ލޯކަލް މާރުކޭޓުގެ ގޮޅިތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު، މާލޭ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

ލޯކަލް މާރުކޭޓުން ގޮޅިއަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުއެވެ. އަދި މިމަހުގެ ދުވަހާއި ހަމައަށް މި ފުރުސަތު އޮންނާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، މާރުކޭޓު ގޮޅިޔަށް އެދި ހުށަހަޅާ ފޯމު، ރަސްމީ ބަންދު ދުވަހެއް ނޫން ކޮންމެ ދުވަހަކުވެސް މާލޭ ސިޓީކައުންސިލުން ލިބެން ހުންނާނެ ކަމަށާއި، މިމަހުގެ 19 ވަނަ ދުވަހާއި ހަމައަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކުވެސް ފޯމް ބަލައިގަތުން ކުރިޔަށް ދާނޭ ކަމަށް މާލޭ ސިޓީ ކައުންސިލް ވަނީ ވިދާޅުވެފައެވެ. އަދި ފޯމް ބަލައިގަތުން ކުރިޔަށް ދާނީ ކޮންމެ ދުވަހަކުވެސް ހެނދުނު ނުވަޔަކުން މެންދުރު އެކަކަށެވެ.

މީގެ އިތުރުން މާރުކޭޓު ގޮޅިޔަށް އެދި ހުށަހަޅާ ފޯމާއި އެކު، މާރުކޭޓުން ގޮޅި ދޫކުރުމާ ބެހޭ މަޢުލޫމާތު ޝީޓު ލިބޭނެކަމަށްވެސް ސިޓީ ކައުންސިލުން މަޢުލޫމާތުދެއެެވެ.

މާލޭ ސިޓީކައުންސިލުން ވަނީ ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކުގެ ޢަދަދު އިތުރުކޮށް، ގޮޅިތައް ދޫކުރުމާގުޅޭ އުޞޫލުތައް ވަރަށް އަވަހަށް އާއްމުކުރާނެކަމަށްވެސް ވިދާޅުވެފައެވެ. އަދި މިހާރުގެ ވިސްނުންހުރީ އެތަނުގައި ޖާގައޮތް މިންވަރަކުން ވީހާވެސް ގިނަ ގޮޅި ދޫކުރަންކަމަށާއި، ގޮޅިތަކުގެ ސައިޒާމެދު ކައުންސިލް މެންބަރުންގެ މެދުގައި މަޝްވަރާކޮށްފައިވާ ކަމަށްވެސް އެކައުންސިލުން ވަނީ މައުލޫމާތުދީފައެވެ.

ދާދި ފަހުން މާލޭ ސިޓީކައުންސިލުން ވަނީ ދަތުރުވެރިންގެ މާރުކޭޓުގައި ގޮޅިތައް ހިިންގުމަށް ޝައުގުވެރިޔާ ފަރާތްތަކާއި ބައްދަލުކޮށް، އެކަމާއި ގުޅޭ ޚިޔާލައި މަޝްވަރަ ހޯދާފައެވެ. ގިނަ ވިޔަފާރިވެރިން ވަނީ އެ ބައްދަލުވުމުގައި މާރުކޭޓް ގޮޅިތަކުގެ ސައިޒާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދިނަށަ

    ގޮޅިތައް އަލުން ދޫކުރާއިރު ދިވެހި އުފެއްދުން ތެރިކަން ކުރިއަރުވަން ވިސްނުންމުހިއްމު އަދި ސޭޓުންނައް ބިދޭސީން ސޭޓުން ނުތިބޭވޭގޮތް ހެދުން އެދި ދެންނެވީމެވެ

  2. އަލި

    5 މަސްވީއިރުވެސް މަރާމާތު ކޮށް ނުނިމޭ ވަހީދު ސަރުކާރުގައި 1 މަހުން ތިޔަތަން އެޅީ ސިޓީ ކައުންސިލް ބާރު ވެރި ކުރުވީމާ ވާގޮތް ފެނޭތަ... އެތައް ސަތޭކަ ދިވެހިންގެ ވިޔަފާރި ފުޑު ފުޑު ވެއްޖެ