12 އަހަރުގެ ދިގު އިންތިޒާރަކަށްފަހު މާފަރު އިންޓަރނޭޝަނަލް އެއާރޕޯޓު އިއްޔެ ހުޅުވުނު އިރު، އެއީ މާފަރު ރައްޔިތުންނާއި މުޅި ނ.އަތޮޅުގެ ރައްޔިތުންނަށްވެސް އުފާވެރި ދުވަހެކެވެ. އެ އުފާވެރިކަން ރަށުގެ ކުދިބޮޑު ހުރިހާ އެންމެންގެ މޫނުމަތިންވެސް ފެނެއެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. މިއީ މާފަރު ރައްޔިތުންގެ ވަރަށް ބޮޑު ޤުރުބާނީއެއް އެ މަސައްކަތެއްގައި އެކުލެވޭ ބޮޑު މަޝްރޫއެކެވެ. އެ ހުވަފެން މިއަދު މި ވަނީ ހަޤީޤަތަކަށް ވެފައެވެ.

ކޮންމެއަކަސް، މާފަރު އިންޓަރނޭޝަނަލް އެއާރޕޯޓާއި ގުޅިގެން މިވީ 12 އަހަރު ތެރޭގައި އެތައް ވާހަކަތަކެއް އަޑު އިވިއްޖެ އެވެ. އެތައް ކަމެއް ބަދަލުވެގެން ހިނގައްޖެ އެވެ. އެތައް ވެރިކަމެއް ފާއިތުވެ، މި ބޮޑު މަޝްރޫޢު ނިމިގެން އައިއިރު، މި މަސައްކަތް ނިންމުމަށްޓަކައި އެތައް ބަޔަކާއި ހަވާލުވެސް ކުރެވުނެވެ. މިކަން އެންމެ ގާތުން ދުށް މާފަރު ރައްޔިތުންގެ ތެރޭގައި ހިމެނޭ އެކަކީ، މާފަރު ކައުންސިލްގެ ޒިންމާދާރު ވެރިޔާ، އަޙުމަދު ބަދީޢު އެވެ. ބަދީޢު ވަނީ މި މަޝްރޫޢު ފެށިގެން އައި ގޮތާއި، މި މަސައްކަތުގެ އުންމީދުގައި މާފަރު ރައްޔިތުން ވީ ޤުރުބާނީ "ވަގުތު" އާއި ޙިއްސާ ކޮށްފައެވެ.

އެއާރޕޯޓު އެޅުމުގެ ކުރިން އެ ސަރަހައްދު އޮތް ގޮތް: ފޮޓޯ ހިސްޓްރީ އޮފް މާފަރު

"ރަސްމީ ސިފައެއްގައި މި މަސައްކަތް ފެށިފައިވަނީ 2007 ވަނަ އަހަރުގެ ފަހުކޮޅު. އެ ޕްރޮޖެކްޓް ފެށުމަށްޓަކައި ކުރެވުނު މަސައްކަތުގެ ތެރެއިން އެކަން ކުރުމަށްޓަކައި ފުރަތަމަ މި ރަށަށް އައީ ނޫނު ހޮޓެލްސް ކިޔާ ކުންފުންޏަކުން. ޖޮއިންޓް ވެންޗަަރ ކޮށް ހެދުނު ކުންފުންޏެއް އެއީ. 2008 ވަނަ އަހަރު ބިން ހަވާލުކުރެވިގެން ރަސްމީކޮށް އެ ސަރަހައްދު ސާފުކުުރުމުގެ މަޝްރޫޢުވެސް ކުރިއަށް ދިޔަ. އަދި ޓެމްޕްރަރީ އޭރިޔާގެ ގޮތުގައި 10000 އަކަފޫޓުގެ ސަރަހައްދެއް ސާފުކުރެވިގެންވެސް ދިޔަ. ހަމަ އެއާއި އެކީގައި އަންލޯޑިން ބެޑެއްވެސް ހެދިގެން ދިޔަ. ދެން އެގޮތަށް މަސައްކަތް ފެށިފައި އޮއްވާ، ރަސްމީކޮށް ޓެމްޕްރަރީ ހައުސްތައް އެޅުމުގެ މަރުހަލާ ފެށުމާއި ބެހޭ ގޮތުން މަޝްވަރާ ކުރެވިގެން ދިޔަ." ބަދީޢު ވިދާޅުވިއެވެ.

މިހެން މި މަސައްކަތް ފެށި، ކުރިއަށް ދަނިކޮށް، ކޮންޓްރެކްޓާ އާއި އޭރުގެ ސަރުކާރާއި ދޭތެރޭ ކޮންމެވެސް ވަރެއްގެ ކަންބޮޑުވުންތަކެއް އުފެދިގެން ދިޔައެވެ. އެއީ ނ.އަތޮޅުން ދޭން ޖެހޭ ދެ ފަޅުރަށަކާއި ގުޅޭގޮތުން އުފެދުނު ކަންބޮޑުވުން ތަކެކެވެ. ސަބަބަކަށް ވެފައި އޮތީ، އެ ޕްރޮޖެކްޓްގެ ސީއެސްއާރުގެ ތެރެއަށް މާފަރުގެ އެހެން މަޝްރޫޢުތަކެއްވެސް ހިމަނާފައި ވުމުގެ ސަބަބުންނެވެ. އެއީ މާފަރުގެ ބަނދަރާއި މާފަރުގެ ނަރުދަމާގެ މަސައްކަތެވެ. މި އެއާރޕޯޓު އޭރުވެސް ހަވާލުކޮށްފައި އޮތީ، ޔޮޓު މެރީނާ އަކާއި، ރިސޯޓަކާއި އެކު ތަރައްޤީ ކުރާ ގޮތަށެވެ. ނަމަވެސް މާ އެދެވޭ ގޮތެއްގައި އެކަން ވަނީ ކުރިއަށްދާގޮތް ނުވެފައެވެ.

"މާފަރުގެ ގިނަ މަޝްރޫޢު ތަކެއް މާފަރުގެ އެއާރޕޯޓާއި ގުޅިގެން ހުއްޓާލާފައި ވާތީ، އޭރު އަޅުގަނޑުމެން ސަރުކާރުގެ ކަމާއި ބެހޭ ބޭފުޅުންނާ ބައްދަލުކުރިން. އެބޭފުޅުން ވިދާޅުވަމުން ގެންދެވީ، މާފަރުގެ އެއާރޕޯޓާއި އެކު އެ މަސައްކަތްތައް ނިމޭނެ ކަމަށް. އެެހެންކަމުން މާފަރުގެ ހުރިހާ ޚިދުމަތެއް އޮތީ ހުއްޓިފައި. ދެން އަޅުގަނޑުމެން ރައްޔިތުންނާއި މަޝްވަރާ ކުރީ ކުރިއަށްދާނެ ގޮތަކާއި ދޭތެރޭގައި. ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކަށް އެތައް ލިޔުމެއްވެސް ވާނެ އަޅުގަނޑުމެން ކައުންސިލްގެ ފަރާތުން ފޮނުވާފައި. އެކި ފަހަރު މަތިން އަޅުގަނޑުމެން މާލެ ވެސް ދިޔައިން ކަމާއި ގުޅޭ ފަރާތްތަކާއި ބައްދަލުކުރަން." ބަދީޢު ވިދާޅުވިއެވެ.

28 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މުޒާހަރާ

މާފަރަށް ސަރުކާރުން ފޯރުކޮށްދޭން ޖެހޭ އަސާސީ ޚިދުމަތްތައް ނުލިބި ލަސްވުމުގެ ސަބަބުން، ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލައި، އެއްވެސް ގޮތެއް ފެންނަން ނެތުމުގެ ނަތީޖާ އަކަށް ވެގެން ދިޔައީ، ހުރިހާ ރައްޔިތުން މަގު މައްޗަށް ނިކުތުމަށް ނިންމުމެވެ. އެގޮތުން 2012 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 30 ވަނަ ދުވަހު ފެށި މި މުޒާހަރާ 28 ދުވަހުގެ މުއްދަތަށް ކުރިއަށް ދިޔައެވެ. ރައްޔިތުންގެ ޑިމާންޑަކަށް ވެގެން ދިޔައީ މާފަރު ރައްޔިތުންނަށް ލިބެންޖެހޭ ހުރިހާ ޚިދުމަތްތަކެއް ވީ އެންމެ އަވަހަށް ފޯރުކޮށް ދިނުމެވެ.

"މުޒާހަރާ އަޅުގަނޑުމެން ކުރިއަށް ގެންދިޔައީ މާފަރުގައި ހުރި ހުރިހާ މުޢައްސަސާތަކެއް ބަންދުކުރެވި، އެ ޚިދުމަތްތައް ހުއްޓާލާފަ. ރަށު ކުދިބޮޑު އެންމެން މި އެއްވުމުގައި މެދު ނުކެނޑި ބައިވެރިވި. ރައްޔިތުން އެކުވެގެން ކައުންސިލް އިދާރާ މިހާރު އެ ހުރި އިމާރާތުގައި ކައްކާ، ކައިބޮއިވެސް ހެދީ. ސުކޫލުވެސް ބަންދުކުރެވި، ރަށު ކޯޓުވެސް ބަންދުކުރެވި، ހެލްތް ސެންޓަރުވެސް ބަންދުކުރިން. މިކަމާއި ގުޅިގެން ސަރުކާރުގެ ފަރާތުން ދެތިން ފަހަރަކަށް މަޖިލިސް މެމްބަރުންވެސް ޒިޔާރަތްކުރި. އަދި އޭރު މާފަރުން އިސްކޮށްނަގާފައިވާ ކޮމެޓީގެ މެމްބަރުންނާއި އެބޭފުޅުން ބައްދަލުވެސް ކުރި. އަދި ދެފަހަރެއްގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްޢޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށްވެސް ހާޟިރުކުރި." ބަދީޢު ވިދާޅުވިއެވެ.

އެއާރޕޯޓާއި ގުޅިގެން މާފަރު ރައްޔިތުން ކުރި މުޒާހަރގެ ތެރެއިން: ފޮޓޯ ހިސްޓްރީ އޮފް މާފަރު

މާފަރު ރައްޔިތުންގެ މި އިޙްތިޖާޖާއި ގުޅިގެން، އޭރު މާފަރު އެއާރޕޯޓު ހެދުމަށް ހަވާލުކޮށްފައިވާ ނޫނު ހޮޓެލްސްގެ އަތުން މާފަރު އެއާރޕޯޓު އަތުލައި، ސަރުކާރާއި އެކު ހަދާފައިވާ އެއްބަސްވުން ބާޠިލް ކުރިއެވެ. ހަމައެހެންމެ، އެ މަސައްކަތް ކުރާނެ ފަރާތެއް އަލުން ހޯދުމަށް ޢިއުލާން ކުރިއެވެ. މި އިޢުލާނާއި ގުޅިގެން، ދެން މި މަސައްކަތާއި ހަވާލުވީ، މިލޭނިއަމް ކެޕިޓަލް އިންވެސްޓްމަންޓް ނަކަމަށް ނިކާ ކުންފުންޏަކުންނެވެ. އެ ކުންފުންޏަކީ އޭރުގެ ނައިބު ރައީސް އަޙުމަދު އަދީބުގެ ބޮޑުބޭބެ، ޙާމިދު ޢަބްދުލްޤަފޫރު (ހާމިދު ސޭޓް) ގެ ކުންފުންޏެކެވެ. އެ ކުންފުނީގެ ފަރާތުންވެސް ވަނީ ކޮންމެސްވަރެއްގެ މަސައްކަތްތަކެއް މި އެއާރޕޯޓާއި ގުޅިގެން ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މަސައްކަތް ފެށުމަށްޓަކައި އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންގޮސްފައި ވެއެވެ. ނަމަވެސް މާ ގިނަ ދުވަސްތަކެއް ނުވެ، ކުންފުންޏަށް ދިމާވި ތަފާތު އެކި އެކި ގޮންޖެހުންތަކުގެ ސަބަބުން އެ މަސައްކަތް މަޑު ޖެހުނެވެ.

"އަނެއްކާވެސް ސަރުކާރަށް މަޖުބޫރު ވީ މާފަރު އެއާޕޯޓު އިޢުލާން ކުރަން. މި ކުރި އިޢުލާނާއި ގުޅިގެން ސަންޓްރެވެލްގެ ފަރާތުން ކުރިމަތިލީ. ސަންޓްރެވެލް ޝިޔާމް. އެ މަސައްކަތް އެބޭފުޅާ ކުރިއަށް ގެންދާ ކަހަލަ ގޮތަކަށް އެކަން ހަވާލުވީ. ނަމަވެސް އެކަން މާ އެދެވޭ ގޮތެއްގައި ކުރިއަށް ގޮސްފައެއް ނުވޭ. ހަމަ އެކަނި ޕްރޮޖެކްޓް އެވޯޑް ކުރުން ފިޔަވާ އެހެން އެއްވެސް ކަމެއް ކޮށްފައެއް ނެތް. ދެން ހަޤީޤަތުގައި އަނެއްކާވެސް ރައްޔިތުންގެ ކަންބޮޑުވުން އިތުރުވެގެން ދިޔައީ." ބަދީޢު ވިދާޅުވިއެވެ.

އެންމެފަހުން، މި ޕްރޮޖެކްޓް އަބޫދާބީ އަށް

މާފަރު އިންޓަރނޭޝަނަލް އެއާރޕޯޓުގެ މަސައްކަތް އަބޫދާބީ އާއި ހަވާލުކުރީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައެވެ. އަބޫދާބީގެ ފަރާތުން މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ގްރާންޑް ޕްރޮޖެކްޓެއްގެ ގޮތުގައެވެ. ސަރުކާރުން އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭ ގޮތަށް ހިލޭ އެހީގެ ދަށުންނެވެ. ސަބަބަކަށް ވެފައި އޮތީ، ޝަހީ އާއިލާއަކުން، މި އަތޮޅުގައި އޮތް އެންމެ އަގު ބޮޑު ރިސޯޓު ބައްލަވައިގަތުމެވެ. އެއީ މާފަރާއި މާ ދުރުނޫން ހިސާބެއްގައި އޮންނަ، ޝަވަލް ބްލޭންކް ރަންދެލި ރިސޯޓެވެ. އެއީ އެބޭފުޅުންގެ ދަތުރުފަތުރު ތަކަށް ފަސޭހަކުރުމުގެ ގޮތުންނެވެ. އެންމެ ފުރަތަމަ އެބޭފުޅުންނާއި ހަވާލުކޮށްފައިވަނީ ކުޅުދުއްފުށި އެއާރޕޯޓު ތަރައްޤީ ކުރުމަށެވެ. ނަމަވެސް އަބޫދާބީ ފަންޑުން ބޭނުންފުޅުވެލެއްވީ މާފަރު އެއާރޕޯޓު ތަރައްޤީ ކުރުމަށެވެ.

"އަޅުގަނޑުމެން އުންމީދުކޮށްގެންނެއް ނޫން ތިބީކީ. ނަމަވެސް ރައްޔިތުންނަށްވެސް މި މަސައްކަތް ފެށޭކަން ނޭނގި އޮއްވަ، ހަމަ ކުއްލި އަކަށް މި މަސައްކަތް ފެށިގެން މި ދިޔައީ. އަޅުގަނޑު ދަންނަަވާނީ ވަރަށް އަވަހަށޭ މި މަސައްކަތް ފެށިގެން މި ދިޔައީ. އަދި މި ވީހާތަނަށް އެންމެ އަވަހަށް ހެދި އެންމެ ދިގު ރަންވޭ މާފަރުގަ އެޅިގެން މި ދިޔައީ. އެއީ 2.2 ކިލޯ މީޓަރުގެ ރަންވޭ އެއް. ވީ އައިޕީ ޓާރމިނަލް އަކާއި އެކު ޓާރމިނަލްވެސް ހެދިގެން ގޮސްފައިވަނީ. ގާތްގަނޑަކަށް 18 ވަރަކަށް މަސްތެރޭގައި މި ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ނިމިގެން މި ދިޔައީ. 99 އިންސަންތަ މިހާރު ވަނީ ނިމިދަ. ދެން އަޅުގަނޑު ފާހަގަ ކޮށްލަން ބޭނުންވާ އެހެން ކަމެއް އެބައޮތް. މިކަން ކުރިއަށް ގެންދިއުމުގަ މާފަރު ރައްޔިތުންގެ ވަރަށް ބޮޑު އެހީތެރިކަމެއް ދެއްވާފަ އެބަވޭ. ވަރަށް އެކުވެރި މާހަޢުލެއްގަ މިކަން ކުރެވިގެން މި ދިޔައީ. ވަގުތީ ގޮތުން ޓެސްޓް ފްލައިޓު ތަކެއް ޖައްސާފައިވޭ މީގެ ކުރިން. އަދި 737 ގެ މަރުކާގެ ފްލައިޓްވެސް ޖައްސާފަ އެބަ ހުރި. ދެން މިއަދު މި ފެށޭ ފެށުމަކީ ޝެޑިއުލް ފްލައިޓުތަކާއި އެކު ފެށޭ ފެށުމެއް." ބަދީޢު ވިދާޅުވިއެވެ.

މާފަރު ރައްޔިތުންގެ ހިފެހެއްޓުމެއް ނެތް ޝުކުރު

"މީ ވަރަށް އުފާވެރި ދުވަހެއް. މީ 12 އަހަރުގެ ދިގު އިންތިޒާރެއް. މިފަދަ ރީތި އެއާރޕޯޓެއް ހަައްދަވައިދެއްވީތީ އަބޫދާބީ އަށާއި ދިވެހި ސަރުކާރަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ހަޤީޤަތުގަ މި ކާމިޔާބީ އަކީ މާފަރު ރައްޔިތުންނާއި މުޅި އަތޮޅު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ. އަހަރެމެން ދުނިޔޭގަ ތިއްބަ މިތަން ނިމޭނެ ކަމަކަށް އުންމީދެއް ނުކުރަން. ނަމަވެސް މިއަދު ހަމަ މިހުރީ ވަރަށް އުފަލުން." އުފަލުން ފެންވަޅިވެ ހުރެ، މެދު އުމުރަށްދާ މީހަކު ބުންޏެވެ.

މާފަރު އިންޓަރނޭޝަނަލް އެއާރޕޯޓު

"ދިވެހި ސަރުކާރަށް ހިފެހެއްޓުމެއް ނެތް ޝުކުރު އަދާކުރަން. ޙާއްޞަކޮށް އަދުގެ ސަރުކާރަށް. ސަރުކާރު ބަދަލުވީމަ، މި މަސައްކަތް ހުއްޓާލާނޭ ދެން ކުރިއަަކަށް ނުގެންދާނެއޭވެސް ވަރަށް ގިނަ މީހުން ބުނި. ނަމަވެސް އެއްވެސް މަޑުޖެހުމެއް ނައިސް މި މަސައްކަތް މި ވަނީ ނިންމާލާފަ." މިއީ މާފަރުގެ އަންހެންވެރިންގެ ޝުޢޫރު މިއަދު ހުރި ގޮތެވެ.

މާފަރު އެއާޕޯޓް ހިންގުން ކުޅަދާނަ ކުންފުންޏަކަށް

މާފަރު އިންޓަނޭޝަނަލް އެއަރޕޯޓް ހިންގުމަށް ހަވާލުކޮށްފައި ވަނީ ރާއްޖޭގެ ގައުމީ އެއާލައިން ހިންގަމުން އަންނަ ކުންފުނި އައިލެންޑް އޭވިއޭޝަނުންނެވެ. އެ ކުންފުނީގެ ޑެއިލީ ފްލައިޓްތައް ކޮންމެ ދުވަހަކު މާފަރަށް ދަތުރު ކުރާނެވެ. އެ ކުންފުނީގެ ވިސްނުން ހުރީ މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން މާފަރަށް ކޮންމެ ދުވަހަކު ތިން ފްލައިޓް ދަތުރު ބާއްވާށެވެ. އަދި މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ހަ ފްލައިޓް ވެލާނާ އެއާޕޯޓާއި މާފަރާއި ދެމެދު ބާއްވާނެއެވެ.

އައިލެންޑް އޭވިއޭޝަނަކީ މިވަގުތު ރާއްޖޭގެ ޓެކްނިކަލް ދާއިރާގައި އެންމެ ތަޖުރިބާ ކާރުންގިނަ ކުންފުންޏެވެ. އެހެންކަމުން މާފަރު އެއާރޕޯޓުން ހިންގުން އެ ކުންފުންޏަށް އެއްވެސް ދަތިތަކަމެއް ނާންނާނެއެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ މިހާރުވެސް ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓަށް ދަތުރު ކުރާ ހުރިހާ އެއާރލައިނެއްގެ މެއިންޓެނެންސް ދެނީވެސް އައިލެންޑް އޭވިއޭޝަންގެ އިންޖީނުއަރުން ކަމެވެ. އެހެންކަމުން އައިލެންޑް އޭވިއޭޝަންގެ ސްޓާފުންނަކީ ތަޖުރިބަގެ ގޮތުން ބެލިކަމުގައިވިޔަސް، އެހެން ކުންފުނިތަކަށްވުރެ ހާސްބައި ރަނގަޅު ސްޓާފުންނެވެ.

އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގެ ޑިރެކްޓަރ މުހައްމަދު ރިޒްވީ ވިދާޅުވީ، މާފަރު އެއާރޕޯޓަށް އަންނަ ފަތުރުވެރިންނަށް ސީޕްލޭން ހިދުމަތް ދިނުމަށްޓަކައި، އެ ހިދުމަތް ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ.

"ވަރަށް ގިނަ ކަންތައްތަކެއް މި އެއާޕޯޓުގައި ކުރަން އެބައޮތް. މިއާއެކު ކުރިއަށް އޮތްތަނުގައި އަޅުގަނޑުމެންގެ އުންމީދަކީ ސީޕްލޭން ކަނެކްޓިވިޓީ ފެށުން..... އޭގެ ފަހުން އަޅުގަނޑުމެންގެ ވަރަށް ބޮޑު ވިސްނުން އެބަހުރި މިކޮޅުގައި ޓްރެއިނިން ފެސިލިޓީތަކެއް ގާއިމް ކުރަން. އޭގެތެރޭގައި ޕައިލެޓް ޓްރެއިނިންގ ސްކޫލަށް. އިންޖިނިއަރިން އެމްއާރުއޯ ފެސިލިޓީއެއް. އެކަމަކު އެކުގައި ތަންކޮޅެއް ޓައިމްކޮޅެއް ނަގަައިފާނެ ކަންނޭގެ އެކަމަށް،" މާފަރުގައި ހުރެ މީޑިއާތަކަށް މައުލޫމާތުދެމުން ރިޒްވީ ވިދާޅުވިއެވެ.

މާފަރު އެއާރޕޯޓް ތަރައްގީކޮށްފައި ވަނީ ރާއްޖޭގެ ތިން ވަނައަށް އެންމެ ބޮޑު ރަންވޭއެވެ. އަދި ރަންވޭ އިތުރު އެއް ކިލޯ މީޓަރަށް ބޮޑުކޮށްފިނަމަ ދުނިޔޭގެ އެންމެ ބޮޑު އެއާރކްރާފްޓް މި އެއާޕޯޓަށް ޖެއްސޭނެއެވެ. އަދި ޕްއިވެޓް ޖެޓްތައްވެސް އެކޮމޮޑޭޓް ކުރާ ފެންވަރަށް މި އެއާރޕޯޓް އެ ހުރީ ތަރައްގީވެފައެވެ.

"ރަންވޭ ނޫނިއްޔާ މި ފެސިލިޓީއަކީ ހުރިހާ ބޯޓަކަށްވެސް ކޭޓަރ ކުރެވޭނެ". ރިޒްވީ ވިދާޅުވިއެވެ.

"އިންޓަނޭޝަނަލް ފްލައިޓުތައް މިމަސް ތެރޭގައި ވެސް އެބަހުރި ބައެއް ޕްރައިވެޓް ޗާޓަރު ރިކުއެސްޓްތައް އައިސްފައި. ޕްރައިވެޓް ޖެޓުގެ ވެސް ރިސޯޓްތަކަށް އަންނަ ބޭފުޅުން. އަޅުގަނޑުމެން އެކަންތައްތައް ކުރިއަށްގެންދާނަން. އިންޓަނޭޝަނަލް ބޮޑު ފްލައިޓަކަށް ބަލާކަމުގައިވަންޏާމުން އަދި ވަކި އެއާލައިނަކާއި ވާހަކައެއް ނުދައްކަން. އެކަމަކު ވިސްނުމުގައި އެބަހުރި އަޅުގަނޑުމެންގެ އެއާރބަސް ޗައިނާ އަށް ކުރާ ބައެއް ދަތުރުތައް މި އެއާރޕޯޓަށް ޑައިވާޓް ކުރަން ވެސް،" ރިޒްވީ ވިދާޅުވިއެެވެ.

ކޮންމެއަކަސް، އިއްޔެ މި ވަނީ މާފަރު އިންޓަރނޭޝަލް އެއާރޕޯޓު ހުޅުވިގެން ގޮސްފައެވެ. މިއީ މުޅި އަތޮޅަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

ރިޒްވީ ވިދާޅުވީ، އެއާރޕޯޓް އޮތީ އިންޓަނޭޝަނަލް ދަތުރުތަަކަށްވެސް ފައްކާވެފައެވެ. އަދި ބައެއް އިންޓަނޭޝަނަލް ޗާޓަރު ދަތުރުތައް ފެށުމަށް ވާހަކަދެކެވިފައިވެސް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

43 ކޮމެންޓް

  1. ާައަސްލަމް

    މިސަރުކާރަށް ސުކުރު އަދާކުރަންޖެހޭ ސަބަބެ އް ނެތް ތިކަމުގަ އަމަލީ މަސަ އްކަތްފެށި ޕީޕީ އެމްގެ ރަ އީސް އަދި މިރާ އްޖެދުން ތަރަށްގީގެ ބާނީ ރަ އީސް ޔާމީން ބަ އެ އްފަހަރު ސުކުރު ހަށްގު ނުވާބަޔަކަށްވެސް ސުކުރު ދެންނެވެ އޭގެފަހަރަކާ މިދިމާވި

    129
    4
  2. ޢަލިބެ

    ޜައީސް ޔާމީން ގެ އަގުހުރި މަސައްކަތެއް.

    171
    6
  3. އިބޫ

    ނ.އަތޮުޅުގެ ރައްޔިތެއްގެ ހައިސިއްޔަތުން މިކަމާ އުފާކޮށް، ﷲ އަށް ޙަމްދުކުރަން. އެއަށްފަހު، މާފަރު އެއަޕޯޓު ހަގީގަތަކަށް ހެދުމަށް ކުރީގެ ރައީސް ޔާމީނަށް ނ.އަތޮޅުގެ ރައްޔިތުންގެ ނަމުގައި ހައްގު ޝުކުރު އަދާކުރަން. ޝުކުރިއްޔާ ރައީސް ޔާމީން. ﷲ މަނިކުފާނަށް ދާދި އަވަހަށް އުޖާލާ ދުވަސްތަކެއް މިންވަރު ކުރައްވާށި. އާމީން

    133
    1
  4. އައިޝާ

    ޝުކުރި އްޔާ ރަ އީސް ޔާމީން

    157
    5
  5. އަޒާ

    ތިޔަކަމުގެ ހުރިހާ ޝުކުރަކާއި ތައުރީފެއްގެ ހައްގުވެރިޔާ މިއަދު އޮންނެވީ ނުހައްޤު ހުކުމެއްކޮށް ވަރަށް ލާއިންސާނި އަނިޔާއާއި އެކު ޖަލުގައި... ވިސްނާ ބަޔަކަށް އިބުރަތަކަށް ވާނެ..

    110
    5
  6. ދިވެހިމީހާ

    މި ސަރުކާރުން ކޮން ކަމެއް ކުރީ ތިތަން ނިންމަން. ރައީސް ޔާމީން ކުރި ބުރަ މަސައްކަތް ، ދައުލަތުން ޚަރަދުނުކޮށް އިލްމީ ވިސްނުމާއެކު ކުރިޔަށް ގެންދިޔައީ.. ނަންވާނީ ހައިވަކަރު އޮޑިޔަށޭ ބުނާ ފަދައިން މިހާރުގެ ސަރުކާރުގެ ކަމަކަށް ނިމިގެން މިދިޔައީ...........
    ތަރައްޤީގެ ބާނީ ޔައީސް ޔާމީން!!1

    159
    6
    • އައިސް

      ހަސީތިބުނި ކަންތަކު ގެ ހައްލަކީވެސް ރައީސްޔާމީންއިގޭތޯ ދެންުހުރިއްޔާހުރި ކަމެއްގެ ހައްލަކީވެސް ހަމަރައީސްޔާމީން އިގޭތޯ މިހަޤީގަތް ދިވެ ހިރާއްޖޭގެ ހުރިހާރައް ޔަތުން މިއަދުއެބަޖެހޭ ޤަބޫލުކުރަން ހައްލަކީ ހަމަރައީސްޔާމީންއެވެ.ހސ އށ ވރ ސަލމް

      31
      2
  7. މާފަރޭ

    ބަދީޢުތީ މާފަރު ހަލާކުކުރާ މީހަކީ....

    80
    1
  8. 2023ރޔާމީން

    ކޮބާ ހުރިހާ ފޮންޏެ ކަމާނުވެސްބެހޭ ބަޔަކަށް.. ބަޖރޓަށް 7އަހަރު ވޯޓުނުދީ ރާއްޖެއަށް ފަތުރުވެރިން ނައުމަށްގޮވިމީހުންނަ.. ޝުކުރު ހައްގުމީހާގެ ނަންވެސް ގަނެލަންނުކެރުނު ކައުންސިލަރެ.. އިހުސާންތެރިކުގެ ކުޑިފުކެވެސްނެތް.. މިވަރުގެ ބޮޑު މަޝަރޫއެ ގެނެސްދިންމީހާ ޖަލުގަ ކުޑަގޮޅީގަ.. މިއެއާރޕޯޓު އަބޫދާބީގެ މިކުންފުންޏަދިނީތީ ވަގުބަދުނާމުއަޅުވާ މަސައްކަތް ހުއްޓާލުމަށް މަސައްކަތްކުރިމީހުން މިއަދު ރިބަންކަޑާ ފޮނިބޯން.. ވިސްނާ ދިވެހިންގެ ވިސްނުން. ޝުކުރިއްޔާ ތަރައްގީގެ ބާނީ ރޔާމީން...

    98
    2
  9. ޒާ

    މާފަރު ރައްޔިތުންނަށް ތިކަން ހަގީގަތަކަށް ހައްދަވައި ދެއްވީ ރައިސް ޔާމީންކަން ހަނދާންނެތި އެމަނިކުފާނަށް ޝުކުރު ނުދައްނަވައި އިހަށް ދުވަހު ވެރިކަމާއި ހަވާލުވި މީހުންނަށް ޝުކުރު ދެންނެވުމުން ވަރަށް ހުތުރު. ތީ ޝުކުރު ކުރަން ނުދަންނަ ކަމުގެ ރަމްޒެއް. މަލާމާތް ރައްދުވުން ނޫންކަމެއްނުވާނެ ތިގޮތަށް ވާހަކަ ދެއްކީމާ. އެކަމަކު އެއްވެސް ފަރާތަކަށް ހަގީގަތް އޮޅުވާ ނުލެވޭނެ. ތިއީ ރައީސް ޔާމީނުގެ މިންނެތް މަސައްކަތްޕުޅެއް. އޭގެ ކުރިން ރައީސް ނަޝީދުއާއި ރައިސް ވަހީދު ކަންތައް ކުރެއްވި ގޮތް އެމިހުން ހަނދާން ހުރިކަމަށްއެބުނަނީ. އެކަމަކު ޝުކުރު ހައްގުވާ ފަރާތަށް ޝުކުރު އަދާ ނުކުރުމީ ވަރަށް ވަރަށް ހުތުރު ޢަމަލެއް.

    103
    1
  10. އަފީ

    ރައީސް ޔާމީނަށް ހިފެހެޓުމެއް ނެތް ސުކުރު މި އަތޮޅުގެ ކުޑަ ބޮޑު އެންމެހާ ލޮބުވެތި ރައްޔިތުންގެ ކިބައި ދަންނަވަން! ރައީސް ޔާމީން އަޅުގަނޑުމެންގެ އަތޮޅަށް ތިޔަ ގެނައި ބިޔަ އިންގިލާބީ ބަދަލް ބަލައިގަނެފިން! ސުކުރިއްޔާ ރައީސް ޔާމިން

    112
    1
  11. Anonymous

    މީ ތަރައްގީ ޔަޤީން ރައީސްގެ މަސައްކަތްޕުޅު.
    ޝުކުރިއްޔާ ރ. ޔާމީން. ޖަލަށްލާފާ އެހުޅުވާލީ ހިތުން ކުރެޑިޓް ނަގަށް. ރައްޔިތުން ނަކަށް ނޯޅެ ތަރައްޤީ ގެ ބާނީއެއް. ބަޔަކަށް ހަޖަމްނުވިޔަކަސް. މިސަރުކާރު ތަތްމަރުކާ ކަމުން ޤާބިލުކަން ނެތް ކަމުން ހުޅުވުން ލަސްވެސް އެވީ. މަޖްލިސް ހިތަކަށް ލިބުނީމަ ވެސް ޤައުމު ތަރައްޤީ ކުރުމުގެ ބަދަލުގައި ދީނާއި ދީނީ ޢިލްމުވެރިންނާއި ކުޅެވޭތޯ ވިއްޔަ އުޅެނީ. ލާދީނީ ބައިގަނޑު

    103
    2
  12. ޕުއްޕުޚާން

    ރައީސް ޔާމީން ގެ ދެމިހުންނަނިވި ހަދާން. ގައުމީ ހިދުމަތްބަޔަޔަކު ނުރުހުނަސް ހަގީގަތް

    109
    3
  13. މާފަރު

    ހަގީގަތް ނުފޮރުވާ ހައްގުވާ އެންމެނަށް މާފަރު ކައުންސިލުން ނޫސް ބަޔާނެއް ނެރެ ޝުކުރު އަދާ ކޮށްލުމަކީ ތާރީޚަށް ޓަކައި ކޮށްދެވޭ ކަމެއް.... ފަސްނުޖެހި ހަގީގަތް ހާމަ ކުރައްވާ ތިޔައީ ކުރީ ސަރުކާރުގެ ވެރިޔާ އާއި އަބޫދާބީއާއި އޮތް ގުޅުމުން ވީ ކަމެއް އަދި ސަންޓްރެވަލް އަތުން ތަން އަތުލާ ދިނީ އެހެންވެ ޝިޔާމު ރުޅިއަޔަސް ހެޔޮ ކަމަށް މާފަރުގެ ތަރައްގީ އަށް

    90
    2
  14. ހެޔޮ ވެރިކަން

    ޝުކުރިއްޔާ ރައީސް ޔާމީން! ތިޔައީ ދިވެހިން ދުވެހިރާއްޖެ ދުށް އެންމެ ގާބިލް އަދި އެންމެ ގިނަ ހިދުމަތްތައް ކޮށްދެއްވި ރައީސް. މާލެ ފިޔަވައި އެހެން ރަށްތަކަށްވެސް ގެނެސްދެއްވި ތަރައްގީ އަށް ޝުކުރިއްޔާ. ރަނގަޅަށް ކުރެވޭ ވެރިކަމެއްގެ ފޮނި މީރުކަން ވެރިކަން ނިމުމާއި އެކުވެސް ރައްޔިތުންނަށް ލިބޭނެ ކަމުގެ ފުރިހަމަ ހެއްކަކީ ތިއީ. އަދުގެ ސަރުކަށް 1 އަހަރު ފުރިއްޖެ. ނަމަވެސް އަދިވެސް ރައީސް ޔާމީން އިންދަވައިފާ އޮށްތަކުން ގަސްފަޅާ، އެ ގަސްތައް ހެދި ބޮޑުވެ، އޭގެ ފައިދާ ރައްޔިތުންނަށް ދަނީ ކުރަމުން. އަލްޙަމްދުލި ﷲ. މާތް ރަސްކަލާންގެ ރައީސް ޔާމީނަށް ދެރަގޮތެއް މިންވަރު ނުކުރައްވާށި. އާމީން.

    52
    1
  15. ހަޤީޤަތް

    ތިޔަ އެއަރޕޯޓް އެޅިފައި ތިޔަ އޮތީ މާފަރު ބަދީޢުގެ ވ ބުރަ މަސައްކަތުން.... ބަދީއުއަކާ ނުކުޅެވޭނެ....

    3
    52
  16. އާމިނަތު

    ސޯލިހް ވެރިކަމުގަ ފައްޓަވާ ސޯލިހްގެ ވެރިކަމުގަމާފަރު އެއާޕޯރޓް ނިންމާލައިިފު ސުކުރިއްޔާސޯލިހް
    ހާދައަވަހަކަށް ނިންމާލީ އެއާރޕޯޓް ނޫނޭ ކުޅަދާނަ ހީހީ ބަލިވެދާނެ

    46
    5
  17. އ މ ރ ބ

    ތި އެއަރޕޯރޓްގެ ހުރިހާ ކުރެޑިޓެއް ދޭންޖެހޭނީ ރައީސް ޔާމީނަށް.

    60
    2
  18. ޝުކުރިއްޔާ ރައީސް ޔާމިން

    މާތް ﷲ އަށް ހަމްދުކުރަން. އެއަށްފަހު، ރައީސް ޔާމީން އަށް ހިތުގެ އެންމެ ފުންމިނުން - ޝުކުރިއްޔާ. ހުރިހާ ޝުކުރެއް އަދުގެ ސަރުކާރަށް ކުރަންޖެހޭ ސަބަބެއްނެތް. ސިޔާސީ ކުލަ ޖެހުމުން ޝުކުރު ހައްގު ފަރާތައް އަދާކުރަން ކުޅަދާނަ ނުވީތީ ލަދުވެތިވާން ޖެހޭ. ދިވެހިރާއްޖެ އިނގެރޭސިންގެ ފަރާތުން ފުރިހަމައަށް މިނިވަން ވުމުގެ ޝުކުރުވެސް ފަހުން ވެރިކަންކުރި މީހުންނަށް އަދާ ކުރަންވީނު މިނިވަންކަން ގެއްލުވާ ނުލައޭ ކިޔާފަ؟ ރައްޔިތުންވެސް ހޭލަންޖެހޭ. ރައީސް ޔާމީން ގެނެސްދެއްވި ތަރައްގީ ބޭނުންވިއަސް ބަޔަކަށް މައްސަލައަކަށް މިވަނީ އަމިއްލަ ޕާޓީ ބޭފުޅަކަށް ނުވާތީ. މި ގައުމުގަ ހެޔޮ ވެރިކަން ކޮށްދެއްވި ވެރިންނަށް ކަން ކުރި ގޮތް ތާރީހުން ފެންނަން އެބަ އޮތް. ރައީސް އަމީނާއި ރައީސް ނާސިރަށް ބަޔަކު ކަންތައް ކުރި ގޮތުން އިބްރަތް ހާސިލް ކުރޭ. ވަރުގަދަ ޝަހުސިއްޔަތެއް ވިއްޔާ އެބޭފުޅަކާ އިދި ކޮޅުވެ، ނަން ހަޑިކުރަން މަސައްކުރާނެ ބަޔަކު އުޅޭނެ. ހަނދާން ކުރަންވީ ވެރިން ތިބެނީ ގައުމާއި ދީން ހިމާޔަތްކޮށް، ގައުމު ހިންގާ ރައްޔިތުންނަށް ހިދުމަތް ކޮށްދޭންކަން. މީހަކު ކިޔާހާ އެއްޗަކަށް ނުހެއްލި، ކޮންމެ ވެރިއެއްގެ އަމަލުތަކާއި ރައްޔިތުންނަށްވާ ފައިދާއަށް ވިސްނާފަ ކަނޑައަޅާ ކޮން ބައެއްތޯ ގައުމަށް ހިދުމަތް ކޮށްދެއްވީ.

    53
    2
  19. ޒާ

    ބަދީޢު ކަލޭ ތީ ލޮލަށް ދުންބުރާފާ ހުރި މީހެއްތަ ހަގީގަތް އޮޅުވާލާފައި ވާހަކަ ދައްކަނީ؟ ޝުކުރު ހައްގުވާ ފަރާތަށް ޝުކުރު ނުދަންނަވައި ކަލޭ ދައްކަން އުޅުނީ ކަލޭގެ މޮޅުކަމާއި މިސަރުކާރުން ކޮށް ދިން ކަމެއްގެ ގޮތުގައި. އެކަމަކު ނ. އަތޮޅުގެ ރައްޔިތުނަށް އަދި ކީއްކުރަން ރައީސް ޔާމީންގެ ޚިދުމަތް ދަންނަ އެކަކަށްވެސް ތީ ރައީސް ޔާމީނުގެ މަސައްކަޕެއްކަން އެނގޭނެ. ކަލޭ މިހާރު މާ ފުފިފާ އުޅޭނެ ކަމެއްނެތް.

    45
    1
  20. މުހައްމަދު

    ޔާމިނާ އި މިކަމާ އި އޮތީ ކޮންގުޅުމެ އް

    3
    54
  21. ކައްބެ

    ހުރިހާ ޝުކުރެއް ހައްގުވަނީ ރައީސް ޔާމީންއަށް މާފަރު ރައްޔަތުންގެ ފަރާތުން މާފަރު މީހެއްގެ ހައިސިއްޔަތުން ރައީސް ޔާމީނަށް ޝުކުރާ ސަނާބަރުތީލަކުރަނީ އުފަލުންނެވެ.

    53
    2
  22. އައިސް

    ހަޖަމް ނުކުރެވުނު މާފަރު އެއާޕޯޓު ކޮންމެ ސަރުކާރެއް އޮތަސްއެއާޕޯޓެއް ނެހެދޭނެ އޭރަކުއެއޮން ނަސަރުކާރަކާނުގުޅިއެއް މާފަރުގެ ކައުންސިއަށް އެއްދޮގުހަދައި ފިއްޔާ އެދޮގު ފުރިހަމަކުރަ ންސާޅީސްދޮގު ހަދަން ޖެހޭތޯއޭ ތިބޭފުޅާ މާފަރު އެއާޕޯޓޭކިޔާފަ އެބުހުތާން ބަޔާން ކިތަންމެދިގުކުރިޔަސް ހަޤީގަތަކީ ކޮބައިކަން ﷲދެނެވޮޑިގެން ވާކަ ން ހަމަނޭގެނީތޯއެވެ.

    32
    1
  23. ހަސީ

    ތިޔަ އެއަރޕޯޓްގެ އެއްވެސް ފައިދާއެއް ނ. އަތޮޅުގެ ހުޅަނގު ބިތުގެ ރަށްތަކަށް ނުކުރާނެ. ލޯންޗެއްގަ މާފަރަށްދާން 2000 ރުފިޔާދޭ. އިފުރަށް ދާންވެސް އެވަރުވާނެ.

    21
    4
    • މަނަދޫ މީހާ

      ކަލޭވެސް ޖެހޭނީ ހަމަ ދަތުރުކުރަން..

      3
      5
  24. އޮޅެކޮއްކޮވާ

    ގއ.ކޫއްޑޫގައިވެސް އޮތީ އެއަރޕޯޓެއް އަޅާފައެވެ. މުޅި އަތޮޅުގެ ހުރިހާ ފަޅުރަށެއް މަޝްހޫރު ވިޔާފަރި ޖަނާ (ބޮންދުން ފެލާ ޖަނާ ) އަށް ދީގެން ކޫއްޑޫގައި ހަދާފައިވާ އެއަރޕޯޓްގައި ޓްރޮލީ ގަޑެއް މިންވަރުވެސް ނެތެވެ. ތާރުގަނޑަކުން އެއަރޕޯޓެއް ފުރިހަމަވަންޏާ އެއޮތީ ފުރިހަމަވެފައެވެ. ހުވަދު އަތޮޅުގެ ފަޅުރަށްތަކާއި މުއްސަނދި ކަމަކީ އެ އަތޮޅުގެ ރަށްޔިތުންގެ ޙައްޤެކެވެ. ހުވަދޫ ރައްޔިތުންނަށް ބޭނުންވަނީ ހުރިހާ ވަސީލަތެއް ފުރިހަމައަށް ލިބޭ އެއަރޕޯޓެކެވެ. އެމަރޖެންސީގަ ގެންދާ މީހާ ޖެޓީ އިން ނަގައިގެން އެއަރޕޯޓާއި ހަމަޔަށް "ގާޑިޔަލުގަ" ގެންދަން ޖެހުނީމަ ޖަނާގެ ލަދުކޮބައިހެއްޔެވެ.

    7
    3
  25. ލ.

    ޝުކު ރިއްޔާ ރައީސްޔާމީން އަށާއި ޕޕމގެ ހިތް ވަރު ގަދަ ފަހުލަވާނުންނައް ވަރަށް ބޮނޑަށް ޝުކުރިއްޔާ ﷲ ރައީސްޔާމީނާއި އެމަނިކުފާނައް ތާއިދު ދުކުރާހުރިހާ ބޭފުޅުން ނައްހިއްވަރާއި ކެތްތެ ރިކަންދެއްވާށި އާމީން

    23
    1
  26. ލ.

    ސާ ބަހޭ ކައްބެ އަށް ވަރަށް ބޮޑަށް ކައްބެ އަށް ޝުކުރިއްޔާ ކައް ބެ އަށް ވވވ ސަލމް

    5
    2
  27. މަމް

    މީހުކު ނޫޅޭ ބަދީއު އާކު ޅޭކައް މީހަކު ކުޅެން އެއީ ކާކު ކުޅޭ ހިއްވާ ގޮތެއް ވެސް ހުންނަ ނަމަތާ ކުޅޭނީ ވެސް ދން ވ ރ ސލާމ

    10
    3
  28. ފާތުމަ.

    ބީތާވެފަތިއްބަސް ބޮޑުވަރު.ތީރައީސް ޔާމީންގެ އިގްތިސާދީ ސިޔާސަތުގެ އަލިގަދަ ދަންމަރެއް.މޮޔަނުގޮވާތިބެބަލަ ކިޔާނެ އެއްޗެއް ނެތިއްޔާ.

    19
    1
  29. މާފަރޭ

    ބަދީއްޔު ލަދު ގަންނަނީ ރައީސް ޔާމީނަށް ސުކުރު ދަންނަވަން.

    17
    1
  30. މަމް

    މާފަރު
    އެއާރޕޯޓާ
    އިނބޫ އާއޮތީ
    ކޮން ގުޅުމެއްތަ

    19
    1
  31. އަމާފަރު

    މާފަރު ކައުންސިލުން ރައިސްޔާމީނައް ޝުކުރު އަދާނުކުރުމުން އެނގެނީ އެމީހުންގެ ގޮތެއްފޮތެއް ނެއްކަން.

    19
    1
  32. ޝުކުރިޔާ

    އަޅުގަނޑު މެންގެ ޚިދުމަތްތެރި ރައީސް ރައީސްޔާމީންއައް ފައްފަށުންޝުކުރުދަންނަވަން ޝުކުރިޔާ ޝުކުރިޔާ ޝުކުރިޔާ
    ރައީސްޔާމީން

    18
    1
  33. އަލިފު!

    މި ލިޔުން ބުނާގޮތުން މިި އެއާރޕޯޓުގެމަސައްކަތް ފަށާފައި ވަނީ މައުމޫނުގެ ދައުރުގައެވެ. އެކަމަކު މާފަރަކީ އެމްޑީޕީގެ ރަށެކެވެ. އުނދަގޫ ބޮޑު އެތަކެއް އޮޅިތަކެއް ގިރާކުރި އިރުވެސް އެމްޑީީޕީގެ ވެރިކަމުގައި އޮތީ އެކަން ނުކުރެވިއެވެ ނަމަވެސް ހުއްޓުމެއްނެތި އެ އެއާރޕޯޓު ފުރިހަމަކޮށް ވުޖޫދަށް ގެނައުމަށް އެންމެ ފުރިހަމަގޮތުގައި ދޮރުހުޅުވައި ދެއްވި ހަމައެކަނި ރައީސަކީ ރައީސް ޔާމީނުކަން ވަރަށްސާފުކޮށް އެނގެއެެވެ. އެކަން މާފަރުގެ ރައްޔިތުން ހިތުގެއަޑިން ޤަބޫލު ކޮށްގެން ތިބިނަމަވެސް ދުލުން އެކަން ފާޅުނުކޮށް ދިވެހި ސަރުކާރަށް ޝުކުުރު އަދާކުރި ކުރުމަކީ މާފަރު ރައްޔިތުންގެ ސުންނަތާ ޚިލާފުކަމެކެވެ. އެެހެނީ އެގޮތައް މިކަން ދިމާވެެފައި ނެތްނަމަ މިއަދުގެ ޝުކުރު ދުުލުން ބޭރުވާނީ އެމްޑީޕީގެ ސަރުކާރަށް ޝުކުރު އަދާ ކުރުމުގެ އަޑެވެ. ގޮންޖެހުން ތަކަކާ އެކުވެސް 12 އަހަަރުގެ ތެރޭގައި ވެސް ނިމިގެން އެދިޔައީ ކާކުގެ ފުރިހަމަ މަސައްކަތުންކަންވެސް ވަރަށް ސާފު ސާފު ކޮށް އެނގެއެވެ. އެހެންވެ ވަރަށް ވަރަށް ބޮޑަށް ރައީސް ޔާމީނަށް ޙާއްޞަ ޝުކުރެއް ދަންނަވަމެވެ. ހަމައެފަދައިން އަބޫދާބީގެ ކުންފުންޏަށްސް ޝުކުރު ދަންނަވަމެވެ. އަދި އަދުގެ ސަރުކާރަށްވެސް ޝުކުރު ދަންނަވަމެވެ. ޝުކުރަން!

    12
    1
  34. މޭނާ

    ތިކަމުގެ ފޮނި މީރުކަމާއި ހިތްހަމަ ޖެހުމެއް ހޮޅުދޫ، ވެލިދޫ އަދި ފޮއްދޫ ރައްޔިތުންނަކަށް ނެތް..މާފަރަށް ފްލައިޓްގަ 750 ހަރަދު ކޮށްފަގޮސް އެނެއްކާ 2000 ހަރަދު ކޮށްފަ ރަށަށްދާންވީ..އެއީ މިރަށްތަކަކީ އަތޮޅުގެ ހުޅަގު ބިއްކަމަށްވާތީ އެއީ ހަމަ ވ ދުރު. އެއާރޕޯޓް އެޅިފަ ތިޔޮތީ އަތޮޅުގެ އިރުމަތީ ބިތުގަ..ކަންކުރާއިރު އަތޮޅު އެންމެނަށްވެސް ފަސޭހަވާނެ ގޮތެއް ވިސްނާނަމަދޯ!

    7
    3
  35. މާހިމް

    މާތް ﷲ ޢަށް ހަމްދުކުރަން. ކެތްތެރި ކަމުގެ މޭވާ ވ ފޮނިވާނެ. ރާއްޖޭގެ އެންމެ ފެެންވަރު ރަގަޅު އެއަރޕޯޓްސް ތެރޭ ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓް. އެންމެ އަގުބޮޑު ރިސޯޓްސްތެރޭ ނ.އަތޮޅު ރިސޯޓްސް. އެންމެ އަގުބޮޑު އަތޮޅު ނ އަތޮޅު. އެއަތޮޅަކަށް ރައީސް ޔާމީން ނިސްބަތްވާ ނ. އަތޮޅު. ސާބަހޭ ނ އަތޮޅު ރައްޔިތުން. އިންޝާ ﷲ ކުރިއަށް ކުރިއަށް...

    14
    1
  36. އިންސާފު

    ޒަމާނުއްސުރެ، ނ.އަތޮޅަށް އައިހާ ތަރައްޤީއެއް ބަނޑުއަޅާލީ ވެލި ހޮޅުދޫ މީހުން.. އިރުބިތް އޮތީ ހުސް ނ އެއްގެ ގޮތުގައި ފިލި ނުޖަހާ... މިއަދު މާފަރު އެއަރ ޕޯޓްގަ އޮޕަރެޝަން ފެށިގެން ދިއުމަކީ ނ.އަތޮޅުގެ އިރުބިތް ދިރިގެންދިޔަ ކަމެއް... ވެލި ހޮޅުދޫ އަށް ބަލައިގެން ނ. އަތޮޅު ތަރައްޤީއެއް ނުވާނެ. ނ.އަތޮޅުގެ ގިނަ ރައްތައް ހުރީ މާފަރާ ކައިރި ކޮށް. އެއަރޕޯތް އެޅީ އަތޮޅުގެ މެޖޯރިޓީއަށް ބަލާފަ... ކުރިން ވެލި ހޮޅުދޫ މީހުން އަތޮޅަށް އައި ތަރައްްޤީގެ ފޮނި ބޯލާ ހުސްކޮށްފި... ދެން އެހެން ނުހެދޭނެ... ނ. އަތޮޅުގެ ތަރައްޤީއަކީ އަދި މައި ހަބަކަށް ވާނީ ވެސް މުސްތަޤުބަލުގަ މާފަރު... މާފަރަށް ހިޖުރަކުރޭ... ނޯ ޗޮއިސް ބްރޯ..... ހަޖަމް ކުރާތި... ކުރިން ދިރުވާލިބައި ހޮޑަށް ނުލާތި... ބޮޑު ސުވާކާން ދެން ނޫޅޭތި.... ވ. ސަލާން

    3
    5
    • ޢައްދެ

      ވެލިދޫ ވަށައިގެން މިހާރުވެސް 3 އެއަރޕޯޓް އެބަ އޮތް ރ. ޢިފުރު، ޅ. މަޑިވަރު، ނ. މާފަރު..ކޮންމެ އެއްޗެކޭ ކިޔަސް އަތޮޅުގެ އެންމެ ތަރައްގީ ރަށަކީވެސް ޢާބާއަށް ބެލިޔަސް އެންމެ ކުރީގަ އޮތީ ހަމަ ނ.ވެލިދޫ.. ދެން އެއާރޕޯޓެއް އަޅާލާނީ ނ.ވިހަފަރުގަ. ރަންދެލި ރިސޯޓްވެސް އެންމެ ގާތުގަ އޮަތީ ވެލިދޫ..އަދި ރިސޯޓް އެކޮމަޑޭޝަންވެސް އޮތީ ވެލިދޫގަ..މޮޔަވެގެން ނޫޅެބިޔަދޯ..ވެލިދޫ ދާނީ އަބަދުވެސް އަތޮޅުގެ 1 ވަނަ އަށް..ސާފު ވެއްޖެތަ..ކަލޭމެން ފުަރަތަ ތަރައްގީ ވެބަލަ..އެއަރޕޯޓެއް އަޔަސް އަދި ކަމަކު ނުދާނެ.

      4
      1
    • ފާތުން

      ޢައްޗި ހިޖްރަ ކުރާށޭ..މޮޔަ ވެބަލަ ކަލޭ..ތިޔޮތީ ޢާކުކުޅަކަށް ގާބިހެއް އެޅިފަ..ވެލިދޫ ރައްޔިތުން ނުދާނެ މާފަރުގަ އުޅޭކަށް ދުވަހަކުސް..އެއީ ކަލެއަށް ހުވަފެނުންވެސް ފެންނާނެ ކަމެއްނޫން..އެއާރޕޯޓެއް އައިމަ ދެންވެސް މީހުން ތަރައްގީ ވެބަދޯ..ވެލިދޫ އަކީ އަބަދުވެސް އަތޮޅުގެ އެންމެ ތަރައްގީ ރަށް އަދި އާބާދީވެސް...... ދެންވެސްދާނީ ކުރިއަށް.. އިންޝާ ﷲ

      4
      2
      • ރައްޔިތުމީހާ

        ވެލިދޫ އަކީ މުޅި ނ.އަތޮޅުގަވެސް އެންމެ މީހުން ނުލަފާ ރަށް. މުޅި ނ.އަތޮޅަށް ވެސް މަސްތުވާތަކެތި ތަޢާރަފުވީ ވެލިދޫއިން..
        އެއީތަ ތަރައްޤީއަކީ...؟؟ ތީ ނަރަކަ ވެލިދޫ.

        1
        4
        • ހައްހައްހާ

          ކިޔޭނެ ހާވެސް އެއްޗަކީ ތިޔައީ. ކަލޭ ތިއޮންނަނީ މުސައްލަމަތީ ސަޖިދައިގަދޯ! ތިނޫން އެއްޗެކޭ ކިޔަންވެސް ނޭގޭނެ. ދުލު ކުރިޔަށް ތިނޫން ބަހެއްނާންނާނެ. ޖޭވާލެއް ބޮޑީ...ހަމަ ހިނިއަންނަނީ..ވެލިދޫ ބާރަށް ކުރިއަށް.

  37. ފައްރާރު

    ބަދީއުއަކީ އެކްޓިވެސްޓެއްވިޔަސް ހަގީފަތް ހާމަކުރަންވާނެ އޯ ދެކަލުން ކާރު ރޭސް ބަލާފަ ހުށައެޅުމެއް ދޮތަ އެ ނިންމާލީ .ހާދަ ފައްކަލޭ. . ބަޑީއުއަށް ހަލާކުހުރި. ދޮގުވެރިން ﷲ ވޮޑިގެންވާކަން ގަބޫލް ނުކުރޭ

    5
    1