ސައުތު އޭޝިއަން ގޭމްސްގައި ދިރާގުގެ ބްރޭންޑް އެމްބެސެޑަރު ހަސަން ސާއިދު އަށް ލިބުނު ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން އޭނާއަށް އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދީފިއެވެ.

ސާއިދުގެ ކާމިޔާބީ ފާހަގަ ކުރުމަށް މިއަދު ދިރާގު ހެޑްހޮފީހުގައި ބޭއްވި ހާއްސަ ހަރަކާތުގައި ދިރާގުން ވަނީ ސާއިދު އަސް ހިތްވަރު ދިނުމުގެ ގޮތުން 100،000 ރުފިޔާ ހަދިޔާކޮށްފައެވެ. އެ ރަސްމިއްޔާތުގައި އޭނާއަށް މަރުހަބާ ކިޔާފައިވަނީ އޮރެންޖު ކާޕެޓުގައެވެ. އެއް ލައްކަ ރުފިޔާގެ އިތުރުން ދިރާގުން ވަނީ އޭނާއަށް 5ޖީ މޯބައިލް ހިދުމަތް އެކްސްޕީރިއަންސް ކޮށްލުމަށް 5ޖީ މޯބައިލް ހޭންޑް ސެޓެއްވެސް ހަދިޔާކޮށްފައެވެ.

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ސާއިދަކީ ސައުތު އޭޝިއާން ގޭމްސްގެ 35 އަހަރުގެ ތާރީހުގައި ރާއްޖެއަށް އެ މުބާރާތުން ރަން މެޑަލެއް ހޯދައިދިން ފުރަތަމަ އެތްލީޓެވެ. ސާއިދު ވަނީ މިއަހަރުގެ ގޭސްމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދާފައެވެ. އެއާއެކު އޭނާ ވަނީ ސައުތު އޭޝިއާގެ އެންމެ ބާރު ދުވުންތެރިޔާއަށް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ?ރޮނޑާ

    ދިރާގުން ސްޓަންޓެއް ޖައްސާލީތާ. ސިކުންތެއްގެ ތެރޭގޢި ރައިއްޔަތުން އަތުން ހަދިޔާ ކުރި އަދަދުގެ އެތައްގުނައެއް ދަމައި ގަންނާނެ.ކީއްކުރަންތަ ދިރާގު ކަހަލަ ފީކަޅާ ކުންފުނި ތަކުން ދޭ ފައިސާ ފޮތީ ގަ އަތްލަނީ. މަ ނަމަ މީޑިއާ ކުރި މަތީގަ ބުނާނަން މަށެއް ބޭނުމެއް ނޫނޭ.