އައިލެންޑް އޭވިއޭޝަނުން ހިންގާ، ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ޕައިލެޓް ޓްރެއިނިންގ ސްކޫލެއް އަޅާނެ ކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރިޒްވީ ވިދާޅުވީ، އެ އެއާޕޯޓްގައި ޓްރެއިނިންގ ފެސިލިޓީއެއް ގާއިމް ކުރުމަށް އެ ކުންފުނިން ވަރަށް ވިސްނުމެއް ގެންގުޅުއްވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ވަރަށް ބޮޑު ވިސްނުމެއް އެބަ އޮތް ޓްރެއިނިންގ ފެސިލިޓީތަކެއް ގާއިމް ކުރަން. އޭގެ ތެރޭގައި ޕައިލެޓް ޓްރެއިނިންގ ސްކޫލެއް. އަޅުގަނޑުމެންގެ އިންޖީނިއަރިންގގެ އެމްއާރްއޯ ފެސިލިޓީއެއް". ރިޒްވީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ފެސިލިޓީތައް ގާއިމް ކުރުމަށް ވަގުތުކޮޅެއް ނަގާފާނެ ކަމަށެވެ. ނަމަވެސް މިއީ މިހާރުވެސް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ ކަމެއް ކަމަށް ރިޒްވީ ވިދާޅުވިއެވެ.

ރާއްޖޭގައި ޕައިލެޓުން ޓްރެއިން ކުރާ ހަމައެކަނި ސްކޫލް ހުރީ އައްޑޫ ސިޓީ ގަމުގައެވެ. އެ ސްކޫލް ހިންގަމުން ދަނީ އޭޝިއަން އެކަޑަމީ އޮފް އެރެނޮޓިކްސް(އޭއޭއޭ) އިންނެވެ.

އެ ސްކޫލް މާފަރަށް ބަދަލު ކުރާނެ ކަމަށް އޭއޭއޭގެ ސީއީއޯ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރޮނޑާ

    އައްޑޫ އެއަރ ޕޯޓް ވެސް މާފަރައް ބަދަލު ކޮއްލާ. ކަލެއައްވާނެ. އާކޮޅުގައި ބައެއް މީހުން ތިފާޑައް ފާޓު ފުޅާވެގެން އުޅޭނެ.

    5
    2
  2. ރޮނޑާ

    އަސްލަމް ކަލޭ ތިހިރީ ބޮޑު ހުންޖެހިފަތަ؟.ކަލޭމެން އެންމެން ފާރު ބުޑައް ގިއްގެޅިފަ ތިއްބާ މުޅި އައްޑޫ ރައިއްޔަތުންނިކުމެ ގައިގަ ކަށި ބިންދާގެން ރެޢާއި ދުވާލު ކުރިމަސައްކަތުން ކަލެއައް ތިމަގާމައް އާދެވުނީމަ މިހާރު ކަލޭގެ ވިސްނުން ތިހިރީ ކަލޭގެ އެދުތަންދޮށުގައި. ކަލޭމެންގެ ނެތެއްނުން ލަދުހަޔާތުގެ ކަންފުޅެއްވެސް. ކަލޭ ތިމަގާމުން ދުރައްޖައްސަން އައްޑޫ ރައިއްޔަތުން ނިކުންނާނެ. އިބޫ ރާއްޖެ އައް އައުމުން ކަލޭގެ ޝަކުވާކުރާނެ.ކަލޭތީ މަސްލަހަތް ނަގާލަން އުޅޭ މީހެއް. ކަލޭވަށައިވެންވާ ވެށި ދަސްނުވެ ހުރި މީހެއް. ކަލޭ މިހާރުން މިހާރައް ތިމަގާމުން އިސްތިއުފާ ދިނުމައް ގޮވާލަން. ކަލޭ ތިސަކަރާތެއް ޖަހަން އުޅޭތާ ޒަމާންތަކެއްވެއްޖެ.
    ި

  3. މާހިމް

    މާތް ﷲ ޢަށް ހަމްދުކުރަން. ކެތްތެރި ކަމުގެ މޭވާ ވ ފޮނިވާނެ. ރާއްޖޭގެ އެންމެ ފެެންވަރު ރަގަޅު އެއަރޕޯޓްސް ތެރޭ ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓް. އެންމެ އަގުބޮޑު ރިސޯޓްސްތެރޭ ނ.އަތޮޅު ރިސޯޓްސް. އެންމެ އަގުބޮޑު އަތޮޅު ނ އަތޮޅު. އެއަތޮޅަކަށް ރައީސް ޔާމީން ނިސްބަތްވާ ނ. އަތޮޅު. ސާބަހޭ ނ އަތޮޅު ރައްޔިތުން. އިންޝާ ﷲ އަދިވެސް އަދިވެސް...