މަޝްހޫރު ބްރޭންޑެއްކަމަށްވާ ޓީސީއެލް ބްރޭންޑްގެ ވަރަށް ވަރުގަދަ ފޯނެއްކަމަށްވާ ޓީސީއެލް ޕްލެކްސް ބާޒަރަށް މި ވަނީ ނެރަފައެވެ. އެ ބްރޭންޑްގެ ވަރުގަދަ ފޯން މި އަހަރު ސެޕްޓެމްބަރު މަސް ތެރޭގައި ނެރުނުއިރު، މިހާރު ރާއްޖެއިންވެސް މި ފޯން ލިބެން އެބަހުއްޓެވެ. މި ބްރޭންޑްގެ ފޯން ރާއްޖެއިން ލިބެން ހުރީ އެސްޓާސް އިންނެެވެ.

6.3 އިންޗީގެ ޑިސްޕްލޭއެއް އިންނަ މި ފޯނަކީ ދެ ސިމްވެސް ލެެއްވޭ ގޮތަށް ފަރުމާކޮށްފައިވާ، އެންޑްރޮއިން 9.0 އިންނަ ފޯނެކެވެ. 128 ޖީބީ ރޮމް އަދި 6 ޖީބީގެ ރެމެއް އިންނަ މި ފޯނަކީ މޯބައިލް ގޭމް ކުޅެން ބޭނުންވާ ފަރާތްތަކުން ގަނެލުމަށް އެންމެ ރަނގަޅު އަދި އެންމެ ވަރުގަދަ ފޯނު ކަމާއި މެދު ޝައްކުވެސް ކުރާނެ ކަމެއް ނެތެވެ. މި ފޯންގައި އިންނަނީ ސްނެޕްޑްރެގަން 675ގެ ޕްރޮސެސާއެކެވެ.

އަދިި މި ފޯނަކީ ފަހުގެ އެންމެ މޮޅު ފޯންތަކާއި އެއް ފެންވަރުގެ، ކޮލެޓީ ފޯނެކެވެ.

އެސްޓާސްއިން ވިއްކާ މޮޅު ޓީސީއެލް ޕްލެކްސް ފޯނު - ވަގުތު އިމޭޖްސް: އަޝްހާދު އަބްދުﷲ

މިއީ ވަރުގަދަ ކެމެރާއެއް އިންނަ ފޯނެއްކަންވެސް ފާހަގަކޮށްލަން ޖެހެއެވެ. މި ފޯނުގެ ފަހަތުގައި ތިން ކެމެރާ އިނދެއެވެ. އެއީ 48 މެގަޕިކްސަލް ކެމެރާއަކާއި، 16 މެގަޕިކްސަލް ކެމެރާއެއްގެ އިތުރުން، ދެ މެގަޕިކްސަލް ކެމެރާއެކެވެ. އެހެންކަމުން މި ފޯނުގެ ފޮޓޯ ކޮލެޓީވެސް އެހާމެ މޮޅުވެފައި ރަނގަޅުވާނެއެވެ.

އެސްޓާސްއިން ވިއްކާ މޮޅު ޓީސީއެލް ޕްލެކްސް ފޯނު - ވަގުތު އިމޭޖްސް: އަޝްހާދު އަބްދުﷲ

މި ފޯނުގެ ސެލްފީ ކެމެރާގައި 24 މެގަޕިކްސަލް ހުންނައިރު، މިއީ ސެލްފީ ނަގާ ފަރާތްތަކުން އެންމެ ބޭނުންވާނެ އެއް ފޯނެވެ.

މީގެ އިތުރުން، މި ފޯނުގެ ބެޓަރީއަކީވެސް ވަރުގަދަ ބެޓަރީއެކެވެ. 3820 އެމްއޭއެޗްގެ ބެޓަރީއެއް މި ފޯނުގައި އިންނާނެެވެ.

އެސްޓާސްއިން މި ފޯނު މިހާރު ވިއްކަމުންދާއިރު، ފޯނުގެ އަގަކީ، 5999 ރުފިޔާއެވެ.

މި ބްރޭންޑްގެ ފޯނުގެ އޮބްސައިޑިއަން ބްލެކް އަދި އޮޕަލް ވައިޓް މިހާރު ދުނިޔޭގެ ބާޒާރުން ލިބެންހުއިރު، އެސްޓާސް އިންވެސް މި ކުލަތައް ލިބެން ހުންނާނެއެވެ.

އެސްޓާސްއިން ވިއްކާ މޮޅު ޓީސީއެލް ޕްލެކްސް ފޯނު - ވަގުތު އިމޭޖްސް: އަޝްހާދު އަބްދުﷲ

އެސްޓާސް އިން އަންނަނީ ޓީސީއެލްގެ ފޯނުގެ އިތުރުން މި ބްރޭންޑުގެ އެއާކޮންޑިޝަނަރ އާއި ޓީވީވެސް ވިއްކަމުންނެވެ. ހެޔޮ އަގުގައި ލިބޭ މި ބްރޭންޑުގެ ޕްރޮޑަކްޓުތަކަކީ، މައްސަލަޖެހުން ކުޑަ އަދި ގިނަ ދުވަހަށް ބޭނުންކުރެވޭ، ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ މޮޅު ޕްރޮޑަކްޓްތަކެވެ.