އެކި ވައްތަރުގެ ސްމާޓް ފޯނާއި، އެ ފޯންތަކާއި ގުޅުން ހުރި އެސެސަރިސްތައް މާލެ އިން އެންމެ އަގުހެޔޮކޮށް ލިބެން ހުރީ ސުޕަރ މޯބައިލުންނެވެ. އެ ފިހާރައިން ނަން ހުސްކޮށް، ހުރިހާ މަޝްހޫރު ބްރޭންޑްތަކުގެ ފޯންތައް ލިބެން އެބަ ހުއްޓެެވެ.

އެ ފިހާރައިން ލިބެން ހުންނަ ފޯންތަކުގެ ބްރޭންޑްތަކުގެ ތެރޭގައި، ސެމްސަންގ، އައިފޯން، ޒިއޯމީ، ފަަދަ މަގްބޫލު ބްރޭންޑްތަކުގެ އެންމެ ފަހުގެ ފޯންތައް ހިމެނެއެވެ. މީގެ އިތުރުން، އެ ފިހާރައިން އެއާޕޯޑް، އަދި ޓެބްލެޓް އަދި ފޯންތަކުގެ ކަވަރު ފަދަ އެއްޗެހި ލިބެން ހުންނާނެއެވެ.

މިހާރުވެސް އެ ފިހާރައިން ދަނީ އައިފޯން 11 ޕްރޯގެ ފޯންތަކުގެ އާ ސްޓޮކެއް ގެނެސް ވިއްކަމުންނެވެ.

އެ ފިހާރައިން ވިއްކާ ފޯންތައް އެހެން ފިހާރަތަކަށްވުރެ އަގުހެޔޮވާއިރު، އެ ފިހާރައިން ކަސްޓަމަރުންނަށް ޑިސްކައުންޓްވެސް ދެއެވެ. އަދި އިންސްޓޯލްމެންޓަށްވެސް ފޯނު ދޫކުރެއެވެ.

މީގެ އިތުރުން، އެ ފިހާރައިން ފޯނު މަރާމާތު ކުރުމުގެ ބައެއް ހިދުމަތްވެސް ދެމުން ގެންދެއެވެ. އެގޮތުން ފޯނުގެ ޑިސްޕްލޭ ބަދަލު ކުރުމާއި، ބެޓަރީ ބަދަލު ކުރުމާއި، ޗާޖިންގ ޕޯޓް ބަދަލު ކުރުމާއި، އައިސީ ބަދަލު ކުރުމާއި، ކެމެރާ ބަދަލު ކުރުމުގެ އިތުރުން ސްޕީކަރު ބަދަލު ކޮށްދިނުމުގެ ހިދުމަތްތައް އެ ފިހާރައިން ދެމުން ގެންދެެއެވެ. އަދި މީގެ އިތުރުން، އެ ފިހާރައިން ފޯނަށް ދިމާވާ ބޮޑެތި މައްސަލަތައް ހައްލުކޮށްދޭނެއެވެ.

އެ ފިހާރައިން ވަނީ، ޗުއްޓީއާ ދިމާކޮަށް މަލެ އައިސްގެން އުޅޭ ފަރާތްތަކަށް އަގުހެޔޮކޮށް ފޯނު މަރާމާތުކޮށްދެވޭނެ ގޮތްވެސް ހަމަޖައްސާފައެވެ.

އަލިކަލޭގެފާނު މަގު، ބޮޑުރަސްގެފާނު މަގު ކަންމަތީގައި ހުންނަ ސުޕަރ މޯބައިލް ފިހާރައާއި ގުޅޭނެ ނަމްބަރަކީ 7519966 އަދި 9918006 އެެވެ. މި ނަމްބަރުތަކަށް ގުޅައިގެން ނުވަތަ ވައިބަރ ކޮށްގެން ބޭނުންވާ ފޯނެއް ޑެލިވަރ ކޮށްދިނުމުގެ ހިދުމަތްވެސް ލިބިގެން ދާނެއެވެ.