އެންމެ ފަހުގެ ފޯނާއި، ހެޑްސެޓް އަދި ސްމާޓްވޮޗާއި ލެޕްޓޮޕް ފަދަ ތަކެތި ރާއްޖޭގެ މާކެޓަށް ނެރުމުގައި ކަސްޓަމަރުންގެ އިތުބާރު ހޯދައިފައިވާ މެކްސްކޮމް ޓެކްނޮލޮޖީ އިން ވާވޭގެ ފަހުގެ ފޯން ނޯވާ 5ޓީ ލޯންޗްކޮށްފިއެވެ.

މެކްސްކޮމްގެ މެނޭޖަރ މުހުތާރު މުހައްމަދު ވިދާޅުވީ މި ފޯން ލޯންޗްކޮށްފައި ވަނީ ހާއްސަ ޕްރޮމޯޝަނަކާއި އެކު ކަމަށާއި، އެޕްރޮމޯޝަން ގެ ދަށުން ފޯން ގަންނަ ކޮންމެ ފަރާތަކަށް ވާވޭގެ ސްމާޓް ވޮޗެއް ހަދިޔާ ކުރާ ކަމަށެވެ. "ބޮޑު ޗުއްޓީ ޕްރޮމޯޝަންގެ" ނަމުގައި ކުރިއަށް ގެންދާ އެ ޕްރޮމޯޝަން މި ޗުއްޓީ ނިމި ސްކޫލް ހުޅުވެންދެއް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ނޯވާ 5ޓީގެ އެންމެ ހާއްސަކަމަަކީ އެފޯންގެ ކެމެރާ ކަމަށާއި، އެފޯނުގައި ޖުމްލަ 5 ކެމެރާ އެއް ހިމެނޭ ކަަމަށް މުހުތާރު ވިދާޅުވިއެވެ. އެއީ ކުރިމަތީގައި އިންނަ ކެމެރާ އަދި ފުރަގަހުގައި އިންނަ ހަތަރު ކެމެރާއެވެ.

"ހުރިހާ ބޭފުޅުންނަށްވެސް އެނގޭނެ ވާވޭ ފޯނެއް ވެއްޖިއްޔާ އެންމެ ފުރަތަމަވެސް އަހާލެވޭނީ އޭގެ ކެމެރާ އަށް. މި ފޯނުގައިވެސް އެބައިނދޭ އިނގޭތޯ ޖުމްލަ ފަސް ކެމެރާއެއް. އެއީ ފަހަތުގައި ފަސް ކެމެރާ އަދި ފްރޮންޓުގައި ސެލްފީ އެއް ކެމެރާ" މުހުތާރު ވިދާޅުވިއެވެ.

މިއީ ވާވޭގެ އެންމެ ފުރަތަމަ 40 މެގަޕިކްސްއެލް ކެމެރާ ކަމަށް މުހުތާރު ވިދާޅުވިއެވެ. މީގެ އިތުރުން އެ ފޯނުގެ ފިންގަރ ޕްރިންޓް އިންނަނީ ފޯންގެ އެއްއަރިމަތީގައިކަން ފާހަގަކޮށް އޭނާ ވިދާޅުވީ އެއީ ސިންގަލް ހޭންޑް އިންވެސް ބޭނުންކުރަން އެކަށީގެންވާ ފަސޭހަ ފޯނެއް ކަމަށެވެ. ފިންގަރ ޕްރިންޓްގެ އިތުރުން ފޭސް އަންލޮކް އަދި ޕާސްވޯޑްވެސް އެފޯނުގައި ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އެފޯނަކީ އަވަހަށް ޗާޖުކޮށްލެވޭ އަދި ބެޓެރިވެސް ރަނގަޅު ފޯނެއް ކަމަށާއި އެއީ ގިނަ އިރު ފޯނު ޗާޖަށް ނުޖަހައި އުޅޭ ފަރާތްތަކަށްވެސް ވަރަށް ހާއްސަ ފޯނެއް ކަން މުހުތާރު ފާހަގަ ކުރިއެވެ. އަދި ފޯނު ވިއްކަނީ ސުޕަރ ޗާޖަރަކާއި އެކު ކަމުން ގަޑިއެއްހާއިރު ތެރޭ ފުލް ޗާޖުކޮށްލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވާވޭގެ ފަހުގެ އެހެން ފޯންތަކެކޭ އެއްގޮތަށް ނޯވާ 5ޓީ ސީރީޒްގެ ފޯނުތަކުގެ ވެސް ކެމެރާ ވަރަށް ވަރުގަދަ އެވެ. ސައިޒުގައި 5.5 އިންޗީގެ މި ފޯނުގައި 8 ޖީބީ ރޭމް ހިމެނޭއިރު، ސްޓޯރޭޖްގައި 128 ޖީބީ އާއި 256 ޖީބީ ވެސް ހިމެނެ އެވެ.

މި ފޯނަކީ އަންހެނުންނަށް އަދި ފިރިހެނުންނަށް ވެސްް ހާއްސަ ފޯނެއް ކަމަށާއި މެކްސްކޮމް އިން ހަތަރު ކުލައެއް މިހާރު ލިބެން ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ނޫ، ކަޅު، ދަނބު ކުލައާއި ފެހިކުލަ މެކްސްކޮމް އިން ލިބެން ހުންނާނެ ކަމަށް މުހުތާރު ވިދާޅުވިއެވެ.

މި ފޯން މެކްސްކޮމް އިން ވިއްކަނީ 7299 ރުފިޔާ އަށް ކަމަށާއި ގަންނަ ކޮންމެ ފޯނަކަށް އެއް އަހަރު ދުވަހުގެ ވޮރެންޓީ ލިބޭނެ ކަމަށް މެކްސްކޮމް އިން މައުލޫމާތު ދެއެވެ.

މެކްސްކޮމް އަކީ ހުވާވޭ ބްރޭންޑްގެ އިތުރުން ޑެލް ބްރޭންޑްގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރެވެ. މި ކުންފުނި ހިންގާތާ މިއީ 15 ވަނަ އަހަރެވެ.