ސިލްކް ވުޑް އިން އެންމެ ފަހުން ނެރުނު ސިލްކް ވޫޑީ އަތަރު، ރާއްޖޭގެ އެންމެ ފުރަތަމަ އަތަރު ބްރޭންޑް އޫދް އަލް ސަބާޔާއިން މިރެއިން ފެށިގެން ލިބެން ހުންނާނެ ކަމަށް އޫދް އަލް ސަބާޔާގެ ފިހާރައިން ބުނެފިއެވެ.

ސިލްކް ވުޑް އަތަރު ރާއްޖެއަށް ތައާރަފްކޮށް ވިއްކަން ފެށީ އޫދް އަލް ސަބާޔާއިންނެވެ. 2016 ވަނަ އަހަރު މި އަތަރު އޫދް އަލް ސަބާޔާއިން ތައާރަފް ކުރުމާއިއެކު މި އަތަރަކީ ގިނަ ދިވެހިން ގަޔާވާ އަދި އެހާމެ މީރުވަސް ދުވާ އަތަރެެކެވެ.

ސިލްކް ވުޑް އަތަރު ރާއްޖެއިން އެއިރުން ފެށިގެން ލިބެން ހުރީ ހަމައެކަނި އޫދް އަލް ސަބާޔާއިންނެވެ. ރާއްޖޭގައި ސިލްކް ވުޑް އަތަރު ނުދަންނަ މީހުން ވަރަށް މަދުވާނެއެވެ. މިއީ ފިިރިހެންވަންތަ ވަހެއް ހުންނަ، ވަރަށް ފިރިހެން ވަހެއް ހުންނަ އަތަރެކެވެ.

އޫދް އަލް ސަބާޔާއިން ބުނީ، ސިލްކް ވޫޑީ އަތަރު މިރޭ 20:00 އިން ފެށިގެން އޫދް އަލް ސަބާޔާގެ އައުޓްލެޓްތަކުން ލިބެން ހުންނާނެ ކަމަށެވެ.

މިއީ ދެ ދުވަސް ވަންދެން ވަސް ހުންނަ، އެހާމެ މީރުވަސް ދުވާ އަތަރެކެވެ. މި އަތަރު ގަމީހުގައި އުނގުޅުމަށްފަހު، ގަމީސް ދޮވެ އިސްތިރިކުރާއިރު، ގަމީހުން އެ ވަސް ފިލައިގެން ނުދާކަމަށް، މި އަތަރު ބޭނުން ކުރާ މީހުން ބުނެއެވެ.

އޫދް އަލް ސަބާޔާއިން ދަނީ، ސިލްކް ވުޑްގެ އަތަރުގެ އިތުރުން، ސެންޓާއި ލޯޝަންވެސް ވިއްކަމުންނެވެ.

މިރޭ ތައާރަފްކުރާ ސިލްކް ވުޑީ އަތަރު އޫދް އަލް ސަބާޔާގެ މިރިޔަސް މަގުގައި ހުންނަ މާލެ ފިހާރަ އިންނާއި، ހުޅުމާލެ ނިރޮޅު މަގުގައި ހުންނަ ގްލާންޒް ބައި އޯއޭއެސް ފިހާރައިން ލިބެން ހުންނާނެއެވެ.

ރާއްޖެއަށް މަޝްހޫރު ބްރޭންޑްތަކުގެ އަތާރައި ސެންޓް އަދި ލޯޝަންގެ އިތުުރުން އަމިއްލަ ބްރޭންޑްތަކުގެ އަތަރާއި ސެންޓް އަދި ލޯޝަނާއި، އެއާ ފްރެޝްނާ ވިއްކަމުން އަންނަ އޫދް އަލް ސަބާޔާއަކީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިންގެ އިތުބާރު ހޯދާފައިވާ މަޝްހޫރު ބްރޭންޑެކެވެ.

އޫދް އަލް ސަބާޔާގެ ފޯން ނަމްބަރަކީ 9495757 އެވެ.