޓް ހައުސް އެވެ. "ފަންބޮނޑި ލޮޖް" އެވެ. ތަންކޮޅެއް ރަނގަޅަށް ރިވިއު އާއި އެއްޗެހި ބަލާލިއިރު، އެ ގެސްޓް ހައުސް އަކީ އަހަރެންނަށް ރާއްޖޭގައި އެންމެ ރީތި ހިސާބުގަނޑުގައެވެ. އެއީ ލާމު އަތޮޅެވެ. ލ. ފޮނަދޫ އެވެ. ކޮންމެ އަކަސް ފޭސްބުކް ޕޭޗުގައި އިން ބުކިން ނަމްބަރަށް ބުކިން ހައްދާލަން ގުޅާލީމެވެ. ފޯނަށް ވަރަށް އަވަހަށް ޖަވާބު ދިނެއެވެ. ފުރަތަމަ ވެސް އިހުސާސްވީ އެ ދިން ފުރިހަމަ މެހެމާންދާރީ އެވެ. އަޑުގައި ހުރި އޯގާތެރިކަމެވެ. ތަނަށް އަދި ނުދެވެނީސް ތަނުގެ ހިދުމަތުގެ ފުރިހަމަކަން އެނގިއްޖެއެވެ. ތަޖުރިބާ ކުރެވެން ފަށައިފިއެވެ.


ދަތުރުގެ ތާރީހުތަކާއެކު ބުކިން ހެއްދުމަށްފަހު، 4 ދުވަހަށްވާ ފައިސާ ދަތުރު ހަރަދާއެކު ދެބައިކޮށްފަ އެއްބައި ދައްކާލީމެވެ. ދެން ހުރިހާ ކަމެއްވެސް ކުރިއަށް ގެންދިޔައީ "ފަންބޮނޑި ލޮޖް" އިންނެވެ. ޓިކެޓް ބުކިން ހައްދާ، ފުރާގަޑި އަންގާދީ، އަދި ކީއްތޯއެވެ. ދަތުރުގެ ހުރިހާ އިންތިޒާމްތަކެއް ރޭވިފައި އޮންނާނެ ގޮތުގެ ތަފްސީލެއް ދިނެވެ. އަހަރެންނަށް ޖެހުނީ ހަމައެކަނި އެކަން ކަމަށް ބޭނުންވާ މައުލޫމާތު ދޭށެވެ.
ކައްދޫ އެއަރޕޯޓަށް ޖައްސައިފީމެވެ. އެއަރ ޕޯޓުން ނިކުމެ، ފަނަރަ ވަރަކަށް މިނެޓްގެ ކާރު ދަތުރަކަށް ފަހު ގޮސް މަޑުކޮށްލީ، "ފަންބޮނޑި ލޮޖް" އަށެވެ. ވެލްކަމް ޑްރިންކާއެކު ހޫނު މަރުހަބާއެއް ކިޔެވެ. ތިން ކޮޓަރީގެ މި ހިތްގައިމު ގެސްޓް ހައުސް އަކީ ޖާގަ ތަނަވަސް، އެހާމެ އަރާމު ތަނެކެވެ. ކޮޓަރިތައް ވެސް އެހާމެ ބޮޑެވެ. ސާފު ތާހިރު ކަމަށް އެއް ވަނަ އެވެ. ޒަމާނީ ވަސީލަތްތަކާ، ހިލޭ ލިބޭ އިންޓަރ ނެޓާއި އެކު، އަހަރެންނަށް ރިސޯޓަކަށް ދެވުނު ކަހަލަ ހިތްހަމަ ޖެހުމެއް ލިބުނެވެ. އެހެން ނަމަވެސް، ރިސޯޓަކަށް ދިއުމަކީ އަގު ބޮޑު ކަމެކެވެ. "ފަންބޮނޑި ލޮޖް" ގައި ދެތިން ދުވަސް ހޭދަކޮށްލުމަކީ، ޖީބަށް ލުއި، ހިތަށް ފަސޭހަ ކަމެކެވެ.

ކޮޓަރި ތެރޭގެ ތަނަވަސް ކަމާއެކު، އަހަރެން ހުރި ޑިލެކްސް ރޫމްގެ ފާހާނާގެ ހިތްގައިމު ކަމުގެ ވާހަކަ ލިޔެ ނުލައި ދޫކޮށް ނުލެވޭނެ އެވެ. އެހާމެ އަރާމުވެފައި، އެހާމެ ފުރިހަމަ އެވެ. ފާހާނާ އަކީ އަހަރެން ކޮޓަރިއެއްގައި އެންމެ 'ޕާފެކްޓް' ވާން ބޭނުންވާ ތަނެވެ. ފާހާނާ ވެސް ބޮޑުވެފައި ނަލަ އެވެ. އޯޕަން އެއަރ ޝަވަރެއް ހަރުކޮށްފައި ހުޓެވެ. ސާފު ޖައްވެއްގައި، ނޫ އުޑު ހުރަހަކާނުލާ ފެންނަ ހާލު ފެންވަރާލުމަކީ މިހާރު ކޮންމެ ކޮންމެ ވަގުތެއްގައި ލިބޭނެ އުފަލެއް ނޫނެވެ. އެހެން ނަމަވެސް، މިފަހަރު "ފަންބޮނޑި ލޮޖް" އިން އެފުރުސަތު އަހަރެންނަށް ލިބިއްޖެއެވެ. ހަމަ ހިމޭން ކަމާއި ފެހި ގަސްތަކުން ޖަރީކުރެވިފައިވާ މާހައުލުގެ އަރާމުކަމާއި ރޭގަނޑުގެ ވަގުތުގައި އެތައް ގުނައެއް އިތުރުވެގެން ދެއެވެ.

މީހުން ނުދަންނަ ހިސާބެއްގައި، ޗުއްޓީ ހޭދަކޮށްލުމަކީ އަހަރެންނަށް އުނދަގޫ ކަމެއް ނޫނެވެ. އެހެން ނަމަވެސް، ބީރަށްޓެހިކަން އިހުސާސުވެ، ފޫހިވެދާނެ ކަމުގެ ބިރު އަބަދުވެސް އޮވެއެވެ. އެހެނެއް ކަމަކު، މިފަހަރު އަހަރެންނަށް މިކުރެވުނީ ތަފާތު އިހުސާސެކެވެ. އަހަރެން ފުރަތަމަ ފަހަރު ލާމަށް އަށް އައިސްއުޅޭކަމުގެ އިހުސާސެއް ނުވެއެވެ. ދޭ އިހުތިރާމުގެ ބޮޑުކަމުން އަހަރެންނަށް މާކުރިން އެމީހުން އެނގޭ ކަހަލަ އިހުސާސެއް ކުރެވެއެވެ.

"ފަންބޮނޑި ލޮޖް" ގައި ހޭދަވެގެން ދިޔަ 4 ދުވަހަކީ އަހަރެންގެ ހަޔާތުގައި އެންމެ 'ހަޕަނިންގ' 4 ދުވަހެވެ. ފޫހިވެގެން ހުއްނާނެ ވަގުތެއް ނުލިބެއެވެ. ހެނދުނު މޫދަށް ގޮސްލާފައި، މެންދުރު އަރާމުކޮށްލުމަށް ފަހު، ހަވީރު ދަނީ ލ. އަތޮޅުގެ ރީތިކަން އިހުސާސްކޮށްލުމަށް ކުލީ ސައިކަލެއްގައި ލާމް ލިންކް ރޯޑްގައި ދުއްވާލާށެވެ. އެއްދުވަހު ޑައިވްކޮށްލަން ދިޔައީމެވެ. މަސްބާނަން ވެސް އަހަރެން ދިޔައީ މެވެ. ކުރެވިދާނެ ކަންކަމުގެ ބޮޑު ލިސްޓެއް "ފަންބޮނޑި ލޮޖް" އަހަރެންނަށް ކިޔާ ދިނެވެ. އޭގައި ކޮށްފައި ނުކުރާނެ ކަމެއް ނެތެވެ.

އަހަރެން "ފަންބޮނޑި ލޮޖް" އަށް ކުރި 4 ދުވަހުގެ ޗުއްޓީ ދަތުރަށް ފަހު މާލެ އައިސް މިހާރު ހަފްތާއެއް ވެއްޖެއެވެ. އަދިވެސް ލާމުގެ ހަނދާންތައް ވެއެވެ. "ފަންބޮނޑި ލޮޖް" ގެ އެ ހިތްގައިމު މާހައުލުގައި އުޅެލަން ދާން މިހާރުވެސް މިހުރީ ކެތް މަދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޙހފ

    އެޑްވަޓައިޒިންގ ?

    19
    • Anonymous

      މަޅިޖަހަނީ މީހުންމަރަން

      11
      1
    • މީހާ

      މުޅި ގޯތިފުރާ އިމާރާތެއް ހަދާފަ. ވައިޖައްސާލަންވެސް އައުޓްޑޯރގަ މަޑުކޮށްލަން ތިއޮތީ ފުރާޅެއްގެ ދަށް. ތިތަނުގަ ދިވެހި އެއްވެސް ކަމެއް ފެންނާކަށްނެތް. އިސްތިހާރުކޮށްގެން މީހުންގެ ބޯކެވޭތޯބަލާ. ސުމެއްގެތަނެއް.

      7
      1
  2. ސްމެއް! ގާތްވެސްނުކުރޭ

    ސްމެއް! ގާތްވެސްނުކުރޭ

    10
    6
  3. ސަމާ މާލެ

    ކަލޯ ވަރަށް ކަޑަ ތަނެއް ތީ.

    8
    4
  4. މީހާ

    މިކަލޭގެ ވީމަ ކޮންމެ ނުލަފާކަމެއް ކުރިޔަސް، ކިތެންމެ ދޮގެއް ފާޅުގަ ހެދިޔަސް އެ އޯކޭވެފަ ތިބި ގަމާރު ދިވެހިން ވޯޓުދޭން ތިބިއްޔާ ނުލާންވީ ސަބަބެއް ނެތް!

    2
    3