ހިޖާމާގެ ފަރުވާ ދީގެން އެތައްބައެއްގެ އިތުބާރު ހޯދައިފައިވާ ފަޒީލާ އުސްމާންގެ ހިޖާމާ ތެރަޕީ އިން އެތައް ދުވަހަކު ދަރިއަކު ހޯދުމަށް ލަންކާ އަންހެނަކު ކުރަމުން އައި މަސައްކަތް ކާމިޔާބުވެއްޖެއެވެ.

ފަޒީގެ ހިޖާމާ ތެރަޕީ ޕޭޖުގައި ހިއްސާކޮށްފައިވާ ރިޕޯޓުތަކަކުން ދައްކާ ގޮތުގައި ލަންކާއަށް ނިސްބަތްވާ ފާތިމަތު ރިފްނާ މުހައްމަދު ރިޒްވީ ނަމަކަށް ކިޔާ އެމީހާ އަލަތު ކައިވެނި ކޮށްފައި ވަނީ 2017 ވަނަ އަހަރުއެވެ. އަދި އެއިރުން ފެށިގެން ދަރިމައިވުމަށް އެޅުނު ހުރަހަކީ ގަވާއިދުން މައްސަރު ކަންތައް ނުޖެހުން ކަމަށާއި، ލަންކާއިން އެތައް ފަރުވާއެއް ހޯދައިގެންވެސް އެކަމަށް ރަނގަޅު ހައްލެއް ލިބިފައި ނުވާކަމަށް އޭނާ ކިޔައިދީފައެވެ.

"އަހަރެން ކައިވެނި ކޮށްފިން 2017 ވަނަ އަހަރު. އެކަމަކު އޭރުވެސް ގަވައިދުން ޕީރިއަޑެއް ނުވޭ. 2017 ވަނަ އަހަރުން ފެށިގެން ލަންކާއިން ފަރުވާ ހޯދަމުން މިއަންނަނީ. އެކަމަކު ކިތަންމެ ބޭހެއް ކައިގެން ވަގުތީ ޝިފާއެއް ލިބުނު ނަމަވެސް އެކަމަށް ދާއިމީ ޝިފާއެއް ލިބިފައެއް ނުވޭ" ރިފްނާ ވަނީ ބުނެފައެވެ.

ރިފްނާ ބުނި ގޮތުގައި އޭނާ ރާއްޖެ އައިސްފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އަދި އައީ ބޭސް ފަރުވާ ކުރަން ނޫން ކަމަށާއި އެހެން ނަމަވެސް އަވައްޓެރިއަކު ފަޒީ ހިޖާމާގެ ވާހަކަ ކިޔައިދިނުމުން ހިޖާމާ ޖެހީ ކާމިޔާބީއެއް ލިބޭނެ ކަމުގެ މާބޮޑު އުންމީދެއް ނެތި ކަމަށް އޭނާ ބުންޏެވެ. އެހެން ނަމަވެސް ފަޒީ އަކީ މިހާތަނަށް ދަރި މައިވުމުން މަހުރޫމް ވެފައިވާ އެތައް ބަޔަކަށް ފަރުވާދީ އެކަން ކާމިޔާބުކޮށްފައިވާ މީހެއް ކަމުން، އެއީ ގޯސް ނިންމުމެއް ކަމަށް އޭރުވެސް ގަބޫލު ނުކުރާ ކަމަށް ރިފްނާ ވަނީ ބުނެފައެވެ.

ފަޒީގެ ހިޖާމާ ކްލިނިކުން ރިފްނާ ފަރުވާ ހޯދަން ފަށައިފައި ވަނީ މިއަހަރުގެ މާޗްމަހުގެ ތެރޭގައެވެ. ރިފްނާ ކިޔައިދިން ގޮތުގައި ހިޖާމާގެ އެންމެ ފުރަތަމަ ސެޝަނަށް ފަހުވެސް، މައްސަރު ކަންތައް ގަވައިދުން ކުރިމަތިވާން ފެށިއެވެ. އަދި ފަހު ދެ ސެޝަނެއް ނިމުނު އިރު އޭނާ އިނީ ބަލިވެ ކަމަށް ރިފްނާ ވަނީ ބުނެފައެވެ. އަދި ދުނިޔެ މަތިން އެފަދަ އުފަލެއް ދުވަހަކުވެސް ލިބޭނެ ކަމަށް މީގެ ކުރިން އުންމީދު ނުކުރާ ކަމަށާއި، އޭނާގެ ދިރިއުޅުމަށް ފަޒީ ހޯދައިދިން އަލިކަމަށް ޝުކުރުވެރިވާ ކަމަަށް ރިފްނާ ވަނީ ބުނެފައެވެ.

ފަޒީ ވަނީ ރިފްނާ އާއި އޭނާގެ ދަރިފުޅަށް ކާމިޔާބު މުސަތަގުބަލަކަށް އެދިފައެވެ.

ފަޒީ ގެންދަނީ އޭނާ ކައިރިން ހިޖާމަ ސެޝަންތައް ނަގާ އެކި އެކި ފަރާްތަތަކުގެ ކާމިޔާބީތައް ފާހަގަކޮށް ފޭސްބުކްް (ފަޒީސް ހިޖާމާ ތެރަޕީ) ޕޭޖަށް އަޕްލޯޑް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޑީޕް

    ފޭކު ނިއުސް.

    73
    17
  2. ދެރަ

    ދަރިން ނުލިބޭ ދިވެހިން ތެޅި ތެޅި ހަލާކު ވަނީ. ޢެހީވާނެ ބަޔަކު ނުވޭ. ޢާސަންދައިން ބުނަނީ ބައްޔެއް ނޫނޭ. ބޭސްކޮށް ނިމޭއިރު ހުންނަނީ ބިކަވެފަ

    45
  3. މަރުހަބާ

    ގައިގެ އެތަން މިތަނުން ކުޑަ ލޭފޮދެއް ނެރެލައިގެން ދަރިމައި ނުވާ މީހަކު ދަރިމައި ވުމަކީ މުއުޖިޒާތެއް ، އަލްހަމްދުﷲ

    41
    5
    • އިސްލާމް ފިލާވަޅު

      މުއުޖިޒާތަކީ ހަމައެކަނި ރަސޫލުންނާއި ނަބީބޭކަލުންގެ ފަރާތުން މާތްﷲ ފާޅުކުރައްވާ އާދަޔާހިލާފު ކަންތައްތައް.
      ކަރާމާތަކީ ހެޔޮލަފާ، ދީންވެރި މުއުމިނުންގެ ފަރާތުން މާތްﷲ ފާޅުކުރައްވާ އާދަޔާހިލާފު ކަންކަން.

      25
  4. ހަރުގަނޑު

    ވަގުތަކީ ފަޒީގެ އެޑްވަޓައިޒިން އޭޖެންޓް! ތިކަން ތިކުރަނީ ހަމަ އެންމެ ރަނގަޅަށް! ށާބަހޭ ވަގުތު

    40
    4
  5. އަލީ

    ތިހަބަރެއްނަމަ ތަނުގެ ފޯނައްބާރާ އެކުއެވަނީ ކީއްވެ ތިއީ އިސްތިހާރެއް

    6
    1