މާދަމާއިން ފެށިގެން ލ. އަތޮޅާ ހުވަދޫ އަދި އައްޑު އަތޮޅު ވައިގެމަގުން ގުޅާލުމަށް ނިންމައިފައިވާކަމަށް މޯލްޑިވިއަން އިން ބުނެފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން މޯލްޑިވިއަން އޮޕަރޭޓް ކުރަމުން އަންނަ އައިލެންޑް އޭވިއޭޝަނުގެ ޕަބްލިކް ރިލޭޝަންސް އޮފިސަރ މޫސާ ވަސީމް ވިދާޅުވީ، މާދަމައިން ފެށިގެން އެ ދަތުރުތައް ފެށުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެދަތުރުތައް ފެށުމުން ލ. ކައްދޫއިން ވެސް ސ. ގަމަށް ދަތުރު ކުރާނެ ކަމަށާއި، އައި ގދ. ކާޑެއްދޫ އަދި، ގއ. ކޫއްޑޫއިންވެސް ދަތުރުތައް ސ. ގަމަށް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މޫސަ އިތުރަށް ވިދާޅުވީ ގަމަށް ކޮންމެ ދުވަހަކު ދަތުރުތައް ކުރަމުން ދާނީ ލ. ކައްދޫއިން އެކަނި ކަމަށެވެ. އަދި ހުވަދު އަތޮޅުން ކުރާނީ ހަ ދަތުރެއް ކަމަށާއި އެއީ ކޫއްޑުއިން ތިން ދަތުރު އަދި ކާޑެއްދޫއިން ދެދަތުރު ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާއި ގުޅޭގޮތުން "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން މޯލްޑިވިއަންގެ އެމްޑީ މުހައްމަދު ރިޒްވީ ވިދާޅުވީ، ދެކުނުގެ އަތޮޅުތަކަށް ޝެޑިއުލް ދަތުރުތައް ފެށުމަކީ، އެ ސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ލުއިފަސޭހަ ވެގެންދާނެ ކަމެއް ކަމަށާއި، އަދި އާއިލާތަކުގެ ކައިރިއަށް ދިއުމަށްވެސް ފަސޭހަވެގެން ދިއުމުގެ އިތުރުން މީގެ ކުރިން މިދަތުރުތަކަށް ކުރަން ޖެހުނު ހޭދަވެސް ކުޑަވެގެން ދާނޭ ކަމެއް ކަމަށެވެ.

"‎އަޅުގަނޑުމެންގެ ޝެޑިއުލް ދަތުރުތައް ދެކުނު އަތޮޅުތަކުގެ ތެރޭގައި ފެށުމުން އެސަރަހައްދުގެ ރައްޔިތުންނަށް ލުއިފަސޭހަވެ އާއިލާއާއި ދުރުގައި މަސައްކުރާ މީހުންނަށްވެސް ފަސޭހަވެގެންދާނެ. އަވަސް އަދި ފަސޭހަ ދަތުރެއްގައި އާއިލާ ކައިރިއަށް ދެވުމާއެކު މި ދަތުރު ކުރުވެ، ކުރަންޖެހޭ ހޭދަވެސް ކުޑަވެގެން ދާނެ" އެމްޑީ ރިޒްވީ ވިދާޅުވިއެވެ.

މޯލްޑިވިއަން އިން މައުލޫމާތު ދިން ގޮތުގައި މާދަމާގެ ދަތުރުތަކުގެ ޓިކެޓު މިހާރު ވަނީ ވިއްކަން ފަށާފައެވެ.

ގަން އިންޓަނޭޝަނަލް އެއާރޕޯޓު ހިންގަމުން ދަނީ އޭއައިއޭ ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. ނަމަވެސް މިއަދާއި ހަމައަށް އައިއިރުވެސް އިންޓަރނޭޝަނަލް މާރކެޓުން ފުރުޞަތުތައް ހޯދާއި، އެ އެއާރޕޯޓު ތަރައްޤީ ކުރުމަށް މާ ގިނަ މަސައްކަތްތަކެއް ކުރެވިފައިނުވާކަން ފާހަގަ ކޮށްލެވެއެވެ. ގަން އިންޓަރނޭޝަނަލް އެއާރޕޯޓުން ބޭރުގެ ޤައުމަކަށް ހަމައެކަނި ދަތުރު ކުރަނީ ލަންކާއަށް އެކަންޏެވެ. އެހެންކަމުން، އައިލެންޑް އޭވިއޭޝަނުން މިހާރުވެސް ދެއްވަމުން ގެންދަވާ ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަމާއި އެކު، ބޭރުގެ މާރކެޓުން ގިނަ ފުރުޞަތު ހޯދުމުގެ މަސައްކަތް ކުރެވިއްޖެ ކަމަށްވާނަމަ، ގަން އިންޓަރނޭޝަނަލް އެއާރޕޯޓަކީވެސް ރަނގަޅު ޢާމްދަނީއެއް ހޯދި، އަދި އެތަނުގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެ އެއާރޕޯޓަކަށް ވެގެންވާނެ ކަމަށް ޤަބޫލުކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ގުއިސަރު

  ލޯކަލް ކައުންސިލަށް ރައްޔިތު މީހާބޮލަށް ސަވާރުވާން ޖަހާ ބިސްމަޅި. ކަލޭމެންގެ ރޭވުން ކަލޭމެނަށްވުރެ އަހަރުމެނަށް މާބޮޑަށްވެސް އެގެއެވެ.

  14
  1
 2. ވަގުތު

  ކާޑެއްދޫ އަދި ކޫއްޑޫ އިން އިން މާލެ އަންނަ އެންމެން ގަމުގަ ޓްރާންސިޓް ވެފަ އަންނަން ޖެހޭނީ.

 3. އައިސް

  ފަސޭހަކަމާއެކެ އެއްރަށް އަނެއްަށާއި ގުޅާލުމުގެ މަގު ތަނަވަސް ކޮށްދެއް ވީތީ ރައީސްޔާމީން އަށް ހެޔޮހިތުން ޝުކުރުދަންނަވަމެވެ ﷲ ރައީސްޔާމީން އަށް ހުރިހައި ގޮތަކުންވެސް ރަ ގަޅު ގޮތް މެދުވެރި ކުރަށްވާށިއެވެ. އާމީން

  2
  2