މިއަހަރުގެ ސްކޫލުތަކުގެ ބޮޑު ޗުއްޓީ ތެރޭގައި މާލެ ސިޓީގައި ނައިޓްމާކެޓް ބާއްވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، ނައިޓްމާކެޓް ބޭއްވުމަށް ހުޅުވާލަނީ އަންނަ ޑިސެމްބަރ 10 ވަނަ ދުވަހުން ފެށިގެން ޖެނުއަރީ 10 ގެ ނިޔަލަށް ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން ވަނީ، މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައިވެސް ނައިޓްމާކެޓް ބޭއްވުމުގެ ފުރުސަތު ހުޅުވާލާފައެވެ. އަދި ނައިޓް މާކެޓް ބޭއްވޭނީ އެންމެ ގިނަވެގެން ހަތް ދުވަހުގެ މުއްދަތަށް ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތުވެސް އެ ކައުންސިލުން ވަނީ ހުޅުވާލާފައެވެ. އެގޮތުން ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު ނައިޓް މާކެޓް ބޭއްވުމަށް ހުށަހަޅަންޖެހޭ ޕްރޮޕޯސަލް ހުށަހެޅޭނޭކަމަށެވެ.

މާލެ ރީޖަންގައި ހިމެނޭ މާލެ ހުޅުމާލެ އަދި ވިލިމާލޭގައި ނައިޓް މާކެޓް، ފެއާރ އަދި މަގުމަތީ ބާޒާރުތައް ބޭއްވުމަށް ހާއްސަ އުސޫލެއް ވަނީ ކަނޑައަޅާފައެވެ.

އެގޮތުން އިމްޕޯޓް މުދަލުގެ ވިޔަފާރިކުރެވޭ ގޮތަށް، ފެއަރ، ނައިޓްމާރކެޓް ނުވަތަ މަގުމަތީބާޒާރު ބާއްވަން ވާނީ ކޮންމެވެސް މުނާސަބަތަކާއި ގުޅުވައިގެން ކަމަށް ވެސް މިއުސޫލުގައި ބުނެފައި ވެއެވެ. އަދި ފާހަގަކުރެވޭނެ މުނާސަބަތުތައް ކޮންމެ އަހަރަކު އެއްފަހަރު، ސިޓީއެއްގައިނަމަ، ސިޓީ ކައުންސިލުން ނުވަތަ ރަށެއްގައިނަމަ، ރަށު ކައުންސިލުން ޢާންމުކޮށް އިޢްލާނު ކުރަންވާނެ ކަމަށް ވެސް އުސޫލުގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަރީ

    މި ލިޔުމުގައި ވާ ގޮތުން ޑިސެންބަރ 10 އިން ޖެނުއަރީ 10 އަށް ނައިޓްމާކެޓް ބާއްވަނީ އެކަމަކު 7 ދުވަހުގެ ނިޔަލަށް ބޭއްވޭ ވާހަކަ އެބައިން ކީކޭތަ ތިކިޔަނީ

    8
    1
  2. ބިޖޫ

    ކިހާދެރަކަމެއް މާލޭސިޓީ ނުކިޔަހަރޭ މިހާރުމީ ސަދޫމް ސިޓީ އޭ މިޔަދުގެ ހުކުމުން އިނގެނީ ސަދޫމްސިޓީކަން

    6
    4