ސައުތް ޕާމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން އައްޑޫ ސިޓީގައި ތަރައްޤީކުރި ސައުތް ޕާމް ރިސޯޓު މޯލްޑިވްސް ހުޅުވައިފިއެވެ.

އައްޑު އަތޮޅު އިސްމެހެލާ ހެރާގައި ތަރައްޤީކުރި ސައުތް ޕާމް ރިސޯޓަކީ 240 ވިލާއާއެކު ތަރައްޤީކުރާ ރިސޯޓެކެވެ. އޭގެތެރޭގައި 110 ވޯޓަރ ވިލާއާއި 30 އޯޝަން ވިލާއާއި ވަކި 70 ކޮޓަރި ހިމެނެއެވެ. މީގެ ތެރެއިން އަދި ހުޅުވީ 130 ވިލާއެވެ. ބާކީ 110 ވިލާއަކީ ރިސޯޓުގެ ދެވަނަ ފިޔަވަހީގެ ދަށުން ތަރައްޤީކުރާނެ ވިލާތަކެކެވެ.

މި ރިސޯޓާއެކު އިސްމެހެލާ ހެރައާ ކައިރީގައި އޮންނަ ކެޑެވާހެރައާއި މި ރިސޯޓާއި ބްރިޖަކުން ގުޅާލައި ދެރަށުގައި ވެސް މޫދުކޮޓަރި ތަރައްޤީކުރެވިގެންދާނެކަމަށް ރިސޯޓު ހިންގާ ސައުތް ޕާމް މޯލްޑިވްސްއިން މަޢުލޫމާތުދެއެވެ.

މާލެ ފިޔަވައި ރާއްޖޭގެ އެންމެ އާބާދީ ބޮޑު އައްޑޫގައި އެކަށީގެންވާ ވަރަށް ފަތުރުވެރިކަން ތަރައްޤީ ވެފައި ނެތުމަކީ އެ ސިޓީ ރައްޔިތުންގެ ޒަމާންވީ ޝަކުވާއެކެވެ.

ސައުތު ޕާމް ރިސޯޓް ހުޅުވުމުން އައްޑޫގައި އޮތް ރިސޯޓްތަކުގެ އަދަދު ތިނަކަށް ވަނީ އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނާބުއަލީ

    ވަރަށް އާދައިގެ ފެންވަރުގައި ހަދާފަ ހުރި ތަނެއް

    3
    1
  2. Anonymous

    މިއީ ރ.ޔާމީނު ވީހާވެސް ގިނަ ދިވެހި ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށާއި އެރައުންޑު މޯލްޑިވްސް ތަރައްގީކުރުމުގެ ޕްލޭންގެ ދަށުން ހުޅުވުނު ރިސޯޓެކެވެ. ޢަދި ގައުމަށް ސަވާރުވި ގިނަ ވެރިން އައްޑޫ ތަރައްގީކުރަން ބޭނުންނުވުމުގެ ސަބަބުން އެއަތޮޅުގައިތިބި ތަހުޒީބު މަސައްކަތްތެރި ޢިލްމީ ހުނަރުވެރިންވަނީ ގޮތްހުސްވެ ބާކީވެފައެވެ.

  3. ޝާހް،ރ.ވާދޫ

    ޝްކުރިއްޔާ ތަރަށްގީގެ ބާނީ ރައީސް ޔާމީން.