އޮރެންޖް މާޓްގެ މިއަހަރު ރަމަޞާން މަހު ޕްރޮމޯޝަންގެ އެންމެ ސަރަފުވެރި ވަނަ ކަމުގައިވާ އުމްރާ ދަތުރު އަށް ހޮވުނު މަރިޔަމް ނަތާޝާ އާއި އިނާމު ހަވާލުކޮށްފިއެވެ.

ނަތާޝާއަށް ގުރުއަތުން ލިބުނު އުމްރާ ދަތުރު ޙަވާލުކޮށް ދެއްވީ ޤިބްލް ޙައްޖު ޢުމުރާ ގުރޫޕްގެ މެނޭޖިން ޑައިރެކްޓަ އަލްފާޟިލް ޔާމީން އިދްރީސްއެވެ. ގުރުއަތުން ދެވަނަ ވަނަ އަށް ހޮވުނު ފަރާތް ކަމުގައިވާ އިންޝާ އަޙްމަދު އާޒިމް އަށް 43 އިންޗީގެ ޓީވީ ޙަވާލުކޮށްދެއްވީ ފެކްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރ އައިމިނަތު ނީޝަމް ނިޔާޒެވެ. މި ޕްރޮމޯޝަންގެ 3 ވަނަ އަށް ހޮވުނު އަޙްމަދު ސިނާޒް އަށް އިނާމް ޙަވާލުކޮށް ދެއްވީ ޑެވިނިއޯ ޕްރައިވެޓް ލިމިޓެޑްގެ ހެޑް އޮފް އޮޕަރޭޝަންސް އަލްފާޟިލާ އާމިނަތު ޝަހާނާ އެވެ.

އަލިކިލެގެފާނު މަގު، އާކަކާގޭ 1، ގައި ހުންނަ އޮރެންޖް މާޓުގައި ރޭ ކުރިއަށް ގެންދިޔަ ހަފްލާ އަކީ 1440 ވަނަ އަހަރުގެ ރަމަޞާން މަހު އޮރެންޖް މާރޓް އިން ކުރިއަށް ގެންދިޔަ "ރޯދަ ހަދިޔާ" ގެ ނަސީބްވެރިންނާއި، އިނާމް ހަވާލު ކުރުމަށް ބޭއްވި ހަފްލާއެކެވެ.

"އޮރެންޖް މާރޓް" އިން އަންނަނީ ތަފާތު ޕްރޮމޯޝަންތައް ކުރިއަށް ގެންދަމުންނެވެ. އޮރެންޖް މާޓު ފިހާރައަކީ އެއް ތަނަކުން ގިނަ އެއްޗެހި ގަންނަން ބޭނުން ނަމަ ޒިޔާރަތްކޮށްލައްވަން ރަނގަޅު ތަނެކެވެ. މިފިހާރައަކީ އާންމުގޮތެއްގައި ގޭތެރެއަށް ބޭނުންވާނެ ހުރިހާ ސާމާނެއް ލިބެން ހުންނާނެ ފިހާރައެއްކަމަށާއި ފިހާރައިގެ ދެވަނަ ފްލޯރގައި ކޮސްމެޓިކްސްގެ ބާވަތްތައްވެސް ލިބެން ހުންނާނެކަމަށް އޮރެންޖް މާރޓް އިން ވަނީ މަޢުލޫމާތު ދީފައެވެ. އަދި މީގެ އިތުރުންވެސް ތަފާތު ބާވަތްތަކުގެ މުދާ މިފިހާރައިން ލިބެން ހުންނާނެކަމަށް އެ ފިހާރައިން މައުލޫމާތު ދެއެވެ.