އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނުގެ ދަށުން 32 ކުންފުންޏެއް އުވާލައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިދިޔަ ހަފްތާ ތެރޭގައި ނެރުނު އިއުލާނެއްގައި ވަނީ، މިނިސްޓްރީއަށް ރެޖިސްޓްރީކޮށްފައިވާ އަމިއްލަ 32 ވިޔަފާރި، ގާނޫނުގެ ދަށުން މިހާރު ބާތިލުކޮށްފައިވާ ކަމަށެވެ.

އެ މިނިސްޓްރީން އުވާލި، ވިޔަފާރިތަކުގެ ތެރޭގައި ފިހާރަތަކާއި ތަފާތު މާޓުތައް ހިމެނެއެވެ. އެ ކުންފުނިތައް މިދިޔަ މަސް ތެރޭގައި އުވާލިއިރު، އެ 32 ކުންފުންޏަކީ 2015 ވަނަ އަހަރު އުފައްދާފައިވާ ކުންފުނިތަކެކެވެ.

މި ކުންފުނިތައް އުވާލުމުގެ ކުރިން، އެކަން އާއްމުކޮށް އަންގާ އިއުލާނު ކުރިއެވެ. އެގޮތުން މި ކުންފުނިތަކަކީ ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ނުކުރާތާ އަހަރުތަކެއް ވެފައިވާތީ އެ ކުންފުނިތަކެއް ކަމަށެވެ.

އެ މިނިސްޓްރީން މިދިޔަ މަހު ވަނީ އަހަރީ ފީ ނުދައްކާ 1000 ކުންފުންޏެއް އުވާލަން ނިންމާފައިވާކަން އިއުލާނުކޮށްފައެެެވެ.

ކުންފުނިތައް އުވާލުމުގެ ކަންކަން ކުރިއަށް ދާނީ ކުންފުނި އުވާލުމަށް ރަޖިސްޓްރާ އޮފް ކޮމްޕެނީޒް ކަނޑައަޅައި، ކުންފުނިތައް އުވާލުމުގައި އަމަލު ކުރާނެ ގޮތުގެ ގަވާއިދުގެ ދަށުންނެވެ.