ރެއިންބޯ އެންޓަޕްރައިސެސްގެ "އިޔަރ އެންޑް ސޭލް" ފަށައިފިއެވެ.

މި ސޭލްގެ ދަށުން ރެއިންބޯ އެންޓަޕްރައިސަސްގެ ފަރާތުން ހިންގާ ކޮންމެ ފިހާރައަކުންވެސް 500 ރުފިޔާއަށްވުރެ މަތީގެ ވިޔަފާރިއެއް ކޮށްގެން، ސޭލްގައި ބައިވެރިވެވޭނެއެވެ.

މިގޮތުން ސޭލް ކުރިޔަށްދާ މުއްދަތުގައި 500 ރުފިޔާއަށްވުރެ މަތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް ސޭލްގެ ކޫޕަނެއް ލިބިގެންދާއިރު، ގުރުއަތުން ހޮވޭ ފަރާތްތަކަށް ބިލްގެ ޖުމްލަ އަދަދު އަނބުރާ ލިބޭނެއެވެ.

މި ސޭލްގެ ދަށުން ކޫޕަން ދޫކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ތިން ފަރާތެއް ހޮވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ސޭލްގެ ގުރުއަތު ނެގުން އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގެ ރޭ 9:00 ގައި ރެއިންބޯ ލިވިންގް މޯލްގައެވެ.

"ރެއިންބޯ އިޔަރ އެންޑް ސޭލް"، ރެއިންބޯ އެންޓަޕްރައިސަސްގެ ފަރާތުން ހިންގާ، ރެއިންބޯ ލިވިންގް މޯލް، ރެއިންބޯ ބިލްޑްވެއަރ، ރެއިންބޯ ޝޮޕް، ރެއިންބޯ ތިނަދޫ، ރެއިންބޯ އޮފީސް ސިސްޓަމް، ރެއިންބޯ އައްޑޫ އަދި ރެއިންބޯ އޮންލައިން ސްޓޯރުގައި ކުރިޔަށްދާނެއެވެ.

މި ސޭލް އާއި ބެހޭ އިތުރު މަޢުލޫމާތުތައް ރެއިންބޯގެ އޮފިޝަލް ފޭސްބުކް ޕޭޖް އިން ލިބޭނެއެވެ.