ށ. ފުނަދޫގައި ތަރައްގީ ކުރަމުންދާ ޑޮމެސްޓިކް އެއާރޕޯޓުގެ މަސައްކަތް ނިންމައި، ހިދުމަތް ދިނުމަށް ތައްޔާރުވެއްޖެއެވެ.

ޓްރާންސްޕޯޓްގެ އޮފިޝަލަކު "ވަގުތު" އަށް މައުލޫމާތު ދެމުން ވިދާޅުވީ، އަންނަ މަހުގެ 15 ގައި ފުނަދޫ އެޔާރޕޯޓް ހުޅުވުމަށްޓަކައި ގާތްގަޑަކަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ނިމިފައި ވާކަމަށެވެ.

"އަންނަ އަހަރުގެ ޖެނުއަރީ 15ގައި ފުނަދޫ އެޔާރޕޯޓް ހުޅުވުމަށް ޓާގެޓް ކުރެވިފަ އޮތީ. މިހާރު އެޔާރޕޯޓްގެ މަސައްކަތްތައް ވަނީ ގާތްގަޑަކަށް ނިމިފަ. މިހާރު ކުރިޔަށް ދަނީ ޓާރމިނަލްގެ މަސައްކަތާއި މުވައްޒަފުން ނެގުމުގެ މަސައްކަތް." އޭނާ ވިދާޅުވިއެވެ.

މީގެކުރިން ޓްރާންސްޕޯޓު މިނިސްޓްރީ އިން ބުނެފައިވަނީ މިއަހަރުގެ އޮގަސްޓް މަހު ތެރޭ ފުނަދޫ އެއާޕޯޓަށް ދަތުރުތައް ފަށާނެ ކަމަށެވެ. އެހެން ނަމަވެސް މި މުއްދަތު ފަހަނަ އަޅައި ދިޔައިރުވެސް އެޔާރޕޯޓް ހުޅުުވާފައެއް ނުވެއެވެ.

ފުނަދޫ އެއާޕޯޓަށް ބޭނުންވާ މުވައްޒަފުން ހޯދަން ރީޖަނަލް އެއާޕޯޓްސް އިން މިހާރު ވަނީ އިއުލާނުކޮށްފައެވެ. އަދި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކާއި މިހާރު އިންޓަވިއުތައް މިހާރު ދަނީ ކުރަމުންނެވެ.

"މިހާރު ކުރިޔަށްދާ މަސައްކަތަކީ އެޔާރޕޯޓްގެ އެކި ވަޒީފާތަކަށް މީހުން ނެގުމާއި އިންޓަވިއު ކުރުން. މުވައްޒަފުން މަދުވާނަމަ އަލުން ވަޒީފާއަށް އިއުލާނުކުރެވިގެން ދާނެ."އޮފިޝަލް ވިދާޅުވިއެވެ.

ފުނަދޫގައި ތަރައްގީކޮށްފައިވާ މި އެއާރޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި، އެއާޕޯޓްގެ ރަންވޭގެ މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީ އިންނެވެ.

އެއާޕޯޓުގައި ގާއިމްކޮށްފައިވާ ރަންވޭ އަކީ 1200 މީޓަރު ދިގު، އަދި 30 މީޓަރު ފުޅާ ރަންވޭއެކެވެ. އަދި ޓެކްސީވޭގައި 90 މީޓަރު ހުރެ އެވެ. މީގެއިތުރުން އޭޕްރަންގެ ފުޅާމިނުގައި 50 މީޓަރު އަދި ދިގު މިނުގައި 150 މީޓަރު ހުރެ އެވެ.

މާފަރު އެއާޕޯޓަށް ދަތުރު ފަށަން ތައްޔާރުވެފައިވާއިރު، ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވައި މިމަހުގެ އެއްވަނަ ދުވަހު ވަނީ ދަތުރުތައް ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރަށުމީހާ

    ރަށުގެ ގުދުރަތީ ރީތިކަން ދައްކަައިދޭ ރީތި ޖަޒީރާ ވަންތަ ތުނޑި ހަލާކުކޮށް އެތަށް ފައިދާ އެއްލިބެން އޮތް ބީޗް ނެތިކޮށް އެޅި އެޔާޕޯޓް އިން ރަށަށް ވަންނަ އާމްދަނީއިތުރުވާނެ ކަމަށް އުއްމީދުކުރަން

    4
    5
  2. މަނަދޫ

    ކަލޭނޭ މަހީކުރީ ގއމަނަދޫގަ އެއަރޕޯޓެއް އެޅީކަމަށް
    ށުކުރިއްޔާ ރޔ

  3. ޝާހް، ރ.ވާދޫ

    ޝްކުރިއްޔާ ރައީސް ޔާމީން. މިސަރުކާރުން އަދިވެސް ރިބަންކަނޑަމުން މިދަނީ ރއީސް ޔާމީނުގެ ބުރަމަސައްކަތުގެ ފޮނި ރިބަން. 1 އަހަރުވީއިރު ދައުލަތުގެ ބަޖެޓް ދިރުވާލުން ނޫންކަމެއް، ރައްޔިތުން ވާވައްދަން އަނގަތެޅުން ނޫންކަމެއް މިސަރުކާރަކަށް ނުކުރެވޭ.

    17
  4. ކާޅުކެއަސް ސޮއްނުގޮވާ

    ޜައީސް ޔާމީން ގެނެސްދީފައިވާ ތަރައްގީ ރައްޔިތުންނަށް ފެނިދާނެތީ ލަދުން ރަސްމީކޮށް ހުޅުވާން ނުކެރުނު ތަންތަން:
    1- ދަރުމަވަންތަ ހޮސްޕިޓަލް
    2- އައްޑޫ ޓާޝަރީ ހޮސްޕިޓަލް
    3- ހުޅުމާލް ފޭސް 2 ގެ ފްލެޓްތައް
    4- ށ. ފުނަދޫ އެއަރޕޯޓު

    10
    1